ފެށުން 47:28 - ކިތާބުލް މުޤައްދަސާ28 ޔަޢުޤޫބުގެފާނު މިޞްރަށް ވަޑައިގެންނެވިފަހުން ސަތާރަ އަހަރު ދުނިޔޭގައި ހުންނެވުމަށް ފަހު، އެކަލޭގެފާނު އަވަހާރަވީ އުމުރުފުޅުން 147 އަހަރުގައެވެ. အခန်းကိုကြည့်ပါ။ |
މި ބަޔާންކުރަނީ ޔަޢުޤޫބުގެފާނުގެ އާއިލާގެ ތެރޭގައި ހިނގާދިޔަ ޙާދިސާތަކެވެ. ޔޫސުފުގެފާނުގެ އުމުރުފުޅުން ސަތާރަ އަހަރުގައި އެކަލޭގެފާނުގެ އެއްބަފާ އަޚުންނާއި އެކުގައި ހުއިހެއްޕެވުމުގެ މަސައްކަތްޕުޅު ކުރެއްވުމުގައި އުޅުއްވިއެވެ. އެއީ އެކަލޭގެފާނުގެ ބަފައިކަލުން ދެ ޖާރިޔާއިން ކަމުގައިވާ ބިލްހާ އާއި ޒިލްފާއާ ކައިވެނި ބައްލަވައިގަތުމަށް ފަހު ލިބިވަޑައިގަތް ދަރިންނެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ ބޭބެމެން ކަންތައްތައް ކުރަމުން ގެންދާ ބައެއް ގޯސްކަންތަކުގެ ވާހަކަ ބަފައިކަލުންގެ އަރިހުގައި ދަންނަވައެވެ.