Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 44:8 - ކިތާބުލް މުޤައްދަސާ

8 އަހަރެމެންގެ ގޯނިތަކުގައި ވީ ފައިސާ އަހަރެމެންނަށް ކަންޢާނުން ފެނުނު ހިނދު، އެ ފައިސާ އަނބުރާ އަހަރެމެން ގެނެސް ދިނީމު. ވީމާ، ތިބާގެ ސާހިބާގެ ގަނޑުވަރުން ރަންކޮޅެއް ވެސް ރިހިކޮޅެއް ވެސް އަހަރެމެން ވަގަކަށް ނުނަގަމު.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 44:8
12 ပူးပေါင်းရင်းမြစ်များ  

އެކަކު އަނެކަކަށް މިފަދައިން ބުނަމުން ދިޔައެވެ. ”⁠އަހަރެމެންނަށް މިފަދައިން ޢުޤޫބާތް ލިބެމުން ދަނީ އަހަރެމެންގެ ކޮއްކޮ ޔޫސުފާއި މެދު އަހަރެމެން އަމަލުކުރިގޮތުން. އޭނާ ގަންފައިވާ ބިރާ ހިތާމަތައް އަހަރެމެންނަށް ފެނި، އަހަރެމެންގެ ކިބައިން އޭނާ ސަލާމަތަށް އެދި އާދޭސް ކުރަމުން ގެންދިޔަ ހިނދު އަހަރެމެން ދިނީ ބީރުކަންފަތެއް. މިއަދު އަހަރެމެންނަށް ޖެހިފައި މިވާ މުސީބާތަކީ އެކަމުގެ ނަތީޖާ.⁠“


އެބައިމީހުން ދަތުރުކޮށް ދިޔަ މަގުމަތީގައި އިރުއޮއްސުމާއެކު އެބައިމީހުން މަޑުކުރިއެވެ. އެ ހިނދު އޭގެތެރެއިން އެކަކު އޭނާގެ ހިމާރަށް ކާންދިނުމަށްޓަކައި އޭނާގެ ގޯނި މޮހާލިއިރު އޭނާ ގޮވާން ގަތުމަށް ދިން ފައިސާތައް އެ ގޯނީގެ ތެރޭގައިވާ ގޮވާންތަކުގެ މަތީގައި ހުރިތަން އޭނާއަށް ފެނުނެވެ.


އޭގެ ފަހުން އެ ހުރިހާ އެންމެން އެމީހުންގެ ގޯނިތައް މޮހެ ގޮވާންތައް ހުސްކުރަމުން ދިޔަ ހިނދު އެއިން ކޮންމެ މީހެއްގެ ގޯނީގެ ތެރޭގައި އެމީހުން ގޮވާން ގަތުމަށް ދިން ފައިސާތައް ހުއްޓާ ފެނުނެވެ. މި ފައިސާ އެބައިމީހުންނަށާއި އެބައިމީހުންގެ ބަފައިކަލުން ޔަޢުޤޫބުގެފާނަށް ފެނިވަޑައިގެންނެވި ހިނދު ބިރުވެތިވެ ވަޑައިގަތެވެ.


އަދި ކަލޭމެންގެ ގޯނިތަކުގެ ތެރެއަށް ކުރީ ފަހަރު ލާފައި އޮތް ފައިސާގެ ދެގުނަ އިތުރަށް ފައިސާ ގެންދޭ. ފަހަރެއްގައި އެ ފައިސާ ލެވިފައި އެވަނީ ކޮންމެވެސް މީހަކަށް އޮޅިގެން ކަމުގައި ވެދާނެ.


ޔޫސުފުގެފާނުގެ އަޚުންނަށް އެބައިމީހުން ގެންދެވުނީ ޔޫސުފުގެފާނުގެ ގަނޑުވަރަށްކަން އެނގުނު ހިނދު ވަރަށް ބިރުގަތެވެ. އަދި އެމީހުން އެކަކު އަނެކަކަށް މިފަދައިން ބުންޏެވެ. ”⁠ޔަޤީން އަހަރެމެން އެތަނަށް މިގެންދަނީ އަހަރެމެންގެ ގޯނިތަކުގެ ތެރޭގައި ވީ ފައިސާގެ ސަބަބުން. އޭނާ އެއުޅެނީ އެފައިސާ އެއީ އަހަރެމެން ވަގަށް ނެގި އެއްޗެއް ކަމަށް ހަދާފަ، އަހަރެމެން އެންމެން އަޅުންގެ ގޮތުގައި ހިފަހައްޓަން. އަދި އަހަރެމެންގެ ހުރިހާ ހިމާރުތައް ވެސް އަތުލަން.⁠“


ނަމަވެސް ޔޫސުފުގެފާނުގެ އަޚުން ޚާދިމުކަލޭގެއާއި މުޚާތަބުކޮށް މިފަދައިން ބުންޏެވެ. ”⁠ތިޔަފަދައިން ވާހަކަ ތިޔަދައްކަނީ ކީއްވެ؟ ތިޔަފަދަ ކަމެއް އަހަރެމެން ނުކުރަމު!


އެމީހާ ދެންނެވިއެވެ. ”⁠އެއީ ކޮން އަމުރުފުޅުތަކެއްތޯ؟⁠“ އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠މީހުން ނުމަރާތި. ޒިނޭ ނުކުރާތި. ވައްކަން ނުކުރާތި. ދޮގުހެކި ނުދޭތި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ