Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 44:28 - ކިތާބުލް މުޤައްދަސާ

28 އޭގެތެރެއިން އެއް ކުއްޖަކު ވަނީ ގެއްލިފައޭ. އޭނާ ނެތި ދިޔައީ ވަލުޖަނަވާރެއްގެ ޝިކާރައިގައި ޖެހިގެންނޭ. އަދި އޭގެ ފަހުން އަހަރެން އޭނާއެއް ނުދެކެމޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 44:28
5 ပူးပေါင်းရင်းမြစ်များ  

ނަމަވެސް ޔޫސުފުގެފާނުގެ އަޚުން ގިތެލެއް ކަތިލައި އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި އަތްދިގު ރިދާކޮޅު އެ ޖަނަވާރުގެ ލެއިން ކަޅިކުރިއެވެ.


ޔަޢުޤޫބުގެފާނަށް އެ ރިދާކޮޅު ފެނިވަޑައިގެންނެވި ހިނދު ޙައިރާންވެ ވަޑައިގެން ހުންނަވާ މިފަދައިން ވިދާޅުވިއެވެ. ”⁠މިއީ އަހަރެންގެ ދަރިކަލުންގެ ރިދާ! ކޮންމެވެސް ވަލުޖަނަވާރަކު އަހަރެންގެ ދަރިފުޅު ޔޫސުފަށް ޙަމަލާދީ މަރައި ކުދިކުދި ކޮށްގެން ކައިފި.⁠“


އެ ހިނދު ޔަޢުޤޫބުގެފާނު އެބައިމީހުންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަ ހުރިހާ އެންމެން އަހަރެންގެ ޔޫސުފާއި ޝިމްޢޫން އަހަރެންނާއި ވަކިކުރުވައިފި! މިހާރު ތިޔަ އުޅެނީ ބަންޔާމީން އާއި އަހަރެންނާއި ވަކިކުރުވަން! އެންމެހާ ކަންތައްތައް ތިޔަ ކުދިން ކުރަމުން ތިޔަ ގެންދަނީ އަހަރެންނާއި ދެކޮޅަށް.⁠“


ނަމަވެސް ޔަޢުޤޫބުގެފާނު ރައްދުގައި ވިދާޅުވިއެވެ. ”⁠އަހަރެން ތިޔަ ކުދިންނާއި އެކުގައި ބަންޔާމީނު ދިއުމަށް ހުއްދައެއް ނުކުރާނަމު. އޭނާގެ ބޭބެ ޔޫސުފު ނިޔާވެއްޖެ. ރާޙީލްގެ ފަރާތުން އަހަރެންނަށް ލިބުނު ދަރިންގެ ތެރެއިން ހުރީ އޭނާ އެކަނި. މިޞްރަށް ދާ މަގުމަތީގައި ދިމާވެދާނޭ ނުރައްކާތެރި ޙާދިސާއަކާ މެދުގައި އަހަރެން ބިރުވެތިވަމު. އެހެންވެއްޖެނަމަ އަހަރެން މުސްކުޅިވި ދުވަހުގައި ނިމިގެންދާނީ ހިތާމައިން ފުރިފައިވާ ޙާލުގައި.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ