އަބްރާމް ޖަވާބުގައި ވިދާޅުވިއެވެ. ”އެންމެ ރަނގަޅު. އޭނާއަކީ ތިބާގެ އަޅު އަންހެނެއް. އޭނާ ވަނީ ތިބާގެ ބާރުގެ ދަށުގައި. ތިބާ ބޭނުންގޮތަކަށް އޭނާއާއި މެދު އަމަލު ކުރުމުގެ އިޚުތިޔާރު ތިބާއަށް ލިބިގެންވޭ.“ އޭގެފަހުން ސާރާއީ ހާޖަރާއި މެދު ވަރަށް އަނިޔާވެރިވިއެވެ. ދެން އެންމެފަހުން ހާޖަރު އެގެއިން ނުކުމެ ފިލައިފި އެވެ.