Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 45:1 - ކިތާބުލް މުޤައްދަސާ

1 ޔޫސުފުގެފާނަށް އެކަލޭގެފާނުގެ ޚާދިމުންގެ ކުރިމަތީގައި އިތުރަށް ކެތެއް ނުކުރެއްވުނެވެ. ވީމާ، އެކަލޭގެފާނު ހަރުއަޑުފުޅުން އެކަލޭގެފާނުގެ ނޯކަރުންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެމެން މިތަނުގައި ބައިތިއްބާފައި އެހެން އެންމެން ބޭރަށްދޭ.⁠“ ޔޫސުފުގެފާނާއި އެކަލޭގެފާނުގެ އަޚުން އެކަހެރިވި ހިނދު އެކަލޭގެފާނީ ޔޫސުފުގެފާނުކަން އެބައިމީހުންނަށް ހާމަކޮށްދެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 45:1
12 ပူးပေါင်းရင်းမြစ်များ  

އެ ހިނދު ޔޫސުފުގެފާނު އެތަނުން ދުރަށް ވަޑައިގެން ކީރިތިކުރައްވަން ފެއްޓެވިއެވެ. އޭގެ ފަހުން އެކަލޭގެފާނު އެބައިމީހުންގެ ކައިރިއަށް އެނބުރި ވަޑައިގެންނެވުމަށް ފަހު އިތުރަށް ވާހަކަފުޅު ދެއްކެވިއެވެ. އަދި ޖަލުގައި ހައްޔަރު ކުރާނޭ މީހަކަށް އެކަލޭގެފާނު ޝިމްޢޫން ޚިޔާރު ކުރެއްވިއެވެ. ހަމަ އެ ހިނދު އެމީހުންގެ ކުރިމަތީގައި ޝިމްޢޫން ބަނދެލައިފިއެވެ.


ކޮއްކޮ އާއި ވަކިން އަޅުގަނޑަށް އެނބުރި ބަފައިކަލުންގެ އަރިހަށް ދާކަށް ނުކެރޭނެ. މިކަމުގެ ސަބަބުން އަޅުގަނޑުގެ ބަފައިކަލުން އުފުއްލަވާނޭ ހިތާމަތައް ދުށުމަކީ އަޅުގަނޑަށް ކެތް ކުރެވޭނެ ކަމެއް ނޫން.⁠“


މިވާހަކަ ޖައްތުގެ އަހުލުވެރިންނަށް ނާންގާށެވެ. އަދި އަޝްޤަލޫނުގެ މަގުތައްމަތީ ނުގޮވާށެވެ. އެހެންނޫނީ ފިލިސްޠީނުންގެ އަންހެނުން އުފާ ފާޅުކުރާނެއެވެ. ކާފަރުންގެ ދަރިން އުފަލުން ފޮޅޭނެއެވެ.


ދެން ތާމާރު ކޭކު ތަވައިން ނަގައި އަމްނޫނަށް ކާން ހަދައި ދިނެވެ. އެކަމަކު އަމްނޫނެއް ނުކެއެވެ. އަމްނޫން އޭނާގެ ޚާދިމުންނަށް އަމުރު ކުރިއެވެ. ”⁠ކަލޭމެން ބޭރަށްދޭ.⁠“ އެހެންވެ އެމީހުން އެތަނުން ނުކުމެގެން ހިނގައްޖެއެވެ.


”⁠ތިބާގެ އަޚާ ތިބާއާއި ދެކޮޅަށް ކުށެއް ކޮށްފިނަމަ، އޭނާ އެކަހެރިކޮށް އޭނާއަށް އެކަން ވިސްނައިދީ. އޭނާ ތިބާގެ ބަސް އަޑު އަހައިފިނަމަ، ތިބާ އޭނާއަށް އެ އެހީތެރިވެދިނީ ޙަޤީޤީ އަޚުވަންތަކަމާއި އަދި އުޚުއްވަތްތެރިކަމާއި އެކުގައި.


އެންމެންގެ ކުރި މައްޗަކަށް ނޫން. ހަމަ އެކަނި މާތްރަސްކަލާނގެ މާކުރީއްސުރެ ވެސް މިކަންތަކަށް ހެކިވުމަށް ހަމަޖައްސަވާފައިވީ މީހުން ކަމުގައި ވާ މީހުންގެ ކުރިމައްޗަށޭ. އަހަރެމެން މިއީ އެކަލޭގެފާނު އަލުން ދިރި ވަޑައިގެން ހިނދު އެކަލޭގެފާނާއި އެކު ކައި ބޮއި ހެދި މީހުންނޭ.


ދެވަނަ ފަހަރަށް އެބައިމީހުން މިޞްރަށް ދިޔަ ދަތުރު ޔޫސުފުގެފާނު އެކަލޭގެފާނުގެ ބޭބެއިންނަށް އެކަލޭގެފާނަކީ ކާކުކަން ބުނެ ހާމަކޮށް ކިޔާދިން. އަދި ފިރުޢައުނަށް ވެސް ޔޫސުފުގެފާނުގެ އާއިލާއާއި މެދު ހުރިހާ ކަމެއް އެނގިވަޑައިގެންނެވި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ