ފެށުން 44:15 - ކިތާބުލް މުޤައްދަސާ15 ޔޫސުފުގެފާނު އެބައިމީހުންނަށް މިފަދައިން ވިދާޅުވިއެވެ. ”ކަލޭމެން ތިޔަ ކުރީ ކޮންފަދަ ކަމެއް؟ އަހަރެން ކަހަލަ ފާލުބަލާ މީހަކަށް އެކަހަލަ ސިއްރެއް ދެނެގަނެވިދާނެކަން ކަލޭމެންނަކަށް ނޭނގޭތަ؟“ အခန်းကိုကြည့်ပါ။ |
ނަމަވެސް ޔޫސުފުގެފާނު އެ ދައުވަތަށް ކަނޑައެޅިގެން އިންކާރު ކުރައްވާ އެކަނބުލޭގެއަށް މިފަދައިން ވިދާޅުވިއެވެ. ”އަހަރެންގެ ސާހިބު އޭނާގެ ގޭގައިވާ އެންމެހާ ތަކެއްޗާއި އޭނާގެ މިލްކިއްޔާތުގައިވާ އެންމެހާ ތަކެތި އަހަރެންނާއި ޙަވާލުކޮށް އަދި އެތަކެއްޗަށް އަހަރެން ވެރިކުރުވީ އޭނާ އަހަރެންނަށް ކުރާ އިތުބާރުން.
ޔަހޫޛާ ޔޫސުފުގެފާނަށް މިފަދައިން ދެންނެވިއެވެ. ”ސާހިބާ އަޅުގަނޑުމެން ދަންނަވާނީ ކީކޭތޯ؟ އަދި އަޅުގަނޑުމެން ކުށެއް ނުކުރާކަން ދައްކުވައިދޭނީ ވެސް ކިހިނަކުން؟ އަޅުގަނޑުމެންގެ ފާފައިގެ ސަބަބުން މާތްކަލާނގެ އަޅުގަނޑުމެންނަށް ޝަޒާ ދެއްވައިފި. ވީމާ، ސާހިބާގެ އަޅެއްގެ ގޮތުގައި ވާނީ ހަމައެކަނި ބަންޔާމީން އެކަންޏެއް ނޫން. އަޅުގަނޑުމެން އެންމެންނަކީ ވެސް މަނިކުފާނުގެ އަޅުން.“