Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 46:10 - ކިތާބުލް މުޤައްދަސާ

10 ޝިމްޢޫންގެ ދަރިންނަކީ ޔަމޫއީލް، ޔާމީނު، އޫހަދު، ޔާކީން، ޞޫޙަރު އަދި ޝާއޫލް އެވެ. (ޝާއޫލްގެ މަންމައަކީ ކަންޢާނުގެ އަންހެނެކެވެ.)

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 46:10
14 ပူးပေါင်းရင်းမြစ်များ  

އިސްޙާޤުގެފާނު ޔަޢުޤޫބުގެފާނު ގެންނަވައި ރަޙުމަތް ލެއްވުމަށް އެދި ދުޢާ ކުރެއްވުމަށް ފަހު މިފަދައިން ވިދާޅުވިއެވެ. ”⁠މި ކަންޢާނުންގެ އަންހެންތަކުންގެ ތެރެއިން އަންހެނަކާ ދަރިފުޅު ކައިވެނިކޮށްގެން ނުވާނެ.


އެކަނބުލޭގެ ދޭތެރެއަވަސްކޮށް ބަލިވެއިނެވެ. އަދި އެހެން ފިރިހެން ދަރިއަކު ލިބުނެވެ. މި ދަރީގެ ނަމަކަށް ޝިމްޢޫންގެ ނަމުން އެކަނބުލޭގެ ނަންދިނެވެ. މިނަމުގެ ސަބަބެއް ކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”⁠އަހަރެންގެ ފިރިކަލުން އަހަރެންދެކެ ލޯބިނުވާކަމުގެ ޚަބަރު މާތްރަސްކަލާނގެ އައްސަވާ ވޮޑިގެންފި.⁠“


އެއަށް ފަހު އެރަށުގެ އެންމެހާ ފިރިހެނުން ޚިތާނު ކުރެވި، އޭގެ ތިންވަނައަށް ވީ ދުވަހު އެކަމުގެ ތަދު އިޙުސާސް ކުރަމުން ދިޔަ ހިނދު ދީނާގެ ދެބެއިން ކަމުގައިވާ ޝިމްޢޫން އާއި ލާވީ އެމީހުންގެ ކަނޑިތައް ހިފައިގެން ސިއްރިޔާތުގައި ރަށު ތެރެއަށް ވަދެ އެރަށުގެ އެންމެހާ ފިރިހެނުންނަށް ޙަމަލާދީ ގަތުލުކޮށްފިއެވެ.


އެއަށް ފަހު ޔަޢުޤޫބުގެފާނު ޝިމްޢޫން އާއި ލާވީއަށް މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަ ދެބެއިން ކުރި އަމަލުތަކުގެ ސަބަބުން އަހަރެން މުސީބާތުގެ ތެރެއަށް ވެއްޓިއްޖެ! މިރަށުގައި ދިރިއުޅެމުން ގެންދާ މީހުން ކަމުގައިވާ ކަންޢާނުންނާއި ފިރިއްޒީނުގެ ދަރިކޮޅުގެ އަހުލުވެރިން އަހަރެންދެކެ ނަފްރަތުކުރާނެ. އަހަރެމެންގެ މީސްތަކުންގެ އަދަދު އެމީހުންނަށް ވުރެން މާމަދު. އެދެބައިމީހުން ގުޅިގެން އައިސް އަހަރެމެންނަށް ޙަމަލާދީ އަހަރެންގެ އާއިލާގެ ހުރިހާ އެންމެން ނެތިކޮށްލާފާނެ.⁠“


ލާވީގެ ދަރިންނަކީ ޖަރްޝޫން، ޤަހާތު، އަދި މަރާރީ އެވެ.


ރައޫބައިންގެ ދަރިންނަކީ ޙަނޫކު، ފައްލޫ، ޙަޞްރޫން، އަދި ކަރްމީ އެވެ.


ޝިމްޢޫނަށް ހަ ދަރިން ލިބުނެވެ. ޔަމޫއީލް، ޔާމީނު، އޫހަދު، ޔާކީން، ޞޫޙަރު އަދި ކަންޢާނީ އަނބިމީހާގެފަރާތުން ލިބުނު ޝާއޫލް އެވެ. މިއީ ޝިމްއޫން ގަބީލާގެ ކާބަފައިންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ