Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 44:27 - ކިތާބުލް މުޤައްދަސާ

27 އެއަށް ފަހު، އަޅުގަނޑުމެންގެ ބަފައިކަލުން މިފަދައިން ވިދާޅުވި. ’⁠އަހަރެންގެ އަނބި ރާޙީލްގެ ފަރާތުން އަހަރެންނަށް ލިބިފައި ވަނީ އެންމެ ދެދަރިންނޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 44:27
8 ပူးပေါင်းရင်းမြစ်များ  

މި ގޮތަށް ޔަޢުޤޫބުގެފާނު ރުހިވަޑައިގެންނެވިއެވެ. އަދި ލައިއަތު އާއި ކައިވެނި ކުރެވުނު މުނާސަބު ހަފްތާ ފާހަގަކޮށް ނިމުމުން ލަބާންގެ ދެވަނަ އަންހެން ދަރިފުޅު ރާޙީލްގެ ކައިވެނި ޔަޢުޤޫބުގެފާނާއި ކުރެވުނެވެ.


ނަމަވެސް ޔަޢުޤޫބުގެފާނު ރައްދުގައި ވިދާޅުވިއެވެ. ”⁠އަހަރެން ތިޔަ ކުދިންނާއި އެކުގައި ބަންޔާމީނު ދިއުމަށް ހުއްދައެއް ނުކުރާނަމު. އޭނާގެ ބޭބެ ޔޫސުފު ނިޔާވެއްޖެ. ރާޙީލްގެ ފަރާތުން އަހަރެންނަށް ލިބުނު ދަރިންގެ ތެރެއިން ހުރީ އޭނާ އެކަނި. މިޞްރަށް ދާ މަގުމަތީގައި ދިމާވެދާނޭ ނުރައްކާތެރި ޙާދިސާއަކާ މެދުގައި އަހަރެން ބިރުވެތިވަމު. އެހެންވެއްޖެނަމަ އަހަރެން މުސްކުޅިވި ދުވަހުގައި ނިމިގެންދާނީ ހިތާމައިން ފުރިފައިވާ ޙާލުގައި.⁠“


އެ ހިނދު އަޅުގަނޑުމެންގެ އެންމެ ހަގު ކޮއްކޮ ނުލާ އަޅުގަނޑުމެން ނުދާނޭ ކަމުގައި އާއި އަދި އަޅުގަނޑުމެންގެ ކޮއްކޮއާ ނުލާ އަޅުގަނޑުމެން ދިޔަކަމުގައި ވިޔަސް އަޅުގަނޑުމެންނަށް އަމީރުގެ ފައިންޕުޅު ނުފެންނާނޭ ކަމުގައި މަނިކުފާނު އަޅުގަނޑުމެންނަށް އަންގަވާފައިވާ ކަމުގައި އަޅުގަނޑުމެންގެ ބަފައިކަލުންނަށް ދެންނެވީމު.


ޔަޢުޤޫބުގެފާނާއި ރާޙީލްއަށް ލިބިވަޑައިގެންފައި ވަނީ ޔޫސުފުގެފާނާއި ބަންޔާމީންއެވެ.


މަތީގައި ބަޔާން ކުރެވިފައި އެވަނީ ޔަޢުޤޫބުގެފާނާއި އެކަލޭގެފާނު އަނބިކަނބަލުން ރާޙީލްއަށް ލިބިވަޑައިގެންނެވި ދަރިން ކަމުގައިވާ ޔޫސުފުގެފާނާއި ބަންޔާމީނަށް ލިބިފައިވީ ކުދިންނެވެ. މި އާއިލާގައި ސާދަ މީހުން ހިމެނިގެންވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ