ފެށުން 47:17 - ކިތާބުލް މުޤައްދަސާ17 ވީމާ، މީސްތަކުން އެބައިމީހުންގެ ޖަނަވާރުތައް ޔޫސުފުގެފާނުގެ އަރިހަށް ގެނައެވެ. އަދި އެކަލޭގެފާނު އެބައިމީހުންގެ އަސްތަކާއި، ކަންބަޅިތަކާއި، ބަކަރިތަކާއި، ނަޢަމްސޫފިތަކާއި އަދި ހިމާރުތައް ނެންގެވުމަށް ފަހު އެ ތަކެތީގެ ބަދަލުގައި އެ އަހަރު އެބައިމީހުންނަށް ކާނާ ދެއްވިއެވެ. အခန်းကိုကြည့်ပါ။ |
ޖެހިގެން އައި އަހަރު އެބައިމީހުން އެކަލޭގެފާނުގެ އަރިހަށް އައިސް މިފަދައިން ދެންނެވިއެވެ. ”އަޅުގަނޑުމެން އެއްވެސް ކަމެއް ކަލޭގެފާނަށް ވަންހަނާ ނުކުރަމު. އަޅުގަނޑުމެންގެ މިލްކުގައި ވީ ފައިސާ އާއި އަދި އެންމެހާ ޖަނަވާރުތައް ވެސް ވަނީ ކަލޭގެފާނުގެ އަތްޕުޅުގައި. އަޅުގަނޑުމެންގެ އަތުގައި އަޅުގަނޑުމެންގެ ހަށިގަނޑާއި އަޅުގަނޑުމެންނަށް ލިބިފައިވީ ބިން ފިޔަވައި އިތުރު އެއްވެސް އެއްޗެއް ނުމެނެތްމެ.
އެއްވެސް މީހަކަށް ދެ ވެރިޔަކަށް ޚިދުމަތެއް ނުކުރެވޭނެ. އެކަކު ދެކެ އޭނާ ނަފްރަތުކޮށް އަނެކަކު ދެކެ އޭނާ ލޯބިވާނެ. ނޫނީ އެކަކާއި މެދުގައި އޭނާ ފުރާނަދޭ ފަދައިން ޝައުގުވެރިކަން ހުންނާނެ. އަދި އަނެއް ވެރިޔާގެ އަގުވައްޓައިލާނެ. އެގޮތުން ތިޔަބައިމީހުންނަށް ވެސް ޚިދުމަތް ކުރެވޭނީ މުއްސަނދިކަމަށް ނުވަތަ މާތްރަސްކަލާނގެއަށް. މީގެ ތެރެއިން ކޮންމެވެސް އެއް ކަމަކަށް.“