Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 47:18 - ކިތާބުލް މުޤައްދަސާ

18 ޖެހިގެން އައި އަހަރު އެބައިމީހުން އެކަލޭގެފާނުގެ އަރިހަށް އައިސް މިފަދައިން ދެންނެވިއެވެ. ”⁠އަޅުގަނޑުމެން އެއްވެސް ކަމެއް ކަލޭގެފާނަށް ވަންހަނާ ނުކުރަމު. އަޅުގަނޑުމެންގެ މިލްކުގައި ވީ ފައިސާ އާއި އަދި އެންމެހާ ޖަނަވާރުތައް ވެސް ވަނީ ކަލޭގެފާނުގެ އަތްޕުޅުގައި. އަޅުގަނޑުމެންގެ އަތުގައި އަޅުގަނޑުމެންގެ ހަށިގަނޑާއި އަޅުގަނޑުމެންނަށް ލިބިފައިވީ ބިން ފިޔަވައި އިތުރު އެއްވެސް އެއްޗެއް ނުމެނެތްމެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 47:18
4 ပူးပေါင်းရင်းမြစ်များ  

ވީމާ، މީސްތަކުން އެބައިމީހުންގެ ޖަނަވާރުތައް ޔޫސުފުގެފާނުގެ އަރިހަށް ގެނައެވެ. އަދި އެކަލޭގެފާނު އެބައިމީހުންގެ އަސްތަކާއި، ކަންބަޅިތަކާއި، ބަކަރިތަކާއި، ނަޢަމްސޫފިތަކާއި އަދި ހިމާރުތައް ނެންގެވުމަށް ފަހު އެ ތަކެތީގެ ބަދަލުގައި އެ އަހަރު އެބައިމީހުންނަށް ކާނާ ދެއްވިއެވެ.


ކަލޭގެފާނުގެ ކުރިފުޅުމަތީގައި އަޅުގަނޑުމެންނާއި އަދި އަޅުގަނޑުމެންގެ ބިން ފަނާވެ ދާންވީ ކީއްވެގެންތޯ؟ އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ބިން ބައްލަވައިގެންނެވުމަށް ފަހު، އޭގެބަދަލުގައި އަޅުގަނޑުމެންނަށް ކާނޭ އެއްޗެއް ދެއްވާ. އަދި އަޅުގަނޑުމެންގެ ބިމާއި އެކު އަޅުގަނޑުމެން ފިރުޢައުނުގެ އަޅުންގެ ގޮތުގައި ވާނަމު. އަޅުގަނޑުމެންނަށް މުޑުވައް ކުރާނެ އޮއްކޮޅެއް ދެއްވާ. އޭރުން އަޅުގަނޑުމެންގެ ބިންތައް ހިކިވެ، ވީރާނާ ނުވާނެމެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ