Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 45:15 - ކިތާބުލް މުޤައްދަސާ

15 އަދި ޔޫސުފުގެފާނު އެކަލޭގެފާނުގެ އެންމެހާ އަޚުންގެ ގައިގައި ބޮސްދެއްވުމަށް ފަހު ކީރިތި ކުރައްވަމުން އެބައިމީހުންގެ ގައިގައި ބައްދަވައި ހެއްދެވިއެވެ. މިއަށް ފަހު، އެކަލޭގެފާނުގެ އަޚުން އެކަލޭގެފާނާއި ވާހަކަ ދައްކާހެދިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 45:15
17 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު ޔަޢުޤޫބުގެފާނު ރާޙީލްއަށް ސަލާމް ކުރެއްވުމުގެ ގޮތުން ބޮސް ދެއްވިއެވެ. އެ ހިނދު އެކަލޭގެފާނަށް އުފާފުޅު ވީވަރުން ދެލޯފުޅުން ކަރުނަފޫދި ކީރިތި ކުރެއްވުނެވެ.


މިޚަބަރު ލަބާންއަށް ލިބުމާއެކު، ދުވެގޮސް ޔަޢުޤޫބުގެފާނާއި ބައްދަލު ކުރެއްވިއެވެ. އަދި ސަލާންގަލާން ކުރައްވައި ލޯބިން އޮޅުލައި ބޮސްދީ ހެދުމަށް ފަހު ލަބާން އޭނާގެ ގެއަށް ވަޑައިގަތުމަށް ޔަޢުޤޫބުގެފާނަށް ދަޢުވަތު ދިނެވެ. އަދި ގެއަށް ދިޔަ މަގުމަތީގައި ޔަޢުޤޫބުގެފާނު އެކަލޭގެފާނާ މެދުގައި ހިނގާދިޔަ އެންމެހާ ޙާދިސާތަކުގެ ޚަބަރު ލަބާންއަށް ވިދާޅުވެދެއްވިއެވެ.


ނަމަވެސް ޢީސޫ ޔަޢުޤޫބުގެފާނާއި ދިމާއަށް ދުވެފައި އައިސް އެކަލޭގެފާނު ހަށިކޮޅުގައި ބައްދާ އޮޅުލައިގަތުމަށް ފަހު ބޮސް ދިނެވެ. އެ ހިނދު އެ ދެބެއިންމެ ވަނީ އުފަލުން ގޮސް ދެލޮލުން ކަރުނަހިލި ރޮވޭ ޙާލުގައެވެ.


އެ ހިނދު ޔޫސުފުގެފާނު އެތަނުން ދުރަށް ވަޑައިގެން ކީރިތިކުރައްވަން ފެއްޓެވިއެވެ. އޭގެ ފަހުން އެކަލޭގެފާނު އެބައިމީހުންގެ ކައިރިއަށް އެނބުރި ވަޑައިގެންނެވުމަށް ފަހު އިތުރަށް ވާހަކަފުޅު ދެއްކެވިއެވެ. އަދި ޖަލުގައި ހައްޔަރު ކުރާނޭ މީހަކަށް އެކަލޭގެފާނު ޝިމްޢޫން ޚިޔާރު ކުރެއްވިއެވެ. ހަމަ އެ ހިނދު އެމީހުންގެ ކުރިމަތީގައި ޝިމްޢޫން ބަނދެލައިފިއެވެ.


އެއަށް ފަހު، ޔޫސުފުގެފާނު އެކަލޭގެފާނުގެ ކޮއްކޮ ބަންޔާމީންގެ ގައިގައި ބައްދާލައްވައި ކީރިތި ކުރެއްވިއެވެ. އަދި ބަންޔާމީނު ވެސް ރުއިމެއެވެ.


މިޞްރުގެ ރަސްގެފާނާއި އަދި އެރަސްގެފާނުގެ ވަޒީރުންނަށް ޔޫސުފުގެފާނުގެ އަޚުން އެރަށަށް އައިކަން އެނގިވަޑައިގަތުމުން އެބޭފުޅުން ވަރަށް އުފާފުޅުވިއެވެ.


އެކަލޭގެފާނު އަޑުހަރުކޮށް ކީރިތި ކުރެއްވުމުގެ ސަބަބުން މިޞްރުގެ މީސްތަކުންނާއި އަދި ރަސްގެފާނުގެ ގަނޑުވަރުގައި ތިބި މީސްތަކުންނަށް އެކަލޭގެފާނު ކީރިތި ކުރެއްވި އަޑު އިވުނެވެ.


ޔޫސުފުގެފާނު އެކަލޭގެފާނުގެ އަސްގާޑިޔާކޮޅު ތައްޔާރު ކުރައްވައި ޖާސާންއަށް ދަތުރު ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ބަފައިކަލުން ފެނިވަޑައިގަތުމުން ބަފައިކަލުންގެ ހަށިކޮޅުގައި ބައްދަވައި ކޮނޑުފުޅުމަތީގައި އިސްތަށިފުޅު އަޅުއްވައިގެން އޮންނަވައި އެތައް އިރެއްވަންދެން ކީރިތި ކުރެއްވިއެވެ.


ދެން ޔުއާބު ރަސްގެފާނުގެ އަރިހަށް އައިސް މިވާހަކަ ދެންނެވުމުން ރަސްގެފާނު އަބްޝާލޫމް ގެންދަވައިފިއެވެ. އަބްޝާލޫމް ރަސްގެފާނުގެ އަރިހަށް އައިސް ރަސްގެފާނުގެ ކުރިފުޅުމަތީ ބިންމަތީގައި މޫނުޖައްސައިފިއެވެ. ދެން ރަސްގެފާނު އޭނާ ގައިގައި އޮޅުލައްވައިގަނެ ބޮސްދެއްވައިފިއެވެ.


މާތްރަސްކަލާނގެ ހާރޫނުގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ސަހަރާގެ ތެރެއަށް ގޮސް މޫސާގެފާނާ ބައްދަލު ކުރޭ!⁠“ ދެން ހާރޫނުގެފާނު ވަޑައިގެން މާތްކަލާނގެ ފަރުބަދަ ޠޫރުސީނާގެ ކައިރިން މޫސާގެފާނާއި ބައްދަލު ކުރައްވައި އެކަލޭގެފާނަށް ބޮސްދެއްވައި ސަލާން ކުރެއްވިއެވެ.


މިހެން ހިތާ އޭނާ އެނބުރި ރަށަށް ދިއުމަށް ދަތުރު ފެށި. އޭނާއަށް ގެއާއި ހަމައަށް ނުވެސް ދެވި އުޅެނިކޮށް އޭނާގެ ބައްޕައަށް އޭނާ ފެނި ދުވަމުން އައިސް އޭނާގެ ހާލު ދެކެ އެކަމުގެ މައްޗަށް ހަމްދަރުދީވެ އޭނާގެ ގައިގައި އޮޅުލައިގަނެ ބޮސްދީ ހެދި.


އެމީހުން ޕައުލް އާއި އަލްވަދާޢު ކިއުމަށް އައިސް ސަލާންކޮށް ގިސްލާ ރުޔެވެ.


ދެން ޢުރުފާ އާއި ރާޢޫތު އަޑުންއަޑުނަގާ ރޮއިގެންފިއެވެ. އަދި ޢުރުފާ ނުޢުމީއަށް ބޮސްދީ އަލްވަދާއު ކިޔައިފިއެވެ. ނަމަވެސް ރާޢޫތު އޭނާގެ މައިދައިތަ ގައިގައި އެލިގަތެވެ.


އަދި އެކަލާނގެ ތިޔަދެކުދިންނަށް ކަމޭ ހިތައި ބަލަހައްޓާނެ ފިރީން ވެސް ދެއްވާށި!⁠“ ދެން ނުޢުމީ އެ ދެކުދިންނަށް ބޮސް ދީ އަލްވަދާޢު ކިޔެވެ. އެވަގުތު އެދެކުދިން ހަރުއަޑުން ރޮއި ގެންފައި ބުންޏެވެ.


ދެން ޞަމޫއީލްގެފާނު ގެންނެވި ޚާއްސަ ތެލެއް ޝާއުލްގެ ބޮލަށް އެޅުއްވުމަށް ފަހު އޭނާއަށް ބޮސް ދެއްވިއެވެ. އަދި ވިދާޅުވިއެވެ. ”⁠އަހަރެން މިކަންތައް މިކުރަނީ މާތްރަސްކަލާނގެއަށް ޚާއްސަ މީހުން ކަމަށްވާ އިސްރާއީލީންގެ ވެރިޔަކަށް ކަލޭ ހަމަޖެއްސެވީމަ.


އެކުއްޖާ ދިޔައިމާ އެ ހިލައިގެ ދެކުނު ފަރާތުން ދާއޫދު ނުކުމެ ޔޫނަތައިންގެ ކުރިމައްޗަށް ހުއްޓި ބިންމަތީ މޫނު ޖެހޭހާ ވަރަށް ތިން ފަހަރު ގުދު ވިއެވެ. ދެން އެ ދެމީހުން އެކަކު އަނެކަކަށް ބޮސްދީ ރޮއި ހަދައިފި އެވެ. އެންމެ ބޮޑަށް ރުއީ ދާއޫދު އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ