Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 44:29 - ކިތާބުލް މުޤައްދަސާ

29 މިހާރު ކަލޭމެން ތިޔަ އެދެނީ މި ދަރިފުޅު ވެސް އަހަރެންނާއި ވަކިކޮށްލާށޭ. ނަމަވެސް އެއްވެސް ކަހަލަ ނިކަމެތިކަމެއް އޭނާއަށް ކުރިމަތި ވެއްޖެނަމަ އަހަރެން ނިމިދާނީ ވެސް ހިތާމަ ކުރުމުގައޭ.⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 44:29
8 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނުގެ ފިރިހެން ދަރިންނާއި އަދި އަންހެން ދަރިން އެކަލޭގެފާނުގެ ހިތްޕުޅު ހަމަޖައްސަވައި ދިނުމަށާއި ހިތްވަރު ދިނުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ޔޫސުފުގެފާނާއިމެދުގައި އެކަލޭގެފާނު ކީރިތިކުރެއްވުމުގައި ދެމިހުންނަވައި އެކަލޭގެފާނުގެ ދަރިންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެން ކަށްވަޅަށް ދާނީ އަހަރެންގެ އެ ދަރިފުޅާއި މެދުގައި ހިތާމަކުރުމުގަ.⁠“ މިފަދައިން ވިދާޅުވުމަށް ފަހު ކީރިތި ކުރައްވަމުން ގެންދެވިއެވެ.


އެ ހިނދު ޔަޢުޤޫބުގެފާނު އެބައިމީހުންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަ ހުރިހާ އެންމެން އަހަރެންގެ ޔޫސުފާއި ޝިމްޢޫން އަހަރެންނާއި ވަކިކުރުވައިފި! މިހާރު ތިޔަ އުޅެނީ ބަންޔާމީން އާއި އަހަރެންނާއި ވަކިކުރުވަން! އެންމެހާ ކަންތައްތައް ތިޔަ ކުދިން ކުރަމުން ތިޔަ ގެންދަނީ އަހަރެންނާއި ދެކޮޅަށް.⁠“


ނަމަވެސް ޔަޢުޤޫބުގެފާނު ރައްދުގައި ވިދާޅުވިއެވެ. ”⁠އަހަރެން ތިޔަ ކުދިންނާއި އެކުގައި ބަންޔާމީނު ދިއުމަށް ހުއްދައެއް ނުކުރާނަމު. އޭނާގެ ބޭބެ ޔޫސުފު ނިޔާވެއްޖެ. ރާޙީލްގެ ފަރާތުން އަހަރެންނަށް ލިބުނު ދަރިންގެ ތެރެއިން ހުރީ އޭނާ އެކަނި. މިޞްރަށް ދާ މަގުމަތީގައި ދިމާވެދާނޭ ނުރައްކާތެރި ޙާދިސާއަކާ މެދުގައި އަހަރެން ބިރުވެތިވަމު. އެހެންވެއްޖެނަމަ އަހަރެން މުސްކުޅިވި ދުވަހުގައި ނިމިގެންދާނީ ހިތާމައިން ފުރިފައިވާ ޙާލުގައި.⁠“


ނަމަވެސް ޔަޢުޤޫބުގެފާނު ޔޫސުފުގެފާނުގެ ކޮއްކޮ ބަންޔާމީން އެމީހުންނާއި އެކުގައި ނުފޮނުއްވިއެވެ. އެއީ ޔަޢުޤޫބުގެފާނުގެ ހިތްޕުޅުގައި އޭނާއަށް ނިކަމެތިކަމެއް ނޫނީ ދެރައެއް ލިބިދާނެ ކަމުގެ ބިރުވެތިކަން އުފެދިފައި ވުމުންނެވެ.


ކަލޭމެން އެ ރަށުގެ އަމީރާއި ބައްދަލުކުރާ ހިނދު އޭނާ ކަލޭމެންނަށް ރަޙުމް ކުރައްވައި ޝިމްޢޫން ދޫކޮށްލައި އަދި ބަންޔާމީން ކަލޭމެންނާއި އެކުގައި އެނބުރި ފޮނުވުމަށް އެދި ކުޅަދުންވަންތަ ކަލާނގެ ކިބަފުޅަށް އަހަރެން ދުޢާ ދަންނަވާނަމު. ނަމަވެސް އަހަރެންގެ ދަރިން އަހަރެންނަށް ގެއްލުނަސް އަހަރެންނަށް ލިބޭ ހިތާމަތަކަށް އަހަރެން ކެތްތެރިވާނަމު.⁠“


އަޅުގަނޑުމެންނާއި އެކުގައި ކޮއްކޮ ނެތްކަން އެނގިއްޖެނަމަ ބަފައިކަލުން މަރު ވެދާނެ. އަދި އެއީ އަޅުގަނޑުމެންނަށް ހެދޭނެ ވަރަށް ބޮޑު ގޯހެއް ވެސްމެ. އޭރުން އަޅުގަނޑުމެންގެ ބަފައިކަލުންނަށް އެފަދަ ހިތާމައެއް ކުރިމަތި ކުރުވައި އަވަހާރަކޮށްލީ އަޅުގަނޑުމެން ކަމުގައިވާނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ