Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 44:2 - ކިތާބުލް މުޤައްދަސާ

2 އަދި އެބައިމީހުންގެ އެންމެ ހަގު ކޮއްކޮގެ ގޯނީގެ ތެރެއަށް އޭނާގެ ފައިސާއާއި އެކުގައި އަހަރެންގެ އަމިއްލަ ރިހި ތަށި ވެސްލާ.⁠“ ގަނޑުވަރުގެ ކަންތައްތަކާއި ހަވާލުވެ ހުރި ޚާދިމު ޔޫސުފުގެފާނު ވިދާޅުވި ފަދައިން ކަންތައް ކުރިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 44:2
12 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު ކަލޭމެންގެ އެންމެ ހަގު ކޮއްކޮ އަހަރެންގެ ކުރިމައްޗަށް މިތަނަށް ގެނެސްދީ. އޭރުން ކަލޭމެންގެ ބުނުންތަކުގެ ދޮގުތެދު އަހަރެންނަށް އެނގި ކަލޭމެން މަރުން ސަލާމަތް ކޮށްދޭނަން.⁠“ ޔޫސުފުގެފާނުގެ އަޚުން އެކަލޭގެފާނުގެ މި ހުށަހެޅުމަށް އެއްބަސްވެ


ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންގެ ގޯނިތައް ގޮވާމުން ފުރައިދީ އަދި އެބައިމީހުން ދޭ ފައިސާތައް ސިއްރުން ގޯނިތަކަށް ލުމަށް އެކަލޭގެފާނުގެ ނޯކަރުންނަށް އަމުރުކުރެއްވިއެވެ. އަދި އެބައިމީހުންގެ ދަތުރަށް ބޭނުންވާނޭ ކެއުން ދިނުމަށް ވެސް އެކަލޭގެފާނު އެންގެވިއެވެ. ޔޫސުފުގެފާނު އަމުރުކުރެއްވި ފަދައިން ހުރިހާ ކަމެއް ޚާދިމުން ކޮށްނިންމިއެވެ.


ދެން، ޔޫސުފުގެފާނަށް ވަކި މޭޒުކޮޅެއްގައި އަދި އެބައިމީހުންނަށް ވަކި މޭޒެއްގައި ކެއުން ތައްޔާރު ކުރިއެވެ. އަދި އެތަނުގައި ވީ މިޞްރުގެ އެހެނިހެން މީސްތަކުންނަށް ވަކި މޭޒެއް ތައްޔާރު ކުރެވުނެވެ. މިކަމުގެ ސަބަބަކީ މިޞްރު މީހުން ޢިބްރާނީންނާ މެދުގައި ހިތްހަމަނުޖެހޭތީ އެބައިމީހުންނާ އެކުގައި މިޞްރު މީހުން ކައިހަދަން ނުރުހޭތީ ވެސްމެއެވެ.


ޔޫސުފުގެފާނު އެކަލޭގެފާނުގެ ގަނޑުވަރުގެ އިސްވެރިއަކަށް ހުރި ޚާދިމަށް މިފަދައިން އަމުރުކުރެއްވިއެވެ. ”⁠އެބައިމީހުންނަށް އުފުއްލެވޭނެ ވަރަކަށް އެބައިމީހުންގެ ގޯނިތަކަށް ގޮވާން އަޅައި ފުރާލާ. އަދި އެއިން ކޮންމެ މީހަކު ގެނައި ފައިސާ އެމީހެއްގެ ގޯނީގެ ތެރެއަށްލާ.


ޚާދިމްކަލޭގެ ގޯނިތައް ބަލަމުން ގެންދިޔައީ އެންމެ ދޮށީ ކުއްޖާއިން ފެށިގެން އެންމެ ހަގު ކުއްޖާއަށެވެ. އެންމެފަހުން އެ ތަށި ބަންޔާމީންގެ ގޯނީގެތެރެއިން ފެނިއްޖެއެވެ.


ފަތިހުގެ ވަގުތުގައި އެބައިމީހުންގެ ހިމާރުތަކުގެ މަތީގައި ދަތުރަށް ފެށިއެވެ.


”⁠އަޑުއަހާ! އަހަރެން ތިޔަބައިމީހުން މި ފޮނުވަނީ ވަލު ކުއްތާތަކެއްގެ ތެރެއަށް ކަންބަޅިތަކެއް ފޮނުވާ ފަދައިން. ވީމާ ހަރުފައެއް ފަދައިން ހުޝިޔާރު ވެ، އަދި ކުދި ކޮތަރެއް ފަދަ ނިޔަނެތި ބައެއްގެ ގޮތުގައިވޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ