ފެށުން 47:30 - ކިތާބުލް މުޤައްދަސާ30 އަހަރެން ނިޔާވުމުން އަހަރެން މިޞްރުން ބޭރަށް ގެންގޮސް އަހަރެންގެ ކާބަފައިން ފަސްދާނު ލެވިފައިވީ ތަނުގައި އަހަރެން ވަޅުލައިދީ.“ ޔޫސުފުގެފާނު ޖަވާބުގައި މިފަދައިން ވިދާޅުވިއެވެ. ”ތިޔަ ވިދާޅުވި ފަދައިން އަހަރެން އަމަލު ކުރާނަމު.“ အခန်းကိုကြည့်ပါ။ |
އެކަލޭގެފާނުގެ ދެދަރިކަލުން ކަމުގައިވާ އިސްޙާޤުގެފާނާއި އިސްމާޢީލްގެފާނާއި ދެބޭފުޅުން އެކަލޭގެފާނު ފަސްދާނު ލެއްވީ ޙިއްޘީއެއް ކަމުގައިވާ ޞޫޙަރުގެ ދަރި ޢިފްރޫންގެ އަތުން އެކަލޭގެފާނު ބައްލަވައިގެންފައިވާ މަމްރާގެ އިރުމަތީ ފަރާތުގައިވާ ދަނޑުފަނގުގެ ތެރޭގައިވާ މަކްފީލަތު ހޮހަޅައިގައެވެ. އަދި އެކަލޭގެފާނު ފަސްދާނު ލެއްވުނީ އެކަލޭގެފާނު އަނބިކަމަނާ ސާރާގެ ގަބުރުފުޅާއި ޖެހިގެންނެވެ.
ކަލޭގެފާނުގެ ދީލަތި ކަމާއެކު އަޅުގަނޑު ގެއަށް ފޮނުއްވާ ދެއްވާ. އޭރުން އަޅުގަނޑުގެ ރަށުގައި އަޅުގަނޑު މަރުވެ ހިނގައިދާނެ. އަދި މައިންބަފައިންގެ ގަބުރުސްތާނުގައި ވަޅުލެވިދާނެ. މިތަނުގައި މިހިރީ ކަލޭގެފާނުގެ ޚާދިމު އަޅުގަނޑުގެ ދަރިފުޅު ކިމްހާމު. އޭނާ ކަލޭގެފާނާއެކު ގެންދަވާ. ކަލޭގެފާނު އޭނާއާމެދު ކަންތައް ކުރައްވާނެ ގޮތަކަށް ކަންތައް ކުރައްވާ.“