Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 44:33 - ކިތާބުލް މުޤައްދަސާ

33 ވީމާ، އަޅުގަނޑު މިތަނުގައި ކަލޭގެފާނުގެ އަޅެއްގެ ގޮތުގައި ހުރުމުގެ ހުއްދަ ދެއްވާ. އަދި ބޭބެމެންނާއި އެކުގައި ކޮއްކޮ އެނބުރި ރަށަށް ފޮނުއްވުމަށް އެދި އަޅުގަނޑު ނުހަނު އާދޭސް ދަންނަވަން.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 44:33
9 ပူးပေါင်းရင်းမြစ်များ  

ޚާދިމްކަލޭގެ މިފަދައިން ބުންޏެވެ. ”⁠ތިޔަބައިމީހުން ބުނިފަދައިން އަހަރެން އަމަލުކުރާނަން. ނަމަވެސް އަޅެއްގެ ގޮތުގައި ވާނީ އެ ތަށި ނެގި މީހެއް. އެހެނިހެން އެންމެން މިނިވަން ކަމާއިއެކު ދިއުމަށް ދޫކޮށްލެވޭނެ.⁠“


މި ޒުވާން ކޮއްކޮއަށް ރައްކާތެރިކަން ދޭނޭ ކަމުގައި ޚުދު އަޅުގަނޑު ބަފައިކަލުންނަށް ޔަޤީންކަން ދިނީމު. އަޅުގަނޑު ބަފައިކަލުންނަށް މިފަދައިން ދެންނެވީމު. ’⁠އަޅުގަނޑުމެންގެ މި ކޮއްކޮ އާއި ވަކިން އަޅުގަނޑުމެން އެނބުރި ބަފައިކަލުންގެ އަރިހަށް އަތުވެއްޖެނަމަ، އަޅުގަނޑުގެ މުޅި އުމުރު ދުވަހު އެކަމުގެ ބަދުނާމު އަޅުގަނޑުގެ ބޮލުގައި އަޅުއްވާށޭ ދެންނެވީމު.⁠‘


ކޮއްކޮ އާއި ވަކިން އަޅުގަނޑަށް އެނބުރި ބަފައިކަލުންގެ އަރިހަށް ދާކަށް ނުކެރޭނެ. މިކަމުގެ ސަބަބުން އަޅުގަނޑުގެ ބަފައިކަލުން އުފުއްލަވާނޭ ހިތާމަތައް ދުށުމަކީ އަޅުގަނޑަށް ކެތް ކުރެވޭނެ ކަމެއް ނޫން.⁠“


އެވަގުތު ދާއޫދުގެފާނަށް ފުރާނަ ހިއްޕަވާ މަލާއިކަތާ ފެނިވަޑައިގެންފިއެވެ. ދާއޫދުގެފާނު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”⁠ކުށްކުރީ މި އަޅާ! އެމީހުން ކުރީ މިއަޅާ އެމީހުންނަށް އެންގި ކަމެއް. އެ ފަކީރުން ކުރީ ކޮންކަމެއްތޯ؟ އެކަމުގެ ސަޒާ މިއަޅާއަށާއި މިއަޅާގެ ބައްޕަގެ އާއިލާއަށް ދެއްވާ!⁠“


ނަމަވެސް އެމީހުންގެ މި ފާފައަށް މައާފު ކޮށްދެއްވުމަށް މިއަޅާ އިނބަރަސްކަލާނގެ ކިބަފުޅަށް އާދޭސް ދަންނަވަން. އިނބަރަސްކަލާނގެ އެމީހުންނަށް މަޢާފު ނުދެއްވާނެ ނަމަ އިނބަރަސްކަލާނގެ ފޮތުން އަޅުގަނޑުގެ ނަން ކަނޑާލަ ދެއްވާ!⁠“


މި ހުވާފުޅަށްޓަކައި އީސާގެފާނަކީ ކުރީގައި އޮތް ޢަހުދުނާމާއަށް ވުރެން މާރަނގަޅު ޢަހުދުނާމާއެއް ކަށަވަރު ކޮށްދެއްވާނެ ފަރާތް ކަމުގައި ވެގެން ދިޔައެވެ.


އީސާގެފާނު އަހަރެމެންނަށްޓަކައި އެކަލޭގެފާނުގެ ޙަޔާތްޕުޅު ދެއްވުމުގެ ސަބަބުން އަހަރެމެންނަށް ލޯތްބަކީ ކޮބައިކަން އެނގިއްޖެއެވެ. އެހެންވީމާ، އަހަރެމެންގެ މުޅި ޙަޔާތް ވެސް އަހަރެމެންގެ އަޚުންނާއި އުޚުތުންނަށް ދޭންޖެހެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ