Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 46:32 - ކިތާބުލް މުޤައްދަސާ

32 އެބައިމީހުންނަކީ ބަކަރި ހުއިހައްޕާ ބައެކޭ، އަދި އޮޅު ޖަނަވާރު ބެލެހެއްޓުމުގެ މަސައްކަތްތެރި ބައެކޭ. ހަމައެހެންމެ އެބައިމީހުން މި ރަށަށް އައި އިރުގައި އެބައިމީހުންގެ މިލްކުގައި ވީ އެންމެހާ ތަކެތި ހިފައިގެން އައި ކަމުގައި އަހަރެން ދަންނަވާނަން.⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 46:32
17 ပူးပေါင်းရင်းမြစ်များ  

މި ބަޔާންކުރަނީ ޔަޢުޤޫބުގެފާނުގެ އާއިލާގެ ތެރޭގައި ހިނގާދިޔަ ޙާދިސާތަކެވެ. ޔޫސުފުގެފާނުގެ އުމުރުފުޅުން ސަތާރަ އަހަރުގައި އެކަލޭގެފާނުގެ އެއްބަފާ އަޚުންނާއި އެކުގައި ހުއިހެއްޕެވުމުގެ މަސައްކަތްޕުޅު ކުރެއްވުމުގައި އުޅުއްވިއެވެ. އެއީ އެކަލޭގެފާނުގެ ބަފައިކަލުން ދެ ޖާރިޔާއިން ކަމުގައިވާ ބިލްހާ އާއި ޒިލްފާއާ ކައިވެނި ބައްލަވައިގަތުމަށް ފަހު ލިބިވަޑައިގަތް ދަރިންނެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ ބޭބެމެން ކަންތައްތައް ކުރަމުން ގެންދާ ބައެއް ގޯސްކަންތަކުގެ ވާހަކަ ބަފައިކަލުންގެ އަރިހުގައި ދަންނަވައެވެ.


އެއަށް ފަހު ވެސް ޙައްވާގެފާނަށް އިތުރު ފިރިހެން ދަރިކަލަކު ލިބިވަޑައިގެންނެވިއެވެ. އެދަރިކަލުންނަށް ހާބީލްގެ ނަމުން ނަންދެއްވިއެވެ. މިދެބޭން ބޮޑުވުމަށް ފަހު ހާބީލް ކުރަންފެށި މަސައްކަތަކީ ކަންބަޅިބަކަރި ބެލެހެއްޓުމެވެ. ޤާޔީން ކުރަނީ ދަނޑުވެރިކަމެވެ.


އަދި ޖާސާން އޭ ކިޔާ ހިސާބުގައި އަހަރެންގެ ކައިރީގައި ބަފައިކަލުންގެ ހުރިހާ ދަރިންނާއި ކާފަ ދަރިންނާއި ބަފައިކަލުންގެ އެންމެހާ ކަންބަޅިތަކާއި އަދި ބަފައިކަލުންގެ ހުރިހާ މުދަލަކާއިއެކު ދިރިއުޅުއްވޭނެޔޭ.


ޔޫސުފުގެފާނު އެކަލޭގެފާނުގެ ބޭބެއިންނާއި އަދި އެކަލޭގެފާނުގެ ބަފައިކަލުންގެ އާއިލާގެ ހުރިހާ އެންމެންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން މިތަނުގައި ތިބި ޚަބަރު އަހަރެން ގޮސް ރަސްގެފާނަށް ދަންނަވާނަން. އަހަރެން މިފަދައިން ދަންނަވާނަމު. ’⁠އަހަރެންގެ އަޚުންނާއި އަދި އަހަރެންގެ ބަފައިކަލުންގެ އާއިލާ ކަންޢާނު ދޫކުރައްވައި އަހަރެންނާއި އެކުގައި ދިރިއުޅުމަށްޓަކައި މި ރަށަށް އަތުވެއްޖެޔޭ.


ރަސްގެފާނު ތިޔަބައިމީހުންނާއި ބައްދަލު ކުރައްވައި މިފަދައިން އައްސަވާނެ. ’⁠ތިޔަބައިމީހުން ކުރަނީ ކޮންމަސައްކަތެއްހޭ؟⁠‘


އެ ހިނދު ތިޔަބައިމީހުން މިފަދައިން ބުނޭ. ’⁠އަޅުގަނޑުމެންނީ ދިރިއުޅުމަށްޓަކައި ޖަނަވާރު ހުއިހައްޕާ ބަޔަކީމުއޭ. އަޅުގަނޑުމެންގެ ކާބަފައިން ވެސް ކުރި މަސައްކަތަކީ ވެސް މި މަސައްކަތޭ.⁠‘ އެއަށް ފަހު މިޞްރުގެ ރައްޔިތުންނާއި ދުރުގައި ޖާސާންގެ ސަރަހައްދުގައި ތިޔަބައިމީހުން ދިރިއުޅުމަށް ރަސްގެފާނު ހުއްދަ ދެއްވާނެ. ސަބަބަކީ ހުއިހައްޕާ މީހުންނާއި ކައިރީގައި އުޅުމަށް އެބައިމީހުން ހިތްހަމަ ނުޖެހޭނޭތީވެ.⁠“


ޔޫސުފުގެފާނުގެ އަޚުންގެ ގާތުގައި ރަސްގެފާނު މިފަދައިން އެއްސެވިއެވެ. ”⁠ތިޔަބައިމީހުން ކައިބޮއި އުޅުމަށް ކުރާ މަސައްކަތަކީ ކޮބައިތަ؟⁠“ އެބައިމީހުން ރަސްގެފާނަށް މިފަދައިން ޖަވާބު ދެއްވިއެވެ. ”⁠އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ކާބަފައިން ފަދައިން ކަންބަޅި ބަކަރި ހުއިހައްޕަމުން ގެންދާ ބަޔަކީމު.


ނޫޙުގެފާނު ދަނޑުވެރިކަން ކުރައްވަން ފެއްޓެވިއެވެ. އެކަލޭގެފާނު މޭބިސްކަދުރު ދަނޑެއް ހެއްދެވިއެވެ.


އެއްދުވަހަކު މޫސާގެފާނު އެކަލޭގެފާނުގެ ބަފައިކަލުން މިދްޔާންގެ އިމާމު ޔަސްރޫގެ ކަންބަޅިބަކަރިތައް ގޮވައިގެން ހުއިހެއްޕުމަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެ ޖަނަވާރުތައް ގޮވައިގެން ސަހަރާ ހުރަސް ކުރައްވައި މާތްކަލާނގެ ފަރުބަދަ ޠޫރުސީނާ އާ ހަމަޔަށް ވަޑައިގެންފިއެވެ.


އެހެންވެ އެކަލޭގެފާނު އެއްސެވިއެވެ. ”⁠ދެން އެހެން ދަރިޔަކު ނެތްތަ؟⁠“ ”⁠ނޫން އެންމެ ހަގު ކުއްޖާ ވެއްޖެ ބަކަރި ހުއިހައްޕަން ގޮސް.⁠“ ޔައްސާ ދެންނެވިއެވެ. ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠އޭނާ ބަލާ ފޮނުވާ. އޭނާ ނާންނަނީސް ކައިބޮއި ހަދާކަށް ނުއިށީންނާނަން.⁠“


ދާއޫދު އޭނާގެ ބައްޕަގެ ބަކަރިތައް ބެލެހެއްޓުމުގައި އެހީތެރިވުމަށް ބައެއް ދުވަސް ދުވަހަށް ބައިތުލަޙަމަށް ގޮސް އުޅެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ