Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 45:10 - ކިތާބުލް މުޤައްދަސާ

10 އަދި ޖާސާން އޭ ކިޔާ ހިސާބުގައި އަހަރެންގެ ކައިރީގައި ބަފައިކަލުންގެ ހުރިހާ ދަރިންނާއި ކާފަ ދަރިންނާއި ބަފައިކަލުންގެ އެންމެހާ ކަންބަޅިތަކާއި އަދި ބަފައިކަލުންގެ ހުރިހާ މުދަލަކާއިއެކު ދިރިއުޅުއްވޭނެޔޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 45:10
12 ပူးပေါင်းရင်းမြစ်များ  

އެ ހިނދު ތިޔަބައިމީހުން މިފަދައިން ބުނޭ. ’⁠އަޅުގަނޑުމެންނީ ދިރިއުޅުމަށްޓަކައި ޖަނަވާރު ހުއިހައްޕާ ބަޔަކީމުއޭ. އަޅުގަނޑުމެންގެ ކާބަފައިން ވެސް ކުރި މަސައްކަތަކީ ވެސް މި މަސައްކަތޭ.⁠‘ އެއަށް ފަހު މިޞްރުގެ ރައްޔިތުންނާއި ދުރުގައި ޖާސާންގެ ސަރަހައްދުގައި ތިޔަބައިމީހުން ދިރިއުޅުމަށް ރަސްގެފާނު ހުއްދަ ދެއްވާނެ. ސަބަބަކީ ހުއިހައްޕާ މީހުންނާއި ކައިރީގައި އުޅުމަށް އެބައިމީހުން ހިތްހަމަ ނުޖެހޭނޭތީވެ.⁠“


އެއަށް ފަހު، ޔޫސުފުގެފާނު މިޞްރުގެ ރަސްގެފާނުގެ އަރިހަށް ވަޑައިގެން މިފަދައިން ދެންނެވިއެވެ. ”⁠އަޅުގަނޑުގެ ބައްޕައާއި އެންމެހާ އަޚުން ކަންޢާނުން މިޞްރަށް ވަޑައިގެންފި. އަދި އެބައިމީހުންނާއި އެކުގައި އެބައިމީހުންގެ ގެރި ބަކަރިތަކާއި އެބައިމީހުންނަށް މިލްކުވެގެންވީ ހުރިހާ ތަކެއްޗެއް ވެސް ގެނައި. މިހާރު އެބައިމީހުން ތިބީ ޖާސާންގަ.⁠“


ހަމައެހެންމެ، ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުންނާއި އަދި އެކަލޭގެފާނުގެ އަޚުންނަށާއި އަދި އެބައިމީހުންނާއި އެކުގައި ވީ ހުރިހާ އެންމެންނަށް ބޭނުންވާނޭ ކާބޯތަކެތި ވެސް ދެއްވިއެވެ.


އަޅުގަނޑުމެން މިރަށަށް މިއައީ އަޅުގަނޑުމެންގެ ޖަނަވާރުތަކަށް ކާންދޭނޭ ވިނަ ކަންޢާނުން ލިބެން ނެތުމުން މި ރަށުގައި ދިރިއުޅުމަށްޓަކައި. އެ ރަށަށް ކުރިމަތިވެފައިވީ ތަދުމަޑުކަން ވަނީ އިންތިހާއަށް ގޮސްފަ. ވީމާ، އަޅުގަނޑުމެން ޖާސާންގައި ދިރިއުޅުމުގެ ހުއްދަ ދެއްވާ.⁠“


އެބައިމީހުން މިޞްރުގައި ދިރިއުޅޭނޭ ތަނެއް ޚިޔާރު ކުރައްވައި އެބައިމީހުންނަށް ދެއްވުމަކީ ތިބާ ކުރަން ޖެހެނޭ ކަމެއް. އަދި މިޞްރުގެ އެންމެ ރަނގަޅު ހިސާބު ކަމުގައިވާ ޖާސާންގައި ދިރިއުޅުމަށް އެމީހުންނަށް ބިން ދީ. އަދި އޭގެތެރެއިން ހުއިހެއްޕުމުގެ މަސައްކަތަށް އެންމެ އެކަށޭނަ ފަރާތްތަކަށް އަހަރެންގެ ކަންބަޅިތަކާއި ނަޢަމްސޫފިތައް ބެލެހުއްޓުން ވެސް ޙަވާލުކުރޭ.⁠“


އެކަމަކު މިފަހަރު ޖާސާންގެ ސަރަހައްދު ތިމަންކަލާނގެ ސަލާމަތް ކުރައްވާނަމޭ. އެއީ ތިމަންކަލާނގެ މީހުން އުޅޭ ހިސާބުގަނޑޭ. އެތަނަކަށް މެއްސެއް ނުދާނެޔޭ. އޭރުން މަނިކުފާނަށް އެނގިވަޑަގަންނަވާނެއޭ މާތްރަސްކަލާނގެއަކީ ތިމަން ކަލާނގެކަން. އަދި މަނިކުފާނުގެ ޤައުމުގެ ތެރޭގައި ތިމަންކަލާނގެ ވޮޑިގެންވާކަން.


މި ތޫފާނުގެ އަސަރު ނުފޯރާ އޮތީ ޖާސާންގެ ސަރަހައްދު އެކަންޏެވެ. އެއީ އިސްރާއީލީން ދިރިއުޅެމުން ދިޔަ އަވަށެވެ.


ބައްޕާފުޅާ! އަޅުގަނޑުގެ އެދުމަކީ ބައްޕާފުޅު އަޅުގަނޑަށް ދެއްވި ހުރިހާ އެންމެން އަޅުގަނޑާއި އެކު އަޅުގަނޑު ވާ ތަނެއްގައި ވުން. އޭރުން އިނބަރަސްކަލާނގެ އަޅުގަނޑަށް ދެއްވި ޖަލާލަތުކަން އެމީހުންނަށް ފެންނާނެ. އެއީ މި ދުނިޔެ އުފެއްދެވުމުގެ ކުރީގައި ވެސް އިނބަރަސްކަލާނގެ އަޅުގަނޑު ދެކެ ލޯބިވެ ވޮޑިގެން ވީ ކަމަށްޓަކައި.


ދެން ޔޫސުފުގެފާނު އެކަލޭގެފާނުގެ ބައްޕާފުޅާއި އާއިލާގެ މީހުންނަށް މިޞްރަށް އައުމަށް އެދި ދެންނެވި. އެމީހުންގެ އަދަދު މުޅިއެކު ހަތްދިހަ ފަހެއް ކަމުގައި ވި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ