ފެށުން 47:14 - ކިތާބުލް މުޤައްދަސާ14 މީސްތަކުން އެބައިމީހުން ގަތް ގޮވާމަށް އަގު އަދާ ކުރިއެވެ. ވުމާއެކު އެ ހުރިހާ ފައިސާއެއް ޔޫސުފުގެފާނު އެއްކުރައްވައި އެ ފައިސާތައް މިޞްރުގެ ރަސްގެފާނުގެ ގަނޑުވަރަށް ގެންދެވިއެވެ. အခန်းကိုကြည့်ပါ။ |
އެންމެފަހުން މިޞްރާއި ކަންޢާނުގެ މީހުންގެ އަތުގައި ވީ އެންމެހާ ފައިސާއެއް ހުސްވެ ދިޔައެވެ. ވުމާއެކު، އެބައިމީހުން ޔޫސުފުގެފާނުގެ އަރިހަށް ގޮސް މިފަދައިން ދެންނެވިއެވެ. ”އަޅުގަނޑުމެންނަށް ކާނޭ އެއްޗެއް ދެއްވާ. އަޅުގަނޑުމެންގެ އަތުގައި ވީ އެންމެހާ ފައިސާއެއް ހުސްވެއްޖެ. އަޅުގަނޑުމެންނަށް ކާނޭ އެއްޗެއް ނުލިބިއްޖެނަމަ، ކަލޭގެފާނުގެ ކުރިފުޅުމަތީ މިތަނުގައި އަޅުގަނޑުމެން މަރުވެދާނެ.“
އަނެކުންނަށް ޚިދުމަތް ކުރުމަށްޓަކައި މާތްރަސްކަލާނގެ، އެކަލާނގެ މަތިވެރި ރޫޙުފުޅުން ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް އެކަލާނގެވަނީ ރޫޙާނީ މަތިވެރި ހަދިޔާތަކެއް ދެއްވާފައެވެ. އެގޮތުގެ މަތިން މީސްތަކުންނާއިމެދު ތިޔަބައިމީހުން ރަނގަޅަށް ޚިދުމަތް ކުރާށެވެ. ތިޔަބައިމީހުންގެ ފުށުން މާތްރަސްކަލާނގެ ނިޢުމަތްފުޅު ފެނިގެންދާނެއެވެ.