Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 44:30 - ކިތާބުލް މުޤައްދަސާ

30 ވީއިރު، އަޅުގަނޑުމެންގެ އެންމެ ހަގު ކޮއްކޮ އާއި ވަކިން އަޅުގަނޑުމެން ބަފައިކަލުންގެ އަރިހަށް ރަށަށް ދާނީ ކިހިނަކުން؟ އަޅުގަނޑުމެންގެ ބައްޕަ ދިރިހުރުމުގެ މުހިންމު ބޭނުމަކީ އޭނާ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 44:30
8 ပူးပေါင်းရင်းမြစ်များ  

ނަމަވެސް ޔޫސުފުގެފާނު މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެން ތިޔަ އެންމެންތަކުން އަހަރެންގެ އަޅުންނަށް ނުހަދާނަމު! ހަމައެކަނި އަހަރެންގެ އަޅެއްގެ ގޮތުގައި ވާނީ އެ ތަށި ވަގަށް ނެގި މީހާ. ދެން ތިބި އެންމެން މިނިވަންކަމާއެކު ތިޔަބައިމީހުންގެ ބަފައިކަލުންގެ ކައިރިއަށް ރަށަށްދޭ.⁠“


އަދި އަޅުގަނޑުމެން ޖަވާބުގައި އަޅުގަނޑުމެންގެ މުސްކުޅި ބަފަޔަކު ހުންނަ ކަމުގައްޔާއި އަދި އަޅުގަނޑުމެންގެ ބައްޕަ އުމުރުފުޅުން ޢަޖޫޒުވެފައިވީ ހިނދު ލިބިވަޑައިގެންނެވި އަޅުގަނޑުމެންގެ އެންމެ ހަގު ކޮއްކޮ ހުންނެވި ކަމުގައި އަޅުގަނޑުމެން ދެންނެވީމު. އަދި އޭނާ އާއި އެއްބަޑު އަނެއް ކޮއްކޮ ވަނީ ނިޔާވެފައި ކަމުގައި ވެސް ދެންނެވީމު. ވީމާ، އެ ކޮއްކޮ އާއި އެއްބަނޑު އޭނާ ނޫން ދެވަނަ ކުއްޖަކު ނުވާކަމުގައި ވެސް ދެންނެވީމު. އަދި އަޅުގަނޑުމެންގެ ބައްޕަ އެ ކޮއްކޮ ދެކެ ނުހަނު ލޯބިފުޅުވާ ކަމުގައި ވެސް ދެންނެވީމު.


ނަމަވެސް ބައްޕަ ދޫކޮށްފައި އޭނާ އަތުވެއްޖެނަމަ ބައްޕަ އަވަހާރަވުމާއި އެއްފަދަވާނެ ކަމުގައި އަޅުގަނޑުމެން މަނިކުފާނަށް ދެންނެވީމު.


އަޅުގަނޑުމެންނާއި އެކުގައި ކޮއްކޮ ނެތްކަން އެނގިއްޖެނަމަ ބަފައިކަލުން މަރު ވެދާނެ. އަދި އެއީ އަޅުގަނޑުމެންނަށް ހެދޭނެ ވަރަށް ބޮޑު ގޯހެއް ވެސްމެ. އޭރުން އަޅުގަނޑުމެންގެ ބަފައިކަލުންނަށް އެފަދަ ހިތާމައެއް ކުރިމަތި ކުރުވައި އަވަހާރަކޮށްލީ އަޅުގަނޑުމެން ކަމުގައިވާނެ.


ކޮއްކޮ އާއި ވަކިން އަޅުގަނޑަށް އެނބުރި ބަފައިކަލުންގެ އަރިހަށް ދާކަށް ނުކެރޭނެ. މިކަމުގެ ސަބަބުން އަޅުގަނޑުގެ ބަފައިކަލުން އުފުއްލަވާނޭ ހިތާމަތައް ދުށުމަކީ އަޅުގަނޑަށް ކެތް ކުރެވޭނެ ކަމެއް ނޫން.⁠“


ދެން ރަސްގެފާނަށް އަބްޝާލޫމް މަރުވެއްޖެކަން އެނގިވަޑައިގެންފިއެވެ. އެވަގުތު ރަސްގެފާނު ތުރުތުރު ލައިގެންފިއެވެ. އެކަލޭގެފާނު ބޮޑުފާރުދޮށުގައި ހުރި ކޮޓަރިއަކަށް ވަންނަވައި ހަރު އަޑުން ކީރިތި ކުރައްވަން ފައްޓަވައިފިއެވެ. އެކަލޭގެފާނު މިހެން ވިދާޅުވަމުން ގެންދެވިއެވެ. ”⁠މަގޭ ދަރިފުޅު އަބްޝާލޫމް، މަގޭ ދަރިފުޅު އަބްޝާލޫމް. ކަލޭގެ ބަދަލުގައި އަހަރެން މަރުވިނަމަ ކޮންފަދަ. އަބްޝާލޫމް، މަގޭ ދަރިފުޅު އަބްޝާލޫމް!⁠“


ދާއޫދު ޝާއުލްގެފާނާއި ވާހަކަ ދައްކަވައި ނިންމާލިތަނާ ޝާއުލްގެ ދަރި ޔޫނަތައިންގެ ހިތް ދާއޫދުގެ ހިތާ ގުޅި އެއްހިތަކަށްވެ އޭނާގެ އަމިއްލަ ނަފްސެކޭ އެއްފަދައިން އޭނާއާ މެދު ލޯބި ޖެހިއްޖެއެވެ.


ސާހިބުގެ ފުރާނައަށް ގެއްލުން ދީ އަނިޔާއެއް ކުރަން އަންނަ މީހެއްގެ ކިބައިން، މީހަކު ޚަޒާނާއެއް ފޮރުވައި ރައްކާ ކުރާނެ ފަދައިން، ސާހިބުގެ އިލާހު، މާތްރަސްކަލާނގެ ސާހިބަށް ސަލާމަތްތެރިކަން ދެއްވައި ހިމާޔަތް ކުރައްވާށި. އަދި އެ ނިޔަތުގައި އަންނަ މީހަކު ސާޅަގައަކަށް ލައި ދޫކޮށްލެވޭ ފަދައިން ހޫރާ ލައްވާށި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ