Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 46:34 - ކިތާބުލް މުޤައްދަސާ

34 އެ ހިނދު ތިޔަބައިމީހުން މިފަދައިން ބުނޭ. ’⁠އަޅުގަނޑުމެންނީ ދިރިއުޅުމަށްޓަކައި ޖަނަވާރު ހުއިހައްޕާ ބަޔަކީމުއޭ. އަޅުގަނޑުމެންގެ ކާބަފައިން ވެސް ކުރި މަސައްކަތަކީ ވެސް މި މަސައްކަތޭ.⁠‘ އެއަށް ފަހު މިޞްރުގެ ރައްޔިތުންނާއި ދުރުގައި ޖާސާންގެ ސަރަހައްދުގައި ތިޔަބައިމީހުން ދިރިއުޅުމަށް ރަސްގެފާނު ހުއްދަ ދެއްވާނެ. ސަބަބަކީ ހުއިހައްޕާ މީހުންނާއި ކައިރީގައި އުޅުމަށް އެބައިމީހުން ހިތްހަމަ ނުޖެހޭނޭތީވެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 46:34
17 ပူးပေါင်းရင်းမြစ်များ  

މި ގޮތަށް މިކަން ދިމާވުމުން އަބްރާމް ލޫޠުގެފާނަށް ވިދާޅުވިއެވެ. ”⁠އަހަރެމެންނަކީ އެއް އާއިލާއެއްގެ ދެމީހުން. އަހަރެމެން އެކަކު އަނެކަކުދެކެ ރުޅިއައިސްގެން ނުވާނެ. އަދި އަހަރެމެން ދެމީހުންގެ މަސައްކަތު މީހުން ވެސް އެކަކު އަނެކެއްގެ ގަޔަށް އަތްލައި ހަދައިގެން ނުވާނެ.


ނަމަވެސް ޖަރާރުގެ ބަކަރިގޮވިން އިސްޙާޤުގެފާނުގެ ބަކަރި ގޮވިންނާއި ދެބަސްވެ ބުނެފިއެވެ. ”⁠މި ފެންއާރު މިލްކު ވެގެން ވަނީ އަހަރެމެންނަށް.⁠“ އެހެންވެ އިސްޙާޤުގެފާނު އެވަޅަށް ޒުވާބުގެ ނަމުން ނަން ދެއްވިއެވެ. ސަބަބަކީ އެރަށުގެ އަހުލުވެރިން އެ ވަޅާމެދު އެކަލޭގެފާނާއި ދެބަސްވެ ޒުވާބު ކުރުމުންނެވެ.


އެކަމަކު އެދުވަހުގެ އިރު އޮއްސުމުގެ ކުރިން ލަބާން އޭނާގެ ގިތެޔޮ (ބަކަރީގެ ފިރިހެން ޖިންސު) ތަކުގެ ތެރެއިން ލައްހުރި ތަކެއްޗާއި އަދި ރޮނގު ދެމިފައި ހުރި ތަކެއްޗާއި ބަކަރިތަކުގެ ތެރެއިން (ބަކަރީގެ އަންހެން ޖިންސު) ތިކިޖެހިފައިވާ ނޫނީ ހުދުކުލައިގެ ނިޝާނެއް ހުރި ކޮންމެ ބަކަރިއަކާއި އަދި ކަޅު ކުލައިގައި ވީ އެންމެހާ ކަންބަޅިއެއް ވަކިކުރިއެވެ. އެއަށް ފަހު އޭނާގެ ފިރިހެން ދަރިން ގެނެސް އެތަކެތި ބެލެހެއްޓުމަށް ހަވާލު ކުރިއެވެ.


ޝަކީމް ދީނާގެ ޢިއްފަތްތެރިކަން ފޭރިގަނެ އަދި އެއްވެސް އިޙުތިރާމެއްނެތް ފަދަ ގޮތަކަށް އަމަލު ކުރިކަމުގެ ޚަބަރު ޔަޢުޤޫބުގެފާނަށް ލިބިވަޑައިގެންފިއެވެ. އެހެނަސް ޖަނަވާރުތައް ގޮވައިގެން އެންމެހާ ފިރިހެން ދަރިން މައިދާނަށް ހުއިހައްޕަން ގޮސްވުމުގެ ސަބަބުން އެކަލޭގެފާނު ހަނުހިމޭނުން ހުންނެވީއެވެ.


އޭގެ ކުޑަ ދުވަސްކޮޅެއްފަހުން ޔޫސުފުގެފާނުގެ އެންމެހާ އަޚުން އެބައިމީހުންގެ ބަފައިކަލުންގެ ކަންބަޅިތައް ގޮވައިގެން ހުއިހެއްޕެވުމަށްޓަކައި ޝަކީމް އާއި ކައިރި ސަރަހައްދަކަށް ދިޔައެވެ.


މި ބަޔާންކުރަނީ ޔަޢުޤޫބުގެފާނުގެ އާއިލާގެ ތެރޭގައި ހިނގާދިޔަ ޙާދިސާތަކެވެ. ޔޫސުފުގެފާނުގެ އުމުރުފުޅުން ސަތާރަ އަހަރުގައި އެކަލޭގެފާނުގެ އެއްބަފާ އަޚުންނާއި އެކުގައި ހުއިހެއްޕެވުމުގެ މަސައްކަތްޕުޅު ކުރެއްވުމުގައި އުޅުއްވިއެވެ. އެއީ އެކަލޭގެފާނުގެ ބަފައިކަލުން ދެ ޖާރިޔާއިން ކަމުގައިވާ ބިލްހާ އާއި ޒިލްފާއާ ކައިވެނި ބައްލަވައިގަތުމަށް ފަހު ލިބިވަޑައިގަތް ދަރިންނެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ ބޭބެމެން ކަންތައްތައް ކުރަމުން ގެންދާ ބައެއް ގޯސްކަންތަކުގެ ވާހަކަ ބަފައިކަލުންގެ އަރިހުގައި ދަންނަވައެވެ.


ދެން، ޔޫސުފުގެފާނަށް ވަކި މޭޒުކޮޅެއްގައި އަދި އެބައިމީހުންނަށް ވަކި މޭޒެއްގައި ކެއުން ތައްޔާރު ކުރިއެވެ. އަދި އެތަނުގައި ވީ މިޞްރުގެ އެހެނިހެން މީސްތަކުންނަށް ވަކި މޭޒެއް ތައްޔާރު ކުރެވުނެވެ. މިކަމުގެ ސަބަބަކީ މިޞްރު މީހުން ޢިބްރާނީންނާ މެދުގައި ހިތްހަމަނުޖެހޭތީ އެބައިމީހުންނާ އެކުގައި މިޞްރު މީހުން ކައިހަދަން ނުރުހޭތީ ވެސްމެއެވެ.


އަދި ޖާސާން އޭ ކިޔާ ހިސާބުގައި އަހަރެންގެ ކައިރީގައި ބަފައިކަލުންގެ ހުރިހާ ދަރިންނާއި ކާފަ ދަރިންނާއި ބަފައިކަލުންގެ އެންމެހާ ކަންބަޅިތަކާއި އަދި ބަފައިކަލުންގެ ހުރިހާ މުދަލަކާއިއެކު ދިރިއުޅުއްވޭނެޔޭ.


އަދި އެބައިމީހުންގެ އާއިލާތަކާއި އެބައިމީހުންގެ ބަފައިކަލުން އަހަރެންގެ ގާތަށް މިރަށަށް ގެންނާށޭ ވެސް ބުނޭ. އަހަރެން މިރަށުގެ އެންމެ ރަނގަޅު ސަރަހައްދުން އެބައިމީހުންނަށް ބިން ދޭނަމޭ. އޭރުން އެ ތަނުން އެބައިމީހުންނަށް އެންމެ ރަނގަޅު ކާތަކެތި ލިބި ހިތްހަމަޖެހުން ލިބޭނެ.


އެބައިމީހުންނަކީ ބަކަރި ހުއިހައްޕާ ބައެކޭ، އަދި އޮޅު ޖަނަވާރު ބެލެހެއްޓުމުގެ މަސައްކަތްތެރި ބައެކޭ. ހަމައެހެންމެ އެބައިމީހުން މި ރަށަށް އައި އިރުގައި އެބައިމީހުންގެ މިލްކުގައި ވީ އެންމެހާ ތަކެތި ހިފައިގެން އައި ކަމުގައި އަހަރެން ދަންނަވާނަން.⁠‘


ރަސްގެފާނު އިރުޝާދު ދެއްވި ފަދައިން ޔޫސުފުގެފާނު، އެކަލޭގެފާނުގެ ބަފައިކަލުންނާއި އެންމެހާ އަޚުންނަށް މިޞްރުގެ އެންމެ ރަނގަޅު ހިސާބު ކަމުގައިވާ ރަޢަމްސީސްގެ ސަރަހައްދާއި ކައިރިން ބިން ދެއްވިއެވެ.


ޔޫސުފުގެފާނުގެ އަޚުންގެ ގާތުގައި ރަސްގެފާނު މިފަދައިން އެއްސެވިއެވެ. ”⁠ތިޔަބައިމީހުން ކައިބޮއި އުޅުމަށް ކުރާ މަސައްކަތަކީ ކޮބައިތަ؟⁠“ އެބައިމީހުން ރަސްގެފާނަށް މިފަދައިން ޖަވާބު ދެއްވިއެވެ. ”⁠އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ކާބަފައިން ފަދައިން ކަންބަޅި ބަކަރި ހުއިހައްޕަމުން ގެންދާ ބަޔަކީމު.


އަޅުގަނޑުމެން މިރަށަށް މިއައީ އަޅުގަނޑުމެންގެ ޖަނަވާރުތަކަށް ކާންދޭނޭ ވިނަ ކަންޢާނުން ލިބެން ނެތުމުން މި ރަށުގައި ދިރިއުޅުމަށްޓަކައި. އެ ރަށަށް ކުރިމަތިވެފައިވީ ތަދުމަޑުކަން ވަނީ އިންތިހާއަށް ގޮސްފަ. ވީމާ، އަޅުގަނޑުމެން ޖާސާންގައި ދިރިއުޅުމުގެ ހުއްދަ ދެއްވާ.⁠“


އެބައިމީހުން މިޞްރުގައި ދިރިއުޅޭނޭ ތަނެއް ޚިޔާރު ކުރައްވައި އެބައިމީހުންނަށް ދެއްވުމަކީ ތިބާ ކުރަން ޖެހެނޭ ކަމެއް. އަދި މިޞްރުގެ އެންމެ ރަނގަޅު ހިސާބު ކަމުގައިވާ ޖާސާންގައި ދިރިއުޅުމަށް އެމީހުންނަށް ބިން ދީ. އަދި އޭގެތެރެއިން ހުއިހެއްޕުމުގެ މަސައްކަތަށް އެންމެ އެކަށޭނަ ފަރާތްތަކަށް އަހަރެންގެ ކަންބަޅިތަކާއި ނަޢަމްސޫފިތައް ބެލެހުއްޓުން ވެސް ޙަވާލުކުރޭ.⁠“


އެކަމަކު މިފަހަރު ޖާސާންގެ ސަރަހައްދު ތިމަންކަލާނގެ ސަލާމަތް ކުރައްވާނަމޭ. އެއީ ތިމަންކަލާނގެ މީހުން އުޅޭ ހިސާބުގަނޑޭ. އެތަނަކަށް މެއްސެއް ނުދާނެޔޭ. އޭރުން މަނިކުފާނަށް އެނގިވަޑަގަންނަވާނެއޭ މާތްރަސްކަލާނގެއަކީ ތިމަން ކަލާނގެކަން. އަދި މަނިކުފާނުގެ ޤައުމުގެ ތެރޭގައި ތިމަންކަލާނގެ ވޮޑިގެންވާކަން.


މޫސާގެފާނު ދެންނެވިއެވެ. ”⁠ތިޔަ ގޮތެއް ކަމަކު ނުދާނެ. އަޅުގަނޑުމެންގެ އިލާހު، މާތްރަސްކަލާނގެއަށް ޤުރުބާނީ ވެދުންކުރާ ގޮތާ މިޞްރު މީހުންނެއް ނުރުހޭނެ. މިޞްރު މީހުންނަށް އެތަން ފެނިގެން އަޅުގަނޑުމެން ގަލުން ތަޅާ މަރާލާނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ