25 އެއަށް ފަހު، ޔޫސުފުގެފާނުގެ އަޚުން މިޞްރުން ފުރިއެވެ. އަދި އެބައިމީހުންގެ ބަފައިކަލުންގެ އަރިހަށް ކަންޢާނުއަށް ދިއުމަށް ފަހު،
ދެން އެބައިމީހުންގެ ބަފައިކަލުން ޔަޢުޤޫބުގެފާނުގެ އަރިހަށް ކަންޢާނުއަށް އައިސް ހިނގާ ދިޔަ ހުރިހާ ކަންތައްތަކެއް މިފަދައިން އެކަލޭގެފާނަށް ކިޔައި ދިނެވެ.
އެއަށް ފަހު ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންނަށް ދަތުރާއިގެން ކުރިއަށް ދިއުމަށް އެންގެވިއެވެ. އަދި އެބައިމީހުން ދަތުރަށް ތައްޔާރުވި ހިނދު މިފަދައިން އެކަލޭގެފާނު ވިދާޅުވިއެވެ. ”ދަތުރުމަތީގައި އެކަކު އަނެކަކަށް ޒުވާބުކޮށް ދެބަސްވެ ނުހަދާތި.“
އެބައިމީހުން ޔަޢުޤޫބުގެފާނަށް މިފަދައިން ދެންނެވިއެވެ. ”ޔޫސުފުގެފާނު ދުނިޔޭގައި އެބަ ހުންނެވި. އަދި މުޅި މިޞްރުގެ މައްޗަށް ވެރިކަން ހިންގަވަނީ އޭނާ.“ އެބައިމީހުންގެ ބަފައިކަލުން ޙައިރާންވެ ވަޑައިގަންނަވައި އެބައިމީހުން އެ ބުނި އެއްޗެއް ގަބޫލެއް ނުކުރެއްވިއެވެ.