ފެށުން 45:28 - ކިތާބުލް މުޤައްދަސާ28 އެއަށް ފަހު ޔަޢުޤޫބުގެފާނު މިފަދައިން ވިދާޅުވިއެވެ. ”ކަލޭމެންގެ ތިޔަ ބުނި ބުނުން އަހަރެން މިހާރު ގަބޫލުކޮށްފިން. އަހަރެންގެ ދަރިފުޅު ޔޫސުފު ދިރި ދުނިޔޭގައި އެބަ ހުންނެވި. އަދި އަހަރެން މަރުވުމުގެ ކުރިން އޭނާ ދުށުމަށް އަހަރެން ދާނަމު.“ အခန်းကိုကြည့်ပါ။ |
ޔަޢުޤޫބުގެފާނު (އިސްރާއީލުގެފާނު) އެކަލޭގެފާނުގެ އެންމެހާ މުދަލަކާއިގެން މިޞްރަށް ވަޑައިގަތުމަށް ދަތުރު ފެއްޓެވިއެވެ. ދަތުރުގެ މަގުމަތީގައި އެކަލޭގެފާނު ބިއުރުސަބްޢައަށް ވަޑައިގަންނަވައި އެކަލޭގެފާނުގެ ބަފައިކަލުން އިސްޙާޤުގެފާނުގެ މަތިވެރި ރަސްކަލާނގެ މާތްކަލާނގެ ކިބަފުޅަށް ޤުރުބާން ހުށަހެޅުއްވިއެވެ.