ފެށުން 47:19 - ކިތާބުލް މުޤައްދަސާ19 ކަލޭގެފާނުގެ ކުރިފުޅުމަތީގައި އަޅުގަނޑުމެންނާއި އަދި އަޅުގަނޑުމެންގެ ބިން ފަނާވެ ދާންވީ ކީއްވެގެންތޯ؟ އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ބިން ބައްލަވައިގެންނެވުމަށް ފަހު، އޭގެބަދަލުގައި އަޅުގަނޑުމެންނަށް ކާނޭ އެއްޗެއް ދެއްވާ. އަދި އަޅުގަނޑުމެންގެ ބިމާއި އެކު އަޅުގަނޑުމެން ފިރުޢައުނުގެ އަޅުންގެ ގޮތުގައި ވާނަމު. އަޅުގަނޑުމެންނަށް މުޑުވައް ކުރާނެ އޮއްކޮޅެއް ދެއްވާ. އޭރުން އަޅުގަނޑުމެންގެ ބިންތައް ހިކިވެ، ވީރާނާ ނުވާނެމެ.“ အခန်းကိုကြည့်ပါ။ |
އެންމެފަހުން މިޞްރާއި ކަންޢާނުގެ މީހުންގެ އަތުގައި ވީ އެންމެހާ ފައިސާއެއް ހުސްވެ ދިޔައެވެ. ވުމާއެކު، އެބައިމީހުން ޔޫސުފުގެފާނުގެ އަރިހަށް ގޮސް މިފަދައިން ދެންނެވިއެވެ. ”އަޅުގަނޑުމެންނަށް ކާނޭ އެއްޗެއް ދެއްވާ. އަޅުގަނޑުމެންގެ އަތުގައި ވީ އެންމެހާ ފައިސާއެއް ހުސްވެއްޖެ. އަޅުގަނޑުމެންނަށް ކާނޭ އެއްޗެއް ނުލިބިއްޖެނަމަ، ކަލޭގެފާނުގެ ކުރިފުޅުމަތީ މިތަނުގައި އަޅުގަނޑުމެން މަރުވެދާނެ.“
ޖެހިގެން އައި އަހަރު އެބައިމީހުން އެކަލޭގެފާނުގެ އަރިހަށް އައިސް މިފަދައިން ދެންނެވިއެވެ. ”އަޅުގަނޑުމެން އެއްވެސް ކަމެއް ކަލޭގެފާނަށް ވަންހަނާ ނުކުރަމު. އަޅުގަނޑުމެންގެ މިލްކުގައި ވީ ފައިސާ އާއި އަދި އެންމެހާ ޖަނަވާރުތައް ވެސް ވަނީ ކަލޭގެފާނުގެ އަތްޕުޅުގައި. އަޅުގަނޑުމެންގެ އަތުގައި އަޅުގަނޑުމެންގެ ހަށިގަނޑާއި އަޅުގަނޑުމެންނަށް ލިބިފައިވީ ބިން ފިޔަވައި އިތުރު އެއްވެސް އެއްޗެއް ނުމެނެތްމެ.