17 އެހެންވެ މިޞްރުގެ ރަސްގެފާނު ޔޫސުފުގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”ތިބާގެ އަޚުންގެ ގާތު ބުނޭ އެބައިމީހުންގެ ސަވާރީތަކަށް ގޮވާން ލައިގެން ކަންޢާނުއަށް ދާށޭ.
މިޞްރުގެ ރަސްގެފާނާއި އަދި އެރަސްގެފާނުގެ ވަޒީރުންނަށް ޔޫސުފުގެފާނުގެ އަޚުން އެރަށަށް އައިކަން އެނގިވަޑައިގަތުމުން އެބޭފުޅުން ވަރަށް އުފާފުޅުވިއެވެ.
އަދި އެބައިމީހުންގެ އާއިލާތަކާއި އެބައިމީހުންގެ ބަފައިކަލުން އަހަރެންގެ ގާތަށް މިރަށަށް ގެންނާށޭ ވެސް ބުނޭ. އަހަރެން މިރަށުގެ އެންމެ ރަނގަޅު ސަރަހައްދުން އެބައިމީހުންނަށް ބިން ދޭނަމޭ. އޭރުން އެ ތަނުން އެބައިމީހުންނަށް އެންމެ ރަނގަޅު ކާތަކެތި ލިބި ހިތްހަމަޖެހުން ލިބޭނެ.