Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 46:20 - ކިތާބުލް މުޤައްދަސާ

20 ޔޫސުފުގެފާނަށް މިޞްރުގައި ލިބިވަޑައިގަތީ ދެ ދަރިކަލުންނެވެ. އެއީ މަނައްސާ އާއި އަފްރާއީމް އެވެ. މި ކުދިންގެ މަންމައަކީ އޫނުގެ ފާދިރީ ފޫޠީފާރަޢުގެ އަންހެން ދަރިފުޅު އަސްނާތު އެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 46:20
15 ပူးပေါင်းရင်းမြစ်များ  

ފިރުޢައުނު ރަސްގެފާނު ޔޫސުފުގެފާނަށް މިޞްރު ބަހުން ދެއްވި ނަންފުޅަކީ ޞަފްނާތު ފަޢުނީޙު އެވެ. އަދި ޢައުނުގެ ފާދިރީ ފޫޠީފާރަޢަގެ އަންހެން ދަރިފުޅު އަސްނާތު އާއި ކައިވެނި ކުރުވިއެވެ. އެހެންކަމުން ޔޫސުފުގެފާނު މުޅި މިޞްރުގެ ގަވަރުނަރުކަމާއި ހަވާލުވެ ވަޑައިގެންނެވުނެވެ.


ޔަޢުޤޫބުގެފާނާއި ރާޙީލްއަށް ލިބިވަޑައިގެންފައި ވަނީ ޔޫސުފުގެފާނާއި ބަންޔާމީންއެވެ.


މީގެ ދުވަސްތަކެއްގެ ފަހުން ޔޫސުފުގެފާނަށް އެކަލޭގެފާނުގެ ބަފައިކަލުން ޔަޢުޤޫބުގެފާނު ވަރަށް ބޮޑަށް އާލާސްކަންފުޅުގައި އޮންނެވި ޚަބަރު ލިބިވަޑައިގަތެވެ. ވީމާ، ޔޫސުފުގެފާނު އެކަލޭގެފާނުގެ ދެދަރިކަލުން ކަމުގައިވާ މަނައްސާ އާއި އަފްރާއީމް ގޮވައިގެން ޔަޢުޤޫބުގެފާނުގެ އަރިހަށް ވަޑައިގެންނެވި ޙަބަރުފުޅު ޔަޢުޤޫބުގެފާނަށް ލިބިވަޑައިގަތުމުން ހަށިކޮޅަށް ލެވުނުހާ ބާރެއްލައްވައި ޔަޢުޤޫބުގެފާނު ތެދުވެ ވަޑައިގެން އެދުމަތީގައި އިށީނދެ ވަޑައިގަތެވެ.


އެ ކުދިންނަށް ބަރަކާތް ލެއްވުމަށް އެދި އެދުވަހު ޔަޢުޤޫބުގެފާނު އެފަދައިން ދެންނެވިއެވެ: ”⁠ބަނީއިސްރާއީލު މީހުންގެ މައްޗަށް ބަރަކާތް ލެއްވުމަށް އެދި ދަންނަވާ ހިނދު އެބައިމީހުން މިފަދައިން ބުނެއޭ: ’⁠އަފްރާއީމްއާއި މަނައްސާ ފަދައިން މާތްކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބަރަކާތް ލައްވާނދޭވެ!⁠‘⁠“ މިގޮތުން ޔަޢުޤޫބުގެފާނު މަނައްސާއަށް ވުރެން އަފްރާއިމް މަތިވެރި ކުރެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ