ފެށުން 45:5 - ކިތާބުލް މުޤައްދަސާ5 އެކަމާއި ހެދި މިހާރު ތިޔަބައިމީހުން ކަންބޮޑުވެ ހާސްވާނެ ކަމެއް ނެތް. ސަބަބަކީ ތިޔަބައިމީހުން އަހަރެން ވިއްކާލީ މިތަނަށް ކަމުގައި ވާތީ. މިކަން މި ގޮތަށް ހިންމަވައި ދެއްވީ މާތްކަލާނގެ. އެއީ އެތައްބައެއްގެ ފުރާނަ އެކަލާނގެ ސަލާމަތް ކޮށްދެއްވުމަށްޓަކައި ވެސްމެ. အခန်းကိုကြည့်ပါ။ |
އެވަގުތު އީސާގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް ދެންނެވިއެވެ. ”ބައްޕާ! އެބައިމީހުންގެ ފާފަ ފުއްސަވާ ދެއްވާ. އެބައިމީހުން އެކުރާ ކަންތައްތަކެއް އެބައިމީހުންނަކަށް ނުވިސްނޭ.“ އީސާގެފާނު ސަލީބަށް އެރުވުމުގެ ކަންތައް ކުރި ސިފައިންގެ މީހުން އެކަލޭގެފާނުގެ ހެދުންކޮޅު ލިބޭނެ މީހަކު ބެލުމަށް ގުރުއަތު ލިއެވެ.