Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 44:20 - ކިތާބުލް މުޤައްދަސާ

20 އަދި އަޅުގަނޑުމެން ޖަވާބުގައި އަޅުގަނޑުމެންގެ މުސްކުޅި ބަފަޔަކު ހުންނަ ކަމުގައްޔާއި އަދި އަޅުގަނޑުމެންގެ ބައްޕަ އުމުރުފުޅުން ޢަޖޫޒުވެފައިވީ ހިނދު ލިބިވަޑައިގެންނެވި އަޅުގަނޑުމެންގެ އެންމެ ހަގު ކޮއްކޮ ހުންނެވި ކަމުގައި އަޅުގަނޑުމެން ދެންނެވީމު. އަދި އޭނާ އާއި އެއްބަޑު އަނެއް ކޮއްކޮ ވަނީ ނިޔާވެފައި ކަމުގައި ވެސް ދެންނެވީމު. ވީމާ، އެ ކޮއްކޮ އާއި އެއްބަނޑު އޭނާ ނޫން ދެވަނަ ކުއްޖަކު ނުވާކަމުގައި ވެސް ދެންނެވީމު. އަދި އަޅުގަނޑުމެންގެ ބައްޕަ އެ ކޮއްކޮ ދެކެ ނުހަނު ލޯބިފުޅުވާ ކަމުގައި ވެސް ދެންނެވީމު.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 44:20
12 ပူးပေါင်းရင်းမြစ်များ  

ރާޙީލް ވަނީ މަރުގެ ތުންފަތްމަތީގައެވެ. އެހެންވެ އެކަނބުލޭގެ އެ ދަރިފުޅަށް ބަންއޫނީގެ ނަމުން ނަންދިނެވެ. އެއަށް ފަހު އެކަނބުލޭގެ ނިޔާވިއެވެ. ނަމަވެސް ޔަޢުޤޫބުގެފާނު އެދަރިފުޅަށް ބަންޔާމީންގެ ނަމުން ނަން ދެއްވިއެވެ.


އަދި އެބައިމީހުންގެ އެކަކު އަނެކަކަށް ބުނަމުން ދިޔައެވެ. ”⁠ހުވަފެނުގެ ސާހިބާ އެހަރަ ވަޑައިގަންނަވަނީ!


އިސްރާއީލު (ޔަޢުޤޫބުގެފާނު) މުސްކުޅި ޙާލަތުގައި ވެފައިވީ ހިނދު ރާޙީލްގެ ފަރާތުން ޔޫސުފުގެފާނު އެކަލޭގެފާނަށް ލިބިވަޑައިގެންނެވިއެވެ. މިހެންވުމުގެ ސަބަބުން ޔަޢުޤޫބުގެފާނުގެ އެހެނިހެން ދަރިންނަށް ވުރެން ވެސް ބޮޑަށް ޔޫސުފުގެފާނުދެކެ އެކަލޭގެފާނު ލޯބިފުޅުވެއެވެ. އެއްދުވަހަކު ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފުގެފާނަށް ޚާއްސަ ހަދިޔާއެއްގެ ގޮތުން އަގުބޮޑު އަތްދިގު ރިދާކޮޅެއް ދެއްވިއެވެ.


އެބައިމީހުން ވިސްނައިދިނުމުގެ ގޮތުން މިފަދައިން ބުންޏެވެ. ”⁠ސާހިބާ. އަޅުގަނޑުމެންނީ އެއްބަފާ ބާރަ ކުދިންގެ ތެރެއިން ހިމެނިގެންވީ ދިހަ ކުދިން. އަޅުގަނޑުމެންގެ ބަފައިކަލުންނާއި އެކުގައި އަޅުގަނޑުމެން ދިރިއުޅެމުން ގެންދަނީ ކަންޢާނުގައި. އަޅުގަނޑުމެންގެ އެންމެ ހަގު ކޮއްކޮ ވަނީ ބަފައިކަލުންނާއި އެކުގައި ކަންޢާނުގައި. އަދި އަޅުގަނޑުމެންގެ ދެންހުރި ކޮއްކޮ މިހާރަކު ދުނިޔެއަކު ނެތް.⁠“


އެ ހިނދު ޔަޢުޤޫބުގެފާނު އެބައިމީހުންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަ ހުރިހާ އެންމެން އަހަރެންގެ ޔޫސުފާއި ޝިމްޢޫން އަހަރެންނާއި ވަކިކުރުވައިފި! މިހާރު ތިޔަ އުޅެނީ ބަންޔާމީން އާއި އަހަރެންނާއި ވަކިކުރުވަން! އެންމެހާ ކަންތައްތައް ތިޔަ ކުދިން ކުރަމުން ތިޔަ ގެންދަނީ އަހަރެންނާއި ދެކޮޅަށް.⁠“


ނަމަވެސް ޔަޢުޤޫބުގެފާނު ރައްދުގައި ވިދާޅުވިއެވެ. ”⁠އަހަރެން ތިޔަ ކުދިންނާއި އެކުގައި ބަންޔާމީނު ދިއުމަށް ހުއްދައެއް ނުކުރާނަމު. އޭނާގެ ބޭބެ ޔޫސުފު ނިޔާވެއްޖެ. ރާޙީލްގެ ފަރާތުން އަހަރެންނަށް ލިބުނު ދަރިންގެ ތެރެއިން ހުރީ އޭނާ އެކަނި. މިޞްރަށް ދާ މަގުމަތީގައި ދިމާވެދާނޭ ނުރައްކާތެރި ޙާދިސާއަކާ މެދުގައި އަހަރެން ބިރުވެތިވަމު. އެހެންވެއްޖެނަމަ އަހަރެން މުސްކުޅިވި ދުވަހުގައި ނިމިގެންދާނީ ހިތާމައިން ފުރިފައިވާ ޙާލުގައި.⁠“


ބަންޔާމީންގެ ދަރިންނަކީ ބާލަޢު، ބާކަރު، އަޝްބީލް، ޖީރާ، ނަޢުމާނު، އީޙީ، ރޫޝް، މުއްފީމު، ޙުއްފީމް، އަދި އަރުދު އެވެ.


”⁠ޔަހޫޛާ. ތިބާގެ އަޚުން ތިބާއަށް ތާރީފު ކުރާނެ. ތިބާގެ ދުޝްމަނުންގެ މައްޗަށް ތިބާ ފަތަޙަ ހޯދާނެ. އަދި ތިބާގެ އަޚުން ތިބާގެ ކުރިމަތީގައި ކުރުނީސް ކުރާނެ.⁠“


އެކަލޭގެފާނު އެރަށުގެ ދޮރާށި ކައިރިއަށް ވަޑައިގަތް ހިނދު އެތަނުން ބޭރަށް ނުކުންނަ ބަޔަކު މީހުންނާ ދިމާވިއެވެ. އެބައިމީހުންނީ މަރުވެފައިވާ މީހަކު ވަޅުލުމަށްޓަކައި ދިޔަ ބައެކެވެ. މަރުވެފައިވާ މީހާއަކީ ފިރިމަރުވެފައިވާ އަންހެނެއްގެ ހުރި އެންމެ ފިރިހެން ދަރިފުޅެކެވެ. އެރަށުގެ އެތައް ބަޔަކު މިއަންހެން މީހާ އާއި އެކުގައި ތިއްބެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ