ފެށުން 46:29 - ކިތާބުލް މުޤައްދަސާ29 ޔޫސުފުގެފާނު އެކަލޭގެފާނުގެ އަސްގާޑިޔާކޮޅު ތައްޔާރު ކުރައްވައި ޖާސާންއަށް ދަތުރު ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ބަފައިކަލުން ފެނިވަޑައިގަތުމުން ބަފައިކަލުންގެ ހަށިކޮޅުގައި ބައްދަވައި ކޮނޑުފުޅުމަތީގައި އިސްތަށިފުޅު އަޅުއްވައިގެން އޮންނަވައި އެތައް އިރެއްވަންދެން ކީރިތި ކުރެއްވިއެވެ. အခန်းကိုကြည့်ပါ။ |
މީގެ އިތުރުން ފިރުޢައުނު ރަސްގެފާނު އޭނާގެ ރަސްކަމުގައިވާ ދެވަނަ ދަރަޖައިގެ ޝާހީ އަސްގާޑިޔާ ކޮޅު ޔޫސުފުގެފާނަށް ދެއްވިއެވެ. އަދި އެކަލޭގެފާނު ވަޑައިގަންނަވާ މަގުތަކުގައި ޝަރަފުވެރި ކުރުމުގެ ގޮތުން ސިފައިންގެ އިސްވެރިން ގޮސް މިފަދައިން ގޮވުމަށް ވެސް ފިރުޢައުނު އެންގިއެވެ. ”ޔޫސުފަށް މަގުދައްކާ! ޔޫސުފަށް މަގުދައްކާ!“ މިގޮތުގެމަތިން ކަންތައްތައް ކުރެއްވުމަށް ފަހު ފިރުޢައުނު ރަސްގެފާނު މުޅި މިޞްރުގެ ގަވަރުނަރު ކަމުގައި ޔޫސުފުގެފާނު ޢައްޔަނު ކުރެއްވިއެވެ.
އެއަށް ފަހު، ޔޫސުފުގެފާނު އެބައިމީހުންގެ ކުރިމަތިން ދުރަށް ވަޑައިގެންނެވުމަށް އަވަސްވެވަޑައިގެންނެވިއެވެ. އެއީ އެކަލޭގެފާނަށް ބަންޔާމީން ފެނިވަޑައިގެންނެވުމުން ކުރި އަސަރަށް ކެތްތެރިވެ ވަޑައިނުގެންނެވިގެންނެވެ. އެހެންވެ، އެކަލޭގެފާނުގެ އަމިއްލަފުޅު ކޮޓަރިކޮޅަށް ވަޑައިގެންނެވިއެވެ. އަދި އެތަނުގައި އެކަލޭގެފާނު ނުހަނު ގަދަޔަށް ކީރިތި ކުރެއްވިއެވެ.