Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 45:6 - ކިތާބުލް މުޤައްދަސާ

6 ފާއިތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ވީ ތަދުމަޑު ކަމުގެ ސަބަބުން އެއްވެސް އެއްޗެއް ނުހެއްދޭނެ. އަދި މި ތަދުމަޑުކަން އިތުރު ފަސް އަހަރު ދުވަހު ދެމި އޮންނާނެ. އިތުރު އެއްވެސް ގޮވާމެއް ނުހެއްދޭނެމެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 45:6
13 ပူးပေါင်းရင်းမြစ်များ  

މި ބަޔާންކުރަނީ ޔަޢުޤޫބުގެފާނުގެ އާއިލާގެ ތެރޭގައި ހިނގާދިޔަ ޙާދިސާތަކެވެ. ޔޫސުފުގެފާނުގެ އުމުރުފުޅުން ސަތާރަ އަހަރުގައި އެކަލޭގެފާނުގެ އެއްބަފާ އަޚުންނާއި އެކުގައި ހުއިހެއްޕެވުމުގެ މަސައްކަތްޕުޅު ކުރެއްވުމުގައި އުޅުއްވިއެވެ. އެއީ އެކަލޭގެފާނުގެ ބަފައިކަލުން ދެ ޖާރިޔާއިން ކަމުގައިވާ ބިލްހާ އާއި ޒިލްފާއާ ކައިވެނި ބައްލަވައިގަތުމަށް ފަހު ލިބިވަޑައިގަތް ދަރިންނެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ ބޭބެމެން ކަންތައްތައް ކުރަމުން ގެންދާ ބައެއް ގޯސްކަންތަކުގެ ވާހަކަ ބަފައިކަލުންގެ އަރިހުގައި ދަންނަވައެވެ.


އަދި މި ކަމުވޮށިވެގެންވާ ފަރާތްތަކަށް ފާގަތި ހަތް އަހަރު ދުވަހުގެ ތެރޭގައި ލިބޭ ގޮވާން ސަހަރުގައި ގުދަން ކުރުމުގެ ބާރާއި ހުއްދަ ދެއްވާ. އަދި ރަސްގެފާނުގެ ބެއްލެވުމުގެ ދަށުން އެ ތަކެތި ރައްކާތެރި ކުރައްވައި ބަލަހައްޓަވާ.


މިޞްރުގެ ރަސްގެފާނު، ފިރުޢައުނަށް ޔޫސުފުގެފާނު ޚިދުމަތް ކޮށްދެއްވަން ފެއްޓެވިއިރު އެކަލޭގެފާނުގެ އުމުރުފުޅަކީ ތިރީސް އަހަރުފުޅެވެ. އަދި ރަސްގެފާނުގެ ދަރުބާރުން ނުކުމެ ވަޑައިގެންނެވުމަށް ފަހު އެކަލޭގެފާނު މުޅި މިޞްރު ބައްލަވާލެއްވުމަށް ދަތުރުފުޅު ކުރެއްވިއެވެ.


މިޞްރަށް ތިޔާގިކަން ލިބިގެންވީ ހަތް އަހަރު ނިމުމަކަށް އައެވެ.


އަދި ޔޫސުފުގެފާނު ވިދާޅުވި ފަދައިން ތަދުމަޑުކަމާއި ހައިހޫނުކަމުގެ ހަތް އަހަރު މިޞްރަށް ކުރިމަތިވިއެވެ. އަދި މުޅި ސަރަހައްދުގައި ވީ އެކިއެކި ރަށްތަކުގައި ވެސް އެދެވޭ ވަރަށް ކާބޯތަކެތި ލިބިފައި ނުމެނެތް މެއެވެ. ނަމަވެސް މިޞްރުގައި ގިނަޢަދަދަކަށް ގޮވާން ލިބެން ހުއްޓެވެ.


ތަދުމަޑުކަމާއި ހައިހޫނުކަން މުޅި މިޞްރަށް ވެރިވެފައި ވަނީ އޭގެ އިންތިހާގައެވެ. އެހެންވީމާ މިޞްރުގެ އަހުލުވެރިންނަށް ގޮވާންތައް ވިއްކެވުމަށް ޔޫސުފުގެފާނު ގުދަންތައް ހުޅުއްވިއެވެ.


ޖެހިގެން އައި އަހަރު އެބައިމީހުން އެކަލޭގެފާނުގެ އަރިހަށް އައިސް މިފަދައިން ދެންނެވިއެވެ. ”⁠އަޅުގަނޑުމެން އެއްވެސް ކަމެއް ކަލޭގެފާނަށް ވަންހަނާ ނުކުރަމު. އަޅުގަނޑުމެންގެ މިލްކުގައި ވީ ފައިސާ އާއި އަދި އެންމެހާ ޖަނަވާރުތައް ވެސް ވަނީ ކަލޭގެފާނުގެ އަތްޕުޅުގައި. އަޅުގަނޑުމެންގެ އަތުގައި އަޅުގަނޑުމެންގެ ހަށިގަނޑާއި އަޅުގަނޑުމެންނަށް ލިބިފައިވީ ބިން ފިޔަވައި އިތުރު އެއްވެސް އެއްޗެއް ނުމެނެތްމެ.


ޔޫސުފުގެފާނު މީސްތަކުންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެން ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ބިންތައް ގަނެ ރަސްގެފާނަށް ވެދުން ކޮށްފީމު. ވީމާ، ތިޔަބައިމީހުންގެ ބިންތަކުގައި ގޮވާން ކުރުމަށްޓަކައި މުޑުވައް ކުރާނޭ އޮއްތައް އަހަރެން ދޭނަން.


ކަލޭމެން މަސައްކަތް ކުރަން ހަފްތާއަކު ހަދުވަސް އޮންނާނެ. ހަތްވަނަ ދުވަހަކީ ގޮވާން އިންދަން ފަށާ ދުވަސް ވިޔަސް ނުވަތަ ގޮވާން ކަނޑާ ދުވަސް ވިޔަސް އެދުވަހު މަސައްކަތެއް ކޮށްގެން ނުވާނެ.


އަދި ކޮންމެ އެއްހާސް ސިފައިންނަކަށް ސަރުދާރުންލައި، ކޮންމެ ފަންސާސް މީހުންގެ މައްޗަށް އޭގެ ތެރޭން ބަޔަކު ވެރި ކުރުވައި، ކަލޭމެންގެ ދަރިން ލައްވައި ރަސްގެފާނުގެ ދަނޑުތަކުގައި ފަސްގަނޑު ޖައްސައި، ދަނޑުގޮވާން ކުރުވައި، ހަތިޔާރު ހައްދައި، އަސްގާޑިޔަލަށް ބޭނުންވާ ތަކެތި ހައްދުވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ