21 އަދި މިޞްރުގެ އެންމެހާ މީސްތަކުންނީ ފިރުޢައުނުގެ އަޅުން ކަމުގައި ޔޫސުފުގެފާނު ހަމަޖެއްސެވިއެވެ.
އެ ހަތް އަހަރުތެރޭގައި މިޞްރުގައި ހެއްދުނު ގޮވާންތައް އެކަލޭގެފާނު މިޞްރުގެ އެކި ރަށްރަށުގައި ރައްކާ ކުރެއްވިއެވެ. ކޮންމެ ރަށެއްގައި އެކަލޭގެފާނު ރައްކާ ކުރެއްވީ އެރަށަކާ ކައިރި ހިސާބުގެ ދަނޑުތަކުގައި ހެދުނު ގޮވާންތަކެވެ.
މިޞްރުގައިވާ އެންމެހާ ބިންތައް ރަސްގެފާނަށްޓަކައި ޔޫސުފުގެފާނު ބައްލަވައިގަތެވެ. ތަދުމަޑުކަން އިންތިހާގައި ވުމުގެ ސަބަބުން މިޞްރުގެ ކޮންމެ މީހަކަށް ލިބިފައިވީ ބިން ޔޫސުފުގެފާނަށް ވިއްކާލެއްވުމަށް މަޖުބޫރުވިއެވެ. އެގޮތުން އެ ހުރިހާ ބިމަކީ ރަސްގެފާނުގެ ބިން ކަމުގައި ވިއެވެ.
ހަމައެކަނި އެކަލޭގެފާނު ބައްލަވައި ނުގަންނަވާ ބިންތަކަކީ ފާދިރީންގެ މިލްކުވެގެންވީ ބިންތަކެވެ. އެހެނީ އެ ފާދިރީން އެމީހުންގެ ބިންތައް ވިއްކާލާކަށެއް ބޭނުމެއް ނުވެއެވެ. އެހެނީ ރަސްގެފާނު އެބައިމީހުންނަށް އުޖޫރަ ދެއްވައެވެ. ވީމާ، އެބައިމީހުންގެ އަތުގައި ކާބޯތަކެތި ގަންނާނެ ފައިސާ ހުރެއެވެ.