23 ނަމަވެސް އޭނާ ނުލައި އަޅުގަނޑުމެން މި ރަށަށް އައި ކަމުގައި ވިޔަސް މަނިކުފާނާއި ބައްދަލުނުވާނޭ ކަމުގައި މަނިކުފާނު ވިދާޅުވީމު.
ނަމަވެސް ޔަހޫޛާ ޔަޢުޤޫބުގެފާނަށް ދެންނެވިއެވެ. ”އަހަރެމެން އެރަށަށް ދާނަމަ އަހަރެމެންގެ ކޮއްކޮ ގޮވައިގެން ނޫންގޮތަކަށް އެރަށަށް ގޮސްގެން ނުވާނެ ކަމުގައި ބުނެ އެ ރަށުގެ އަމީރު ވަނީ ވަރަށް ހަރުކަށި އިންޒާރެއް ދެއްވާފަ. އޭނާ ނުލައި އަހަރެމެން ދިޔަ ކަމުގައި ވިއަސް އެ ބޭފުޅާ އާއި ބައްދަލެއް ނުވާނެ.
ނަމަވެސް ބަންޔާމީން އަހަރެމެންނާއި އެކުގައި ދިއުމަށް ބަފައިކަލުން ރުހިނުލައްވާނަމަ އެ ރަށަށް ދިއުމުގެ ބޭނުމެއް ނެތް. އެއީ އަހަރެމެން އޭނާ ނުލައި ދިޔަ ކަމުގައި ވިޔަސް، އެ ރަށުގެ އަމީރާއި ބައްދަލު ނުވާނޭ ކަމުގެ އިންޒާރު އެ ބޭފުޅާ އަހަރެމެންނަށް ދެއްވާފައި ވާތީ.“
ނަމަވެސް ބައްޕަ ދޫކޮށްފައި އޭނާ އަތުވެއްޖެނަމަ ބައްޕަ އަވަހާރަވުމާއި އެއްފަދަވާނެ ކަމުގައި އަޅުގަނޑުމެން މަނިކުފާނަށް ދެންނެވީމު.
ވީމާ، އަޅުގަނޑުމެން އެނބުރި ރަށަށް ގޮސް މަނިކުފާނު ވިދާޅުވި ފަދައިން ހުރިހާ ވާހަކަތަކެއް އަޅުގަނޑުމެންގެ ބަފައިކަލުންނަށް ދެންނެވީމު.