ފެށުން 44:16 - ކިތާބުލް މުޤައްދަސާ16 ޔަހޫޛާ ޔޫސުފުގެފާނަށް މިފަދައިން ދެންނެވިއެވެ. ”ސާހިބާ އަޅުގަނޑުމެން ދަންނަވާނީ ކީކޭތޯ؟ އަދި އަޅުގަނޑުމެން ކުށެއް ނުކުރާކަން ދައްކުވައިދޭނީ ވެސް ކިހިނަކުން؟ އަޅުގަނޑުމެންގެ ފާފައިގެ ސަބަބުން މާތްކަލާނގެ އަޅުގަނޑުމެންނަށް ޝަޒާ ދެއްވައިފި. ވީމާ، ސާހިބާގެ އަޅެއްގެ ގޮތުގައި ވާނީ ހަމައެކަނި ބަންޔާމީން އެކަންޏެއް ނޫން. އަޅުގަނޑުމެން އެންމެންނަކީ ވެސް މަނިކުފާނުގެ އަޅުން.“ အခန်းကိုကြည့်ပါ။ |
މިހުވަފެންފުޅަށް ފަހު އެހެން ހުވަފެންފުޅެއް ވެސް އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އަދި މި ހުވަފެންފުޅު ވެސް އެކަލޭގެފާނުގެ އަޚުންނަށް ވިދާޅުވެދެއްވުމުގެ ގޮތުން މިފަދައިން ދެންނެވިއެވެ. ”އަހަރެންނަށް ފެނުނު އެހެން ހުވަފެނެއްގައި އަހަރެންނަށް ޢިއްޒަތާއި ޤަދަރުކޮށް އިރާއި، ހަނދުގެ އިތުރުން އެގާރަ ތަރި އަހަރެންގެ ކުރިމަތީގައި ކުރުނީސްކުރަނިކޮށް އަހަރެންނަށް ފެނުނު.“
މި ޒުވާން ކޮއްކޮއަށް ރައްކާތެރިކަން ދޭނޭ ކަމުގައި ޚުދު އަޅުގަނޑު ބަފައިކަލުންނަށް ޔަޤީންކަން ދިނީމު. އަޅުގަނޑު ބަފައިކަލުންނަށް މިފަދައިން ދެންނެވީމު. ’އަޅުގަނޑުމެންގެ މި ކޮއްކޮ އާއި ވަކިން އަޅުގަނޑުމެން އެނބުރި ބަފައިކަލުންގެ އަރިހަށް އަތުވެއްޖެނަމަ، އަޅުގަނޑުގެ މުޅި އުމުރު ދުވަހު އެކަމުގެ ބަދުނާމު އަޅުގަނޑުގެ ބޮލުގައި އަޅުއްވާށޭ ދެންނެވީމު.‘