Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 47:23 - ކިތާބުލް މުޤައްދަސާ

23 ޔޫސުފުގެފާނު މީސްތަކުންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެން ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ބިންތައް ގަނެ ރަސްގެފާނަށް ވެދުން ކޮށްފީމު. ވީމާ، ތިޔަބައިމީހުންގެ ބިންތަކުގައި ގޮވާން ކުރުމަށްޓަކައި މުޑުވައް ކުރާނޭ އޮއްތައް އަހަރެން ދޭނަން.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 47:23
15 ပူးပေါင်းရင်းမြစ်များ  

ފަހުން ކޯރުން އަރައިގެން އައި ހުތުރު ބަލިކަށި ހަތް ގެރިއާ އަދި އިރުވައިގެ ހޫނުވައިން މިލައިމޯޅިވެ ހިކިފައިވާ ހަތް ކުރާގަނޑު ތަޢުބީރު ކޮށްދެނީ ހަތް އަހަރު ދުވަހުގެ ތަދުމަޑުމަޑު ކަމެއް ކުރިމަތިވާނެކަން.


ފާއިތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ވީ ތަދުމަޑު ކަމުގެ ސަބަބުން އެއްވެސް އެއްޗެއް ނުހެއްދޭނެ. އަދި މި ތަދުމަޑުކަން އިތުރު ފަސް އަހަރު ދުވަހު ދެމި އޮންނާނެ. އިތުރު އެއްވެސް ގޮވާމެއް ނުހެއްދޭނެމެ.


ހަމައެކަނި އެކަލޭގެފާނު ބައްލަވައި ނުގަންނަވާ ބިންތަކަކީ ފާދިރީންގެ މިލްކުވެގެންވީ ބިންތަކެވެ. އެހެނީ އެ ފާދިރީން އެމީހުންގެ ބިންތައް ވިއްކާލާކަށެއް ބޭނުމެއް ނުވެއެވެ. އެހެނީ ރަސްގެފާނު އެބައިމީހުންނަށް އުޖޫރަ ދެއްވައެވެ. ވީމާ، އެބައިމީހުންގެ އަތުގައި ކާބޯތަކެތި ގަންނާނެ ފައިސާ ހުރެއެވެ.


އެ ދަނޑުތަކުން ގޮވާން ކަނޑާ ހިނދު އޭގެ ފަސްބައިކުޅަ އެއްބައި ރަސްގެފާނަށް ދޭންޖެހޭނެ. އަނެއް ފަސްބައިކުޅަ ހަތަރުބައި ތިޔަބައިމީހުން ނަގާ. އެއިން ތިޔަބައިމީހުން ގޮވާން އިންދުމަށާއި އަދި ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ އާއިލާ ތަކާއި ތިޔަބައިމީހުންގެ ކުޑަކުދިން ކެއުމަށް ބޭނުން ކުރޭ.⁠“


ވިޔަފާރީގައި ބޮޑު އަގުނަގާ މީހާއަށް ލަޢުނަތް ލިބެއެވެ. އެކަށީގެންވާ ހެޔޮއަގެއް އަތުލާ މީހާއަށް ބަރަކާތް ލިބެއެވެ.


ބުރަ މަސައްކަތް ކުރާ ދަނޑުވެރިޔާއަށް ކައި އިތުރުވާ ވަރަށް ވެސް ކާނާލިބެއެވެ. އެކަމަކު ޚިޔާލީފޮލާގައި އުޅޭމީހާއަކީ މޮޔައެކޭ އެއްފަދަ މީހެކެވެ.


ފަގީރު މީހާގެ ދަނޑުގައި ގިނަ އަދަދެއްގެ ގޮވާން އަޅާފައި ހުރެދެއެވެ. އެކަމަކު ނުބައި މީހުން އެތަކެތި ޙައްގަކާ ނުލައި އަތުލައިގަނެއެވެ.


”⁠ސާހިބުމީހާގެ އިތުބާރު ލިބި އަދި ގޭބިސީގައިވާ އެހެނިހެން ޚާދިމުންނަށް ކަނޑައެޅިފައިވާ ވަގުތު ތަކުގައި ކާންދިނުމުގެ ފުރިހަމަ ޒިންމާ އުފުލޭފަދަ ބުއްދިވެރި އަދި ތެދުވެރި ޚާދިމަކީ ކާކު؟


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ