Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 45:26 - ކިތާބުލް މުޤައްދަސާ

26 އެބައިމީހުން ޔަޢުޤޫބުގެފާނަށް މިފަދައިން ދެންނެވިއެވެ. ”⁠ޔޫސުފުގެފާނު ދުނިޔޭގައި އެބަ ހުންނެވި. އަދި މުޅި މިޞްރުގެ މައްޗަށް ވެރިކަން ހިންގަވަނީ އޭނާ.⁠“ އެބައިމީހުންގެ ބަފައިކަލުން ޙައިރާންވެ ވަޑައިގަންނަވައި އެބައިމީހުން އެ ބުނި އެއްޗެއް ގަބޫލެއް ނުކުރެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 45:26
17 ပူးပေါင်းရင်းမြစ်များ  

ނަމަވެސް ޔޫސުފުގެފާނުގެ އަޚުން ގިތެލެއް ކަތިލައި އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި އަތްދިގު ރިދާކޮޅު އެ ޖަނަވާރުގެ ލެއިން ކަޅިކުރިއެވެ.


އެކަލޭގެފާނުގެ ފިރިހެން ދަރިންނާއި އަދި އަންހެން ދަރިން އެކަލޭގެފާނުގެ ހިތްޕުޅު ހަމަޖައްސަވައި ދިނުމަށާއި ހިތްވަރު ދިނުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ޔޫސުފުގެފާނާއިމެދުގައި އެކަލޭގެފާނު ކީރިތިކުރެއްވުމުގައި ދެމިހުންނަވައި އެކަލޭގެފާނުގެ ދަރިންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެން ކަށްވަޅަށް ދާނީ އަހަރެންގެ އެ ދަރިފުޅާއި މެދުގައި ހިތާމަކުރުމުގަ.⁠“ މިފަދައިން ވިދާޅުވުމަށް ފަހު ކީރިތި ކުރައްވަމުން ގެންދެވިއެވެ.


ދެން އެބައިމީހުންގެ ބަފައިކަލުން ޔަޢުޤޫބުގެފާނުގެ އަރިހަށް ކަންޢާނުއަށް އައިސް ހިނގާ ދިޔަ ހުރިހާ ކަންތައްތަކެއް މިފަދައިން އެކަލޭގެފާނަށް ކިޔައި ދިނެވެ.


އެ ހިނދު ޔަޢުޤޫބުގެފާނު އެބައިމީހުންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަ ހުރިހާ އެންމެން އަހަރެންގެ ޔޫސުފާއި ޝިމްޢޫން އަހަރެންނާއި ވަކިކުރުވައިފި! މިހާރު ތިޔަ އުޅެނީ ބަންޔާމީން އާއި އަހަރެންނާއި ވަކިކުރުވަން! އެންމެހާ ކަންތައްތައް ތިޔަ ކުދިން ކުރަމުން ތިޔަ ގެންދަނީ އަހަރެންނާއި ދެކޮޅަށް.⁠“


ނަމަވެސް ޔަޢުޤޫބުގެފާނު ރައްދުގައި ވިދާޅުވިއެވެ. ”⁠އަހަރެން ތިޔަ ކުދިންނާއި އެކުގައި ބަންޔާމީނު ދިއުމަށް ހުއްދައެއް ނުކުރާނަމު. އޭނާގެ ބޭބެ ޔޫސުފު ނިޔާވެއްޖެ. ރާޙީލްގެ ފަރާތުން އަހަރެންނަށް ލިބުނު ދަރިންގެ ތެރެއިން ހުރީ އޭނާ އެކަނި. މިޞްރަށް ދާ މަގުމަތީގައި ދިމާވެދާނޭ ނުރައްކާތެރި ޙާދިސާއަކާ މެދުގައި އަހަރެން ބިރުވެތިވަމު. އެހެންވެއްޖެނަމަ އަހަރެން މުސްކުޅިވި ދުވަހުގައި ނިމިގެންދާނީ ހިތާމައިން ފުރިފައިވާ ޙާލުގައި.⁠“


އޭގެތެރެއިން އެއް ކުއްޖަކު ވަނީ ގެއްލިފައޭ. އޭނާ ނެތި ދިޔައީ ވަލުޖަނަވާރެއްގެ ޝިކާރައިގައި ޖެހިގެންނޭ. އަދި އޭގެ ފަހުން އަހަރެން އޭނާއެއް ނުދެކެމޭ.


އެއަށް ފަހު، ޔޫސުފުގެފާނުގެ އަޚުން މިޞްރުން ފުރިއެވެ. އަދި އެބައިމީހުންގެ ބަފައިކަލުންގެ އަރިހަށް ކަންޢާނުއަށް ދިއުމަށް ފަހު،


އިސްރާއީލުގެފާނު ޔޫސުފުގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެންނަށް ތިބާ ދިރިހުއްޓައި އަލުން ފެންނާނެއެކޭ ހިއެއް ނުކުރަމު. އެހެނަސް ތިބާއާއި ތިބާގެ ދަރިން ވެސް މާތްކަލާނގެ އަހަރެންގެ ލޮލަށް ދައްކުވައި ދެއްވައިފި.⁠“


މިއަޅާގެ ދިރިހުރުމުގެ ހުޅުކޮޅު ކަނިވެ މަރު ގާތްވެގެން އައި ވަގުތު އިނބަރަސްކަލާގެ މަތިން ހަނދުމަވެ ދުޢާ ދެންނެވީމު. އިނބަރަސްކަލާގެ މަތިވެރި ދަރުބާރުން އެދުޢާ އައްސަވައި އިޖާބަ ކުރެއްވީމު.


ނަމަވެސް އީސާގެފާނުގެ މަންދޫބުންނަށް މި އަންހެނުން މިކިޔައިދިން ވާހަކަތައް ގަބޫލެއް ނުކުރެވުނެވެ. އެއީ މި ވާހަކަތަކަކީ ތާކުންތާކު ނުޖެހޭ ކަހަލަ ވާހަކަތަކެއް ހެން ހީވާތީއެވެ.


މި އެގާރަ އަސްޙާބީން އެމީހުންނަށް ބުންޏެވެ. ”⁠އެއީ ތެދެއް! މާތްސާހިބާ އަލުން ދިރިވަޑައިގެންފި. ޕަތަރަސް އެކަލޭގެފާނު ދެކެފި.⁠“


އެބައިމީހުން މިކަމާއި ވަރަށް ބޮޑަށް އަޖައިބު ވެ އުފާވީ ނަމަވެސް މިކަން ގަބޫލު ކުރަން ދަތި ވިކަން އެނގިވަޑައިގެން އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠އަހަންނަށް ކާ އެއްޗެއް ދީފާނަންތަ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ