ފެށުން 47:12 - ކިތާބުލް މުޤައްދަސާ12 ހަމައެހެންމެ، ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުންނާއި އަދި އެކަލޭގެފާނުގެ އަޚުންނަށާއި އަދި އެބައިމީހުންނާއި އެކުގައި ވީ ހުރިހާ އެންމެންނަށް ބޭނުންވާނޭ ކާބޯތަކެތި ވެސް ދެއްވިއެވެ. အခန်းကိုကြည့်ပါ။ |
އެއަށް ފަހު، ޔޫސުފުގެފާނު މިޞްރުގެ ރަސްގެފާނުގެ އަރިހަށް ވަޑައިގެން މިފަދައިން ދެންނެވިއެވެ. ”އަޅުގަނޑުގެ ބައްޕައާއި އެންމެހާ އަޚުން ކަންޢާނުން މިޞްރަށް ވަޑައިގެންފި. އަދި އެބައިމީހުންނާއި އެކުގައި އެބައިމީހުންގެ ގެރި ބަކަރިތަކާއި އެބައިމީހުންނަށް މިލްކުވެގެންވީ ހުރިހާ ތަކެއްޗެއް ވެސް ގެނައި. މިހާރު އެބައިމީހުން ތިބީ ޖާސާންގަ.“
އެހެނަސް މިފަދަ އަންހެނުންގެ ދަރިންނާއި މާމަ ދަރިން ތިބި ކަމުގައިވާނަމަ އެކުދިންގެ ފުރަތަމަ ޒިންމާއަކަށް ވާންޖެހޭނީ ދީނީ މަސްއޫލިއްޔަތު އުފުލުމުގެ އިތުރުން އާއިލާ ބަލަހައްޓައި އެމީހުންނަށް ދޭންޖެހޭ އަގު އަދާކުރުމެވެ. އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ މާތްރަސްކަލާނގެ އެންމެ އެދެވޮޑިގެންވާ ގޮތްމެއެވެ.