Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 47:1 - ކިތާބުލް މުޤައްދަސާ

1 އެއަށް ފަހު، ޔޫސުފުގެފާނު މިޞްރުގެ ރަސްގެފާނުގެ އަރިހަށް ވަޑައިގެން މިފަދައިން ދެންނެވިއެވެ. ”⁠އަޅުގަނޑުގެ ބައްޕައާއި އެންމެހާ އަޚުން ކަންޢާނުން މިޞްރަށް ވަޑައިގެންފި. އަދި އެބައިމީހުންނާއި އެކުގައި އެބައިމީހުންގެ ގެރި ބަކަރިތަކާއި އެބައިމީހުންނަށް މިލްކުވެގެންވީ ހުރިހާ ތަކެއްޗެއް ވެސް ގެނައި. މިހާރު އެބައިމީހުން ތިބީ ޖާސާންގަ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 47:1
8 ပူးပေါင်းရင်းမြစ်များ  

އަދި ޖާސާން އޭ ކިޔާ ހިސާބުގައި އަހަރެންގެ ކައިރީގައި ބަފައިކަލުންގެ ހުރިހާ ދަރިންނާއި ކާފަ ދަރިންނާއި ބަފައިކަލުންގެ އެންމެހާ ކަންބަޅިތަކާއި އަދި ބަފައިކަލުންގެ ހުރިހާ މުދަލަކާއިއެކު ދިރިއުޅުއްވޭނެޔޭ.


މިޞްރުގެ ރަސްގެފާނާއި އަދި އެރަސްގެފާނުގެ ވަޒީރުންނަށް ޔޫސުފުގެފާނުގެ އަޚުން އެރަށަށް އައިކަން އެނގިވަޑައިގަތުމުން އެބޭފުޅުން ވަރަށް އުފާފުޅުވިއެވެ.


ޔޫސުފުގެފާނުގެ އަރިހަށް ޖާސާންއަށް ދާންވީ މަގު އަހައި އޮޅުން ފިލުމަށްޓަކައި އެންމެންގެ ކުރިން ޔަހޫޛާ ފޮނުވިއެވެ. ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ އަރިހުގައި ވީ މީސްތަކުން ޖާސާންއަށް ވަޑައިގަތުމުން


ޔޫސުފުގެފާނު އެކަލޭގެފާނުގެ ބޭބެއިންނާއި އަދި އެކަލޭގެފާނުގެ ބަފައިކަލުންގެ އާއިލާގެ ހުރިހާ އެންމެންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން މިތަނުގައި ތިބި ޚަބަރު އަހަރެން ގޮސް ރަސްގެފާނަށް ދަންނަވާނަން. އަހަރެން މިފަދައިން ދަންނަވާނަމު. ’⁠އަހަރެންގެ އަޚުންނާއި އަދި އަހަރެންގެ ބަފައިކަލުންގެ އާއިލާ ކަންޢާނު ދޫކުރައްވައި އަހަރެންނާއި އެކުގައި ދިރިއުޅުމަށްޓަކައި މި ރަށަށް އަތުވެއްޖެޔޭ.


އެ ހިނދު ތިޔަބައިމީހުން މިފަދައިން ބުނޭ. ’⁠އަޅުގަނޑުމެންނީ ދިރިއުޅުމަށްޓަކައި ޖަނަވާރު ހުއިހައްޕާ ބަޔަކީމުއޭ. އަޅުގަނޑުމެންގެ ކާބަފައިން ވެސް ކުރި މަސައްކަތަކީ ވެސް މި މަސައްކަތޭ.⁠‘ އެއަށް ފަހު މިޞްރުގެ ރައްޔިތުންނާއި ދުރުގައި ޖާސާންގެ ސަރަހައްދުގައި ތިޔަބައިމީހުން ދިރިއުޅުމަށް ރަސްގެފާނު ހުއްދަ ދެއްވާނެ. ސަބަބަކީ ހުއިހައްޕާ މީހުންނާއި ކައިރީގައި އުޅުމަށް އެބައިމީހުން ހިތްހަމަ ނުޖެހޭނޭތީވެ.⁠“


އެކަމަކު މިފަހަރު ޖާސާންގެ ސަރަހައްދު ތިމަންކަލާނގެ ސަލާމަތް ކުރައްވާނަމޭ. އެއީ ތިމަންކަލާނގެ މީހުން އުޅޭ ހިސާބުގަނޑޭ. އެތަނަކަށް މެއްސެއް ނުދާނެޔޭ. އޭރުން މަނިކުފާނަށް އެނގިވަޑަގަންނަވާނެއޭ މާތްރަސްކަލާނގެއަކީ ތިމަން ކަލާނގެކަން. އަދި މަނިކުފާނުގެ ޤައުމުގެ ތެރޭގައި ތިމަންކަލާނގެ ވޮޑިގެންވާކަން.


މި ތޫފާނުގެ އަސަރު ނުފޯރާ އޮތީ ޖާސާންގެ ސަރަހައްދު އެކަންޏެވެ. އެއީ އިސްރާއީލީން ދިރިއުޅެމުން ދިޔަ އަވަށެވެ.


އެކަލޭގެފާނު މީސްތަކުން މުޤައްދަސް ކުރެއްވިއެވެ. މުޤައްދަސް ކުރެވުނު މީހުންގެ ބައްޕަކަމަށް ވާނީ އެކަލޭގެފާނުގެ ވެސް ބައްޕާފުޅެވެ. އީސާގެފާނު އެމީހުންނަކީ ތިމަންކަލޭގެފާނުގެ ކޮއްކޮމެން ކަމަށް ވިދާޅުވާން ލަދުފުޅު ނުގަންނަނީ އެހެންވީމައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ