Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 45:3 - ކިތާބުލް މުޤައްދަސާ

3 އެކަލޭގެފާނުގެ އަޚުންނަށް އެކަލޭގެފާނު މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެންނަކީ ޔޫސުފު. އަހަރެންގެ ބަފައިކަލުން މިއަދު ދުނިޔޭގައި އެބަ ހުންނެވިތަ؟⁠“ ނަމަވެސް އެކަލޭގެފާނުގެ އަޚުން އެކަލޭގެފާނަށް ޖަވާބެއް ނުދެއްވައި ހަނުހިމޭނުން ތިއްބެވެ. އެއީ ކަލޭގެފާނުދެކެ އެބައިމީހުން ބިރުގަނެފައި ވުމުގެ ސަބަބުންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 45:3
14 ပူးပေါင်းရင်းမြစ်များ  

އެކަލޭގެ މަރާލާފައި އެކަލޭގެ ހަށިގަނޑު މިތަނުން ވަޅަކަށް ވައްޓާލަމާ ހިނގާ. އަހަރެމެން ބަފައިކަލުން އަރިހަށް ގޮސް ދަންނަވާނީ ވަލުޖަނަވާރެއް އައިސް އެކަލޭގެ މަރައި ކާލައިފިކަމުގައި. އޭރުން އެނިމުނީނު؟ ދެން އެކަލޭގެ ހުވަފެންތަކަށް ވާގޮތެއް ވެސް އެނގިދާނެތާ.⁠“


އެކަކު އަނެކަކަށް މިފަދައިން ބުނަމުން ދިޔައެވެ. ”⁠އަހަރެމެންނަށް މިފަދައިން ޢުޤޫބާތް ލިބެމުން ދަނީ އަހަރެމެންގެ ކޮއްކޮ ޔޫސުފާއި މެދު އަހަރެމެން އަމަލުކުރިގޮތުން. އޭނާ ގަންފައިވާ ބިރާ ހިތާމަތައް އަހަރެމެންނަށް ފެނި، އަހަރެމެންގެ ކިބައިން އޭނާ ސަލާމަތަށް އެދި އާދޭސް ކުރަމުން ގެންދިޔަ ހިނދު އަހަރެމެން ދިނީ ބީރުކަންފަތެއް. މިއަދު އަހަރެމެންނަށް ޖެހިފައި މިވާ މުސީބާތަކީ އެކަމުގެ ނަތީޖާ.⁠“


ރައޫބައިން އޭނާގެ އަޚުންނަށް މިފަދައިން ބުންޏެވެ. ”⁠އަހަރެން ތިޔަ އެންމެންގެ ކައިރީގައި އޭނާއަށް އެފަދައިން އަމަލު ނުކުރުމަށް ނޭދެމުތަ؟ ނަމަވެސް ތިޔަ އެންމެން އަހަރެންގެ އަޑެއް ނޭހި. އަދި މިއަދު އަހަރެމެން އޭނާ މަރާލުމުން އެކަމުގެ އަގު އަދާ ކުރަންޖެހޭނެ.⁠“


އެބައިމީހުންގެ ޙާލުއަޙުވާލާއި ޚަބަރު އައްސަވައި އެކަލޭގެފާނު އެބައިމީހުންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން އަހަރެންގެ ގާތު ބުނި ތިޔަބައިމީހުންގެ މުސްކުޅިވެފައިވީ ބަފައިކަލުންގެ ހާލު ކިހިނެއްތަ؟ އެކަލޭގެފާނު ދިރި ދުނިޔޭގައި އެބަ ހުންނެވިތަ؟⁠“


މިފަދަ ގޮތަކަށް އެކަލޭގެފާނު ފެނިގެން ވުމުން އެންމެހައި އަސްޙާބީން ތިބީ ވަރަށް ބިރުންނެވެ. އެ ހިނދު އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ހިތްވަރު ބަހައްޓާ! ބިރުނުގަނޭ، މިއީ އަހަރެން!⁠“


ޝަމްއޫނު އަށް މިތަން ފެނުމުން އީސާގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ. އަޅުގަނޑުގެ ކައިރިން ދުރަށް ވަޑައިގަންނަވާ. އަޅުގަނޑަކީ ފާފަވެރި އަކީން.⁠“


ދެވަނަ ފަހަރަށް އެބައިމީހުން މިޞްރަށް ދިޔަ ދަތުރު ޔޫސުފުގެފާނު އެކަލޭގެފާނުގެ ބޭބެއިންނަށް އެކަލޭގެފާނަކީ ކާކުކަން ބުނެ ހާމަކޮށް ކިޔާދިން. އަދި ފިރުޢައުނަށް ވެސް ޔޫސުފުގެފާނުގެ އާއިލާއާއި މެދު ހުރިހާ ކަމެއް އެނގިވަޑައިގެންނެވި.


ޝާއުލް ބުންޏެވެ. ”⁠ސާހިބާ ތިޔައީ ކޮން ބޭކަލެއް؟⁠“ ދެން އޭނާއަށް މިހެން ބުނެވުނު އަޑު އިވުނެވެ. ”⁠މިއީ ކަލޭ އަނިޔާ ދިނުމަށް ތިޔަ އުޅޭ އީސާގެފާނު.


ދެކިބަލާށެވެ! އެކަލޭގެފާނު އެވަޑައިގަންނަވާނީ ވިލާގަނޑުތަކުގެ ތެރެއިންނެވެ. ހުރިހާ އެންމެންނަށް އެކަލޭގެފާނު ފެނިގެންވާނެއެވެ. އެކަލޭގެފާނުގެ ހަށިކޮޅު ތޮރުފައި އަނިޔާވެރިވީ މީސްތަކުން ވެސް އެކަލޭގެފާނު ދެކޭނެވެ. ދުނިޔޭގައި ވާ އެންމެހާ މީސްތަކުން އެކަލޭގެފާނުގެ މައްޗަށް ފުން ހިތާމަ ކުރާނެއެވެ. އާނއެކެވެ. މިފަދައިން މިކަންތައްތައް ހިނގާނެއެވެ! އާމީން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ