Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 47:10 - ކިތާބުލް މުޤައްދަސާ

10 އެއަށް ފަހު، ޔަޢުޤޫބުގެފާނު ރަސްގެފާނަށް ބަރަކާތް ލެއްވުމަށް އެދި ދުޢާކުރެއްވުމަށް ފަހު އެތަނުން ވަޑައިގަތެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 47:10
12 ပူးပေါင်းရင်းမြစ်များ  

”⁠އުޑުތަކާއި ބިން ހެއްދެވި އެންމެ މަތިވެރި ރަސްކަލާނގެ ޙަޟްރަތުން ތިބާއަށް ނިޢުމަތް ލެއްވުމަށް އަހަރެން އެދެން. ހުރިހާ ތަޢުރީފެއް ޙައްޤުވެގެން ވަނީ ދުޝްމަނުންގެ މައްޗަށް ތިބާއަށް ފަތަޙަ ދެއްވި އެންމެ މަތިވެރި ރަސްކަލާނގެއަށް.⁠“ އެއަށް ފަހު އަބްރާމްގެ ޣަނީމާ މުދަލުގެ ދިހަބައިކުޅަ އެއްބައި މަލްކީޞާދިޤުއަށް ވެދުން ކުރެއްވިއެވެ.


ރަސްގެފާނު އިރުޝާދު ދެއްވި ފަދައިން ޔޫސުފުގެފާނު، އެކަލޭގެފާނުގެ ބަފައިކަލުންނާއި އެންމެހާ އަޚުންނަށް މިޞްރުގެ އެންމެ ރަނގަޅު ހިސާބު ކަމުގައިވާ ރަޢަމްސީސްގެ ސަރަހައްދާއި ކައިރިން ބިން ދެއްވިއެވެ.


އޭގެފަހުގައި ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުން، ޔަޢުޤޫބުގެފާނު މިޞްރުގެ ރަސްގެފާނަށް ތަޢާރަފް ކޮށްދެއްވިއެވެ. އަދި ޔަޢުޤޫބުގެފާނު މިޞްރުގެ ރަސްގެފާނަށް ބަރަކާތް ލެއްވުމަށް އެދި ދުޢާ ކުރެއްވިއެވެ.


ދެން އެހުރިހާ އެންމެން އުރުދުން ކޯރު ހުރަސްކޮށްފިއެވެ. ރަސްގެފާނު ބަރުޒިއްލާއި ގައިގައި ބޮސްދީ ހެޔޮ ދުޢާ ކުރެއްވިއެވެ. ދެން ބަރުޒިއްލާއި އެނބުރި ގެއަށް ހިނގައްޖެއެވެ.


އެރަސްގެފާނުގެ ދަރިކަލުން ޔޫރާމް ދާއޫދު ރަސްގެފާނުގެ އަރިހަށް މަރުހަބާއާއި ހެޔޮދުޢާ ސަލާމާއިގެން ފޮނުއްވިއެވެ. އަދި އޭނާ އައީ ރަނާއި ރިއްސާއި ކަފުލޮއިގެ ތަކެތި ވެސް ހިފައިގެންނެވެ. (މިއިރު ތޫޣޫއާ ވަނީ ހަދަދުޢަޒަރުއާ ހަނގުރާމަ ކުރެއްވުން މަތީގައެވެ.)


މީހަކަށް ބަރަކާތްލައިދެވޭނީ އެމީހަކަށް ވުރެން މަތީ މީހަކަށްކަން އެއީ ސުވާލެއް ވެސް އޮތް ކަމެއް ނޫނެވެ.


ބޫޢަޒު އޭނާގެ ދަނޑުގެ ކަންތައްތައް ހުރިގޮތް ބެލުމަށް ބައިތުލަޙަމުން އައެވެ. އޭނާގެ މަސައްކަތްތެރިންނާ އޭނާ ސަލާމް ކުރިއެވެ. ”⁠މާތްރަސްކަލާނގެ ކަލޭމެންނާ އެކުގައި ވާށި.⁠“ އޭނާ ބުންޏެވެ. ”⁠މާތްރަސްކަލާނގެ ތިޔަ މަނިކުފާނަށް ބަރަކާތްލައްވާށި.⁠“ ދަނޑުވެރިން ޖަވާބު ދިނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ