Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 47:25 - ކިތާބުލް މުޤައްދަސާ

25 އެ މީސްތަކުން މިފަދައިން ބުންޏެވެ. ”⁠ކަލޭގެފާނު އަޅުގަނޑުމެންގެ ފުރާނަ ސަލާމަތް ކުރައްވައިފި. ހަމައެހެންމެ ރަސްގެފާނުގެ އަޅުންގެ ގޮތުގައި އަޅުގަނޑުމެން ވުމުން އުފާވަމު.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 47:25
11 ပူးပေါင်းရင်းမြစ်များ  

އަދި ވިދާޅުވިއެވެ. ”⁠ތިޔަ ބޭކަލުންނަށް ޚިދުމަތްކުރެއްވުމަށް މިއަޅާ ހުންނެވި ހިނދު މިއަޅާގެ ފޭލިގެއަށް ޒިޔާރަތް ނުކުރައްވައި، މިއަޅާގެ ފޭލިގެ ހުރަސް ކުރައްވައި ވަޑައިގަންނަވައިގެން ނުވާނެ.


މި ޚަބަރާއިގެން ޢީސޫގެ ގާތަށް ދިޔަ މީހުން އެނބުރި ޔަޢުޤޫބުގެފާނުގެ އަރިހަށް އައިސް މިފަދައިން ދެންނެވިއެވެ. ”⁠އަހަރެމެން ކަލޭގެފާނުގެ ބޭބެ އާއި ބައްދަލު ކުރީމު. އަދި ކަލޭގެފާނުގެ ބޭބެ ހަތަރު ސަތޭކަ މީހުން ގޮވައިގެން ކަލޭގެފާނާއި ބައްދަލުކުރެއްވުމަށް މިތަނަށް އެބަ އާދޭ.⁠“


އެ ހިނދު ޢީސޫ ރައްދުގައި ބުންޏެވެ. ”⁠އެހެންކަމުގައިވާނަމަ އަހަރެންނާއި އެކުގައި މިވާ މީސްތަކުންގެ ތެރެއިން ބައެއް މީހުން ތިބާގެ ސަލާމަތަށާއި މަގު ދައްކައިދިނުމަށް ތިބާ އާއިއެކުގައި ގެންދޭ.⁠“ ޔަޢުޤޫބުގެފާނު އިޙުތިރާމާއެކު ވިދާޅުވިއެވެ. ”⁠ވަރަށް ބޮޑަށް ޝުކުރުވެރިވަމު. ތިބާގެ ރުހުން އަހަރެންނަށް ލިބުމުން އެމިންވަރު އަހަރެންނަށް ފުދިގެންވޭ. އަހަރެން ހަމައެކަނި ބޭނުން ވަނީ ތިބާގެ ރަޙުމަތްތެރިކަން.⁠“


ފިރުޢައުނު ރަސްގެފާނު ޔޫސުފުގެފާނަށް މިޞްރު ބަހުން ދެއްވި ނަންފުޅަކީ ޞަފްނާތު ފަޢުނީޙު އެވެ. އަދި ޢައުނުގެ ފާދިރީ ފޫޠީފާރަޢަގެ އަންހެން ދަރިފުޅު އަސްނާތު އާއި ކައިވެނި ކުރުވިއެވެ. އެހެންކަމުން ޔޫސުފުގެފާނު މުޅި މިޞްރުގެ ގަވަރުނަރުކަމާއި ހަވާލުވެ ވަޑައިގެންނެވުނެވެ.


އެ ދަނޑުތަކުން ގޮވާން ކަނޑާ ހިނދު އޭގެ ފަސްބައިކުޅަ އެއްބައި ރަސްގެފާނަށް ދޭންޖެހޭނެ. އަނެއް ފަސްބައިކުޅަ ހަތަރުބައި ތިޔަބައިމީހުން ނަގާ. އެއިން ތިޔަބައިމީހުން ގޮވާން އިންދުމަށާއި އަދި ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ އާއިލާ ތަކާއި ތިޔަބައިމީހުންގެ ކުޑަކުދިން ކެއުމަށް ބޭނުން ކުރޭ.⁠“


ވީމާ، މިޞްރުގައި ޔޫސުފުގެފާނު ޤާނޫނެއް ހެއްދެވިއެވެ. އެ ޤާނޫނު މިއަދާއި ހަމައަށް ވެސް ދެމިގެންވެއެވެ. އެއީ އެ ޤައުމުގައިވާ އެންމެހާ ތަކެތީގެ ފަސްބައިކުޅަ އެއްބަޔަކީ ރަސްގެފާނަށް މިލްކުވެގެންވާ ތަކެތި ކަމުގައެވެ. ހަމައެކަނި ރަސްގެފާނަށް ލިބިގެންނުވާ ބިމަކީ ފާދިރީންގެ ބިންތަކެވެ.


ތިޔަބައިމީހުންގެ މަގުސަދަކަށްވީ އަހަރެންނަށް އަނިޔާވެރިވުން. ނަމަވެސް މިއަދު އެނުބައި ޢަމަލު މާތްކަލާނގެ ވަނީ ހެޔޮކަމަކަށް ބަދަލު ކުރައްވާފައި. އޭގެ ނަތީޖާއަކަށްވީ އެތައްބައެއްގެ ފުރާނަ އެކަލާނގެ ސަލާމަތް ކުރެއްވުން.


”⁠އަދި ދުނިޔޭގައި ވާހާ ދިރޭ ތަކެތީގެ ތެރެއިން ކޮންމެ ވައްތަރަކުން ޖޯޑެއް ވެސް އެނަވަށް އަރުވާ. އެއިން ކޮންމެ ވައްތަރަކުން ވެސް އަންހެން އެއްޗަކާއި ފިރިހެން އެއްޗެއް އަރުވާ. އެ އެއްޗެތި ސަލާމަތުން ބައިތިއްބާ.


ރާޢޫތު ޖަވާބުގައި ބުންޏެވެ. ”⁠އަޅުގަނޑަކީ ސާހިބުގެ މަސައްކަތުގައި އުޅޭ އަންހެން ކުދިންގެ ތެރެއިން ހިމެނޭ މީހަކީމު އެއްވެސް ނޫނީމު. ނަމަވެސް ސާހިބު އަޅުގަނޑަށް ހިތްފަސޭހަކަން ދެއްވައި ތިޔަހާ އޯގާތެރިކޮށް އަޅުގަނޑާ ވާހަކަ ދައްކަވާ ތިޔަ ހެއްދެވީ ސާހިބުގެ ހެޔޮފުޅުކަމުން ކަން އަޅުގަނޑަށް ޔަޤީން ވޭ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ