ފެށުން 46:3 - ކިތާބުލް މުޤައްދަސާ3 އެއަށް ފަހު މާތްކަލާނގެ މިފަދައިން ބަސްވަޙީ ކުރެއްވިއެވެ. ”ތިމަންކަލާނގެއީ މާތްކަލާނގެ. ތިބާގެ ބަފައިކަލުން އިސްޙާޤުގެ ވެސް ވެރި ރަސްކަލާނގެ. މިޞްރަށް ދާން ބިރުވެތިނުވޭ. އެހެނީ ތިބާގެ ދަރިފަސްކޮޅު އެތާނގައި މަތިވެރި ޤައުމަކަށް ހައްދަވާނަން. အခန်းကိုကြည့်ပါ။ |
އެ ހިނދު މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”އަބްރާމް. ތިބާގެ އުމުރު ދިގުވެގެންވާނެ. ތިބާ މި ދުނިޔެ ދޫކޮށް ދާނީ އަމާން ކަމާއެކު. ތިބާއަށް ތިމަންކަލާނގެ ވަރަށް މަތިވެރި ވަޢުދެއް ކުރައްވަމު. ތިބާގެ ދަރިފަސްކޮޅު އެމީހުންގެ އަމިއްލަ ޤައުމެއް ކަމުގައިނުވާ ޤައުމެއްގައި ބިދޭސީންގެ ގޮތުގައި އުޅެން ޖެހޭނެ. އެ އަޅުވެތިކަމުގެ ދަށުގައި ހަތަރުސަތޭކަ އަހަރު ވަންދެން އެމީހުން އެގޮތުގައި ތިބޭނެ. އެމީހުން އަޅުވެތިކަމުގެ ދަށުގައި ގެންގުޅުނު ޤައުމަކަށް ތިމަންކަލާނގެ ގަދަވެގެންވާ ޢަޒާބެއް ފޮނުއްވާނަން. ފަހުން އެމީހުން އެ ޤައުމުން އެނބުރި ދާނީ ގިނަ ޢަދަދެއްގެ މުދަލާއި މުއްސަނދިކަން ހިފައިގެން.
އަދި މާތްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ”ތިމަންކަލާނގެއީ ކުޅަދުންވަންތަ ކަލާނގެ. ތިމަންކަލާނގެ ތިބާގެ ދަރިފަސްކުޅު ގިނަކުރައްވާނަން. އެ ދަރިފަސްކޮޅުން ބޮޑެތި ވެގެންވާ ޤައުމުތަކެއް އުފެދިގެންދާނެ. އަދި ތިބާގެ ދަރިފަސްކޮޅުން ގިނަގުނަ ރަސްކަލުން އުފަންވާނެވެސްމެ. ތިބާއަކީ އެ ހުރިހާ އެންމެންގެ ކާބަފައި ކަމުގައި ވެސް ވާނެމެ.
އަހަރެންނަށް ދިމާވި އެންމެހާ އުނދަގޫތަކުން މާތްރަސްކަލާނގެ މަލާއިކަތާ އަހަރެން ސަލާމަތް ކޮށްދެއްވި. މި ހިނދު މި ދެ ކުދިންގެ މައްޗަށް އެކަލާނގެ ބަރަކާތް ލެއްވުމަށް އަޅާ ދުޢާ ދަންނަވަމު. މި ދެ ކުދިން މެދުވެރި ކުރައްވައި އަޅާގެ ނަން ދަމަހައްޓަވާދޭނވެ! ހަމައެހެންމެ މިއަޅާގެ ކާބަފައިކަލުން ކަމުގައިވާ އިބްރާހީމްގެފާނާއި އަދި އިސްޙާޤުގެފާނުގެ ނަންފުޅު ވެސް މި ދެ ކުދިން މެދުވެރި ކުރައްވައި ދަމަހައްޓަވައި މި ދުނިޔޭގެ ބިމުގައި މި ކުދިންގެ ދަރިކޮޅު އިތުރު ކުރައްވައިފާނދޭވެ.“
އެހެނަސް އެކަމާއި އިންކާރު ކުރައްވައި ޔަޢުޤޫބުގެފާނު މިފަދައިން ވިދާޅުވިއެވެ. ”ނޫން ދަރިފުޅާ. ބައްޕަ މިކުރާ ކަންތައް ބައްޕައަށް ރަނގަޅަށް އެނގޭ. މަނައްސާ މަތިވެރިވެ އޭނާއަށް ދަރިފަސްކޮޅެއް ދެއްވާނެ. ނަމަވެސް އޭނާގެ ކޮއްކޮ އަފްރާއިމް އޭނާއަށް ވުރެން މަތިވެރިވެ، އޭނާގެ ދަރިފަސްކޮޅު ގިނަވެ އެ ދަރިފަސްކޮޅަކީ މަތިވެރި ޤައުމެއް ކަމުގައި ވާނެ.“