Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 46:15 - ކިތާބުލް މުޤައްދަސާ

15 މަތީގައި ބަޔާން ކުރެވިފައި އެވަނީ ޔަޢުޤޫބުގެފާނަށާއި ލައިއަތުއަށް މެސޮޕޮޓޭމިއާގައި ލިބިފައިވާ އަންހެން ދަރިފުޅު ދީނާގެ އިތުރުން ލިބިފައިވީ ދަރިންނެވެ. ޔަޢުޤޫބުގެފާނުގެ އާއިލާގައި ފިރިހެން ދަރިންނާއި އަންހެން ދަރިންގެ އަދަދު މިހާހިސާބަށް ޖުމުލަ ތިރީސްތިނެއް ކަމުގައި ވެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 46:15
14 ပူးပေါင်းရင်းမြစ်များ  

އިސްޙާޤުގެފާނުގެ އުމުރުފުޅުން ސާޅީސް އަހަރުގައި ބަތޫއެލްގެ އަންހެންދަރި ރިފްޤާ އާ ކައިވެނި ކުރެއްވިއެވެ. (މި ބަތޫއީލް އަކީ މެސޮޕޮޓޭމިއާގެ އަރާމީންގެ މީހެކެވެ.) އަދި ރިފްޤާ އަކީ ލަބާންގެ އަންހެން ކޮއްކޮވެސް މެއެވެ.


ލަބާންއަށް ދެއަންހެން ދަރިން ލިބިފައިވެއެވެ. އެ ދެދަރިންގެ ތެރެއިން ދޮށީ ދަރިފުޅަކީ ލައިއަތުއެވެ. އަދި ހަގު ދަރިފުޅަކީ ރާޙީލްއެވެ.


ލައިއަތު އާއި ޔަޢުޤޫބުގެފާނަށް ހަ ފިރިހެން ދަރިން ލިބިފައިވިއެވެ. އެ ދަރިންގެ ތެރެއިން އެންމެ ދޮށީ ރައޫބައިންއެވެ. އެއަށް ފަހު ޝިމްޢޫން، ލާވީ، ޔަހޫޛާ، ޔައްސާކަރު އަދި ޒަބޫލޫން އެވެ. އަދި ލައިއަތުގެ ޖާރިޔާ ޒިލްފާ ކިބައިން ޔަޢުޤޫބުގެފާނަށް ދެ ފިރިހެން ދަރިން ލިބިފައިވިއެވެ. އެއީ ޖާދު އާއި އަޝީރު އެވެ. ރާޙީލްއާއި ޔަޢުޤޫބުގެފާނަށް ދެ ފިރިހެން ދަރިން ލިބިފައި ވެއެވެ. އެއީ ޔޫސުފުގެފާނާއި ބަންޔާމީންއެވެ. އަދި ރާޙީލްގެ ޖާރިޔާ ބިލްހާގެ ކިބައިން ޔަޢުޤޫބުގެފާނަށް ދެ ފިރިހެން ދަރިން ލިބިފައިވިއެވެ. އެއީ ދާނު އާއި ނަފްތާލީ އެވެ. މި ހުރިހާ ދަރިންމެ އުފަންވީ މެސޮޕޮޓޭމިއާގައެވެ.


ޒަބޫލޫންގެ ދަރިންނަކީ ސާރަދު، އީލޫން، އަދި ޔާޙިލްއީލް އެވެ.


ޖާދުގެ ދަރިންނަކީ ޞިފްޔޫން. ޙައްޖީ، ޝޫނީ، އަޞްބޫން، ޢައިރީ، އަރޫދީ، އަދި އަރްއީލީ އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ