ފެށުން 46:28 - ކިތާބުލް މުޤައްދަސާ28 ޔޫސުފުގެފާނުގެ އަރިހަށް ޖާސާންއަށް ދާންވީ މަގު އަހައި އޮޅުން ފިލުމަށްޓަކައި އެންމެންގެ ކުރިން ޔަހޫޛާ ފޮނުވިއެވެ. ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ އަރިހުގައި ވީ މީސްތަކުން ޖާސާންއަށް ވަޑައިގަތުމުން အခန်းကိုကြည့်ပါ။ |
އެ ހިނދު ތިޔަބައިމީހުން މިފަދައިން ބުނޭ. ’އަޅުގަނޑުމެންނީ ދިރިއުޅުމަށްޓަކައި ޖަނަވާރު ހުއިހައްޕާ ބަޔަކީމުއޭ. އަޅުގަނޑުމެންގެ ކާބަފައިން ވެސް ކުރި މަސައްކަތަކީ ވެސް މި މަސައްކަތޭ.‘ އެއަށް ފަހު މިޞްރުގެ ރައްޔިތުންނާއި ދުރުގައި ޖާސާންގެ ސަރަހައްދުގައި ތިޔަބައިމީހުން ދިރިއުޅުމަށް ރަސްގެފާނު ހުއްދަ ދެއްވާނެ. ސަބަބަކީ ހުއިހައްޕާ މީހުންނާއި ކައިރީގައި އުޅުމަށް އެބައިމީހުން ހިތްހަމަ ނުޖެހޭނޭތީވެ.“
އެއަށް ފަހު، ޔޫސުފުގެފާނު މިޞްރުގެ ރަސްގެފާނުގެ އަރިހަށް ވަޑައިގެން މިފަދައިން ދެންނެވިއެވެ. ”އަޅުގަނޑުގެ ބައްޕައާއި އެންމެހާ އަޚުން ކަންޢާނުން މިޞްރަށް ވަޑައިގެންފި. އަދި އެބައިމީހުންނާއި އެކުގައި އެބައިމީހުންގެ ގެރި ބަކަރިތަކާއި އެބައިމީހުންނަށް މިލްކުވެގެންވީ ހުރިހާ ތަކެއްޗެއް ވެސް ގެނައި. މިހާރު އެބައިމީހުން ތިބީ ޖާސާންގަ.“