Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 44:17 - ކިތާބުލް މުޤައްދަސާ

17 ނަމަވެސް ޔޫސުފުގެފާނު މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެން ތިޔަ އެންމެންތަކުން އަހަރެންގެ އަޅުންނަށް ނުހަދާނަމު! ހަމައެކަނި އަހަރެންގެ އަޅެއްގެ ގޮތުގައި ވާނީ އެ ތަށި ވަގަށް ނެގި މީހާ. ދެން ތިބި އެންމެން މިނިވަންކަމާއެކު ތިޔަބައިމީހުންގެ ބަފައިކަލުންގެ ކައިރިއަށް ރަށަށްދޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 44:17
10 ပူးပေါင်းရင်းမြစ်များ  

ހަމަ ޔަޤީނުން ވެސް އެރަށުގައިވާ ނުބައިމީހުންނާއެކު އެރަނގަޅު މީހުން ނައްތައެއް ނުލައްވާނެ. އެއީ އިނބަރަސްކަލާނގެއީ މުޅިދުނިޔޭގެ މައްޗަށް ހިސާބުބައްލަވައި ހަމަހަމަ ގޮތުގެ މަތިން ކަންތައްކުރައްވާ ކަލާނގެ.⁠“


އެއީ އަހަރެމެން އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރި ނުވުމަށް. ހަނދާންކުރައްވާ، އަހަރެމެން ކަލޭގެފާނަށް އަނިޔާވެރިއެއް ނުވަމު. އަދި ކަލޭގެފާނު އަހަރެމެންގެ ޤައުމުން ވަޑައިގަތުމަށް އަހަރެމެން އެދުނީ ސުލްޙަވެރިކަމާއެކު. ހަމަކަށަވަރުން މާތްރަސްކަލާނގެ ކަލޭގެފާނަށް ރަޙުމަތްލައްވައިފި.⁠“


ތިންވަނައަށް ވީ ދުވަހު ޔޫސުފުގެފާނު އެބައިމީހުންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެން މާތްކަލާނގެ ކިބަފުޅަށް ބިރުވެތިވަމު. އަހަރެން މިބުނާ ޝަރުތާ އެއްގޮތަށް ކަލޭމެން އަމަލުކޮށްފިނަމަ ކަލޭމެންނަށް ދިރިހުރުން ލިބިދޭނެ.


ޚާދިމްކަލޭގެ މިފަދައިން ބުންޏެވެ. ”⁠ތިޔަބައިމީހުން ބުނިފަދައިން އަހަރެން އަމަލުކުރާނަން. ނަމަވެސް އަޅެއްގެ ގޮތުގައި ވާނީ އެ ތަށި ނެގި މީހެއް. އެހެނިހެން އެންމެން މިނިވަން ކަމާއިއެކު ދިއުމަށް ދޫކޮށްލެވޭނެ.⁠“


ޔަހޫޛާ ޔޫސުފުގެފާނަށް މިފަދައިން ދެންނެވިއެވެ. ”⁠ސާހިބާ އަޅުގަނޑުމެން ދަންނަވާނީ ކީކޭތޯ؟ އަދި އަޅުގަނޑުމެން ކުށެއް ނުކުރާކަން ދައްކުވައިދޭނީ ވެސް ކިހިނަކުން؟ އަޅުގަނޑުމެންގެ ފާފައިގެ ސަބަބުން މާތްކަލާނގެ އަޅުގަނޑުމެންނަށް ޝަޒާ ދެއްވައިފި. ވީމާ، ސާހިބާގެ އަޅެއްގެ ގޮތުގައި ވާނީ ހަމައެކަނި ބަންޔާމީން އެކަންޏެއް ނޫން. އަޅުގަނޑުމެން އެންމެންނަކީ ވެސް މަނިކުފާނުގެ އަޅުން.⁠“


އެއަށް ފަހު، ޔަހޫޛާ ޔޫސުފުގެފާނުގެ އަރިހަށް ގޮސް މިފަދައިން ދެންނެވިއެވެ. ”⁠ސާހިބާ އަޅުގަނޑު ސާފުސީދާކޮށް މިފަދައިން ދެންނެވުމުގެ ހުއްދަ ދެއްވާ. އަދި އަޅުގަނޑާއިމެދު ކޯފާވެވަޑައި ނުގަންނަވާ. މިޞްރުގެ ރަސްގެފާނާއި އެއްފަދައިން މަނިކުފާނަށް ވެސް ބާރުފުޅު ލިބިވަޑައިގެންވާކަން އަޅުގަނޑު ދަންނަމު.


އިސްރާއީލުގެ ކަލާނގެ ވަޙީ ކުރެއްވިއެވެ. ’⁠އިސްރާއީލުންގެ ހިލަ⁠‘ އަހަންނަށް އެންގެވިއެވެ. ’⁠އަދުލުވެރި ރަސްކަލެއްނަމަ އެރަސްގެފާނު އަމުރު ހިންގަވާނީ މާތްކަލާނގެ ކިބަފުޅަށް ބިރުވެތިވެ ހުރެގެންނެވެ.


ކުށްވެރިޔާ ކުށުން ބަރީއަ ކުރުމާއި ކުށެއް ނެތްމީހާ ކުށްވެރި ކުރުމަކީ މާތްރަސްކަލާނގެ ރުހިވޮޑި ނުގަންނަވާ ކަންތަކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ