Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 44:18 - ކިތާބުލް މުޤައްދަސާ

18 އެއަށް ފަހު، ޔަހޫޛާ ޔޫސުފުގެފާނުގެ އަރިހަށް ގޮސް މިފަދައިން ދެންނެވިއެވެ. ”⁠ސާހިބާ އަޅުގަނޑު ސާފުސީދާކޮށް މިފަދައިން ދެންނެވުމުގެ ހުއްދަ ދެއްވާ. އަދި އަޅުގަނޑާއިމެދު ކޯފާވެވަޑައި ނުގަންނަވާ. މިޞްރުގެ ރަސްގެފާނާއި އެއްފަދައިން މަނިކުފާނަށް ވެސް ބާރުފުޅު ލިބިވަޑައިގެންވާކަން އަޅުގަނޑު ދަންނަމު.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 44:18
19 ပူးပေါင်းရင်းမြစ်များ  

ދެން އަނެއްކާވެސް އިބްރާހީމްގެފާނު ދެންނެވިއެވެ. ”⁠ސާހިބުވަންތަ ރަސްކަލާކޮ. މިއަޅާދެކެ ކޯފާވެ ވަޑައިނުގައްނާވާތި. މިއަޅާ އަދި ސުވާލެއް ދަންނަވަންތޯ؟ އެރަށުގައި ހަމައެކަނި ރަނގަޅު ތިރީސް މީހުން ތިބެއްޖެ ނަމަ އެރަށް ނެތިކޮށް ލައްވާނަންތޯ؟⁠“ މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އެރަށުގައި ހަމައެކަނި ރަނގަޅު ތިރީސް މީހުން ތިއްބަސް ތިމަންކަލާނގެ އެރަށް ނެތިކޮށެއް ނުލައްވާނަން.⁠“


އަނެއްކާ އިބްރާހީމްގެފާނު ވިދާޅުވިއެވެ. ”⁠ސާހިބުވަންތަ ރަސްކަލާކޮ. މިއަޅާގެ މައްޗަށް ކޯފާވެ ވަޑައިނުގައްނަވާ. އަދި އެއްސުވާލު ކުރިޔަ ދެއްވާ. މީ މިއަޅާގެފަހު ސުވާލު. އެރަށުގައި ހަމައެކަނި ރަނގަޅު އެންމެ ދިހަ މީހުން ތިބެއްޖެއްޔާޔޯ؟⁠“ މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އެރަށުގައި ރަނގަޅު އެންމެ ދިހަ މީހުން ތިއްބަސް ތިމަންކަލާނގެ އެރަށް ނެތިކޮށެއް ނުލައްވާނަން.⁠“


އެ ހުވަފެންފުޅު ޔޫސުފުގެފާނުގެ އަޚުންނަށް އެކަލޭގެފާނު މިފަދައިން ވިދާޅުވެދެއްވިއެވެ. ”⁠އަހަރެންނަށް ފެނުނު ހުވަފެން ތިބާމެންނަށް ކިޔައިދިނުމަށް އަހަރެން ބޭނުން.


އަހަރެމެން އެންމެން ދަނޑުގައި ތިބެ ގޮވާން ކެނޑުމަށް ފަހު ބޮނޑިބޮނޑިއަށް އެގޮވާން ބަންނަމުން ދިޔައިން. ކުއްލިއަކަށް އަހަރެން ބަނދެފައި އޮތް ގޮވާން ބޮނޑި ކޮޅަށް ޖެހުނު. އެ ހިނދު ތިބާމެން ބަނދެފައި ހުރި ބޮނޑިތައް އަހަރެންގެ ބޮނޑީގެ ވަށައިގެން އެއްވެ އެ ބޮނޑިއަށް ސަޖިދަކުރި.⁠“


އެކަލޭގެފާނުގެ އެންމެހާ އަޚުން މިފަދައިން އެކަލޭގެފާނަށް ރައްދު ދެއްވިއެވެ. ”⁠ކަލޭ ހީކުރަމުން ތިޔަގެންދަނީ ކަލޭތީ އަހަރެމެން ހުރިހާ އެންމެންގެ މައްޗަށް ވެރިކަން ހިންގާނޭ ރަސްގެފާނު ކަމަށްތަ!⁠“ އެހެންވީމާ، އެކަލޭގެފާނުގެ އަޚުން އިހުނަށް ވުރެން ވެސް ބޮޑަށް އެކަލޭގެފާނުދެކެ ނަފްރަތު ކުރިއެވެ. އެއީ ހަމައެކަނި އެ ހުވަފެންފުޅު އެކަލޭގެފާނު ވިދާޅުވެ ދެއްވުމަކުން ނުމެ ނޫންމެއެވެ. އެފަދަ ގޮތަކަށް އެކަލޭގެފާނަށް ވިދާޅުވެވުމާއި އެކުގައި ވެސް މެއެވެ.


އެހެންވީމާ، އަހަރެންގެ ގަނޑުވަރުގެ ކަންތައްތައް ހިންގައި ބެލެހެއްޓުމަށް އަހަރެން ތިބާ ޢައްޔަން ކުރަން. ހުރިހާ އެންމެން ތިބާއަށް ކިޔަމަންތެރިކަން އަދާކުރާނެ. އަދި އަހަރެން ފިޔަވައި ތިބާއަށް ވުރެން ވަކިން އިސްމީހަކު މި ތަނުގައި ނުހުންނާނެމެ.⁠“


ފިރުޢައުނު ރަސްގެފާނު ޔޫސުފުގެފާނަށް ދެންނެވިއެވެ. ”⁠އަހަރެންނަކީ މިޞްރުގެ ރަސްގެފާނު ނަމަވެސް ތިބާގެ ހުއްދައާ ނުލައި މިޞްރުގެ އެއްވެސް އަހުލުވެރިއަކަށް އެމީހެއްގެ އަތެއްފައެއް ގުޑުވާލުމުގެ ހުއްދަ ނޯނާނާނެ ކަމުގައި އަހަރެން ބުނަން.⁠“


ނަމަވެސް ޔޫސުފުގެފާނު މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެން ތިޔަ އެންމެންތަކުން އަހަރެންގެ އަޅުންނަށް ނުހަދާނަމު! ހަމައެކަނި އަހަރެންގެ އަޅެއްގެ ގޮތުގައި ވާނީ އެ ތަށި ވަގަށް ނެގި މީހާ. ދެން ތިބި އެންމެން މިނިވަންކަމާއެކު ތިޔަބައިމީހުންގެ ބަފައިކަލުންގެ ކައިރިއަށް ރަށަށްދޭ.⁠“


އަންހެން މީހާ ދެންނެވިއެވެ. ”⁠އާދޭހާ އެކު ދަންނަވަން. ނިކަމެތި އަޅުގަނޑު އަދި އެއް ވާހަކަ ދެއްނެވުމުގެ ހުއްދަ ދެއްވާ!⁠“ ރަސްގެފާނު ވިދާޅުވިއެވެ. ”⁠ބުނޭ!⁠“


”⁠ސާހިބާ، އަޅުގަނޑު ދެކެ ކޯފާ ނުވޭ.⁠“ ހާރޫނުގެފާނު ދެންނެވިއެވެ. ”⁠މި ވިޔާނުދާ މީހުންގެ ކަންތައް ހުންނަ ގޮތް ކަލޭގެފާނަށް ވެސް އެނގި ވަޑައިގަންނަވާނެ.


ރަސްގެފާނުގެ ކޯފާއެކޭ ސިންގާގެ ހޭރުމެކޭ އެއްފަދައެވެ. ރަސްގެފާނުގެ ރުހުން ގަސްތަކަށް ފައިބާ ޝަބްނަމްގެ ތިކިތަކެއް ފަދައެވެ.


އަދި ބައްޕާފުޅު އެއްވެސް މީހަކާ ދޭތެރޭ ހިސާބެއް ނުބައްލަވާނެ. އެހެނީ މީސްތަކުންނާ ދޭތެރޭ ހިސާބު ބެއްލެވުން ބައްޕާފުޅު ވަނީ ދަރިކަލުންނާއި ހަވާލުކުރައްވާފަ.


ޕަތަރަސް އެތަނުގައިވާ އެންމެންނާއި މުޚާޠަބު ކޮށް ބުނަމުން ގެންދިޔައެވެ. ”⁠އަޚުންނޭ، އަހަރެމެންގެ މަތިވެރި ކާބަފައިކަލުން ދާއޫދުގެފާނު މި ބަސްފުޅުތައް ވިދާޅުވީ އެކަލޭގެފާނުގެ އަމިއްލަ ނަފްސުފުޅަށް މުޚާޠަބު ކުރައްވާފައެއް ނޫން. އެއީ އެކަލޭގެފާނު އަވަހާރަވެ ފަސްދާނު ލެވިފައި އެވަނީ އަހަރެމެންގެ ތެރޭގަ. މިހާރު ވެސް އެކަލޭގެފާނުގެ މަހާނަފުޅު އަހަރެމެންގެ ތެރޭގައި އެބަވޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ