Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 44:1 - ކިތާބުލް މުޤައްދަސާ

1 ޔޫސުފުގެފާނު އެކަލޭގެފާނުގެ ގަނޑުވަރުގެ އިސްވެރިއަކަށް ހުރި ޚާދިމަށް މިފަދައިން އަމުރުކުރެއްވިއެވެ. ”⁠އެބައިމީހުންނަށް އުފުއްލެވޭނެ ވަރަކަށް އެބައިމީހުންގެ ގޯނިތަކަށް ގޮވާން އަޅައި ފުރާލާ. އަދި އެއިން ކޮންމެ މީހަކު ގެނައި ފައިސާ އެމީހެއްގެ ގޯނީގެ ތެރެއަށްލާ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 44:1
8 ပူးပေါင်းရင်းမြစ်များ  

އެއްދުވަހަކު އިބްރާހީމްގެފާނު އެކަލޭގެފާނުގެ ގޭގެ ކަންތައް ބަލަހައްޓާ އެންމެ ދުވަސްވީ ޚާދިމަށް ވިދާޅުވިއެވެ. ”⁠އަހަރެންގެ ދަރިފުޅު އިސްޙާޤުގެ ކައިވެންޏަށް މި ކަންޢާނުގެ އަންހެން ކުދިންގެ ތެރެއިން އަންހެން ކުއްޖަކު ޚިޔާރު ނުކުރުމަށް އަހަރެންގެ ފަލަމަސްގަނޑުގެ ދަށުގައި އަތްޖައްސައި އުޑުތަކާއި ބިންތަކުގެ ވެރި ރަސްކަލާނގެ، މާތްކަލާނގެ ގަންދީ ހުވާކުރޭ.


ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންގެ ގޯނިތައް ގޮވާމުން ފުރައިދީ އަދި އެބައިމީހުން ދޭ ފައިސާތައް ސިއްރުން ގޯނިތަކަށް ލުމަށް އެކަލޭގެފާނުގެ ނޯކަރުންނަށް އަމުރުކުރެއްވިއެވެ. އަދި އެބައިމީހުންގެ ދަތުރަށް ބޭނުންވާނޭ ކެއުން ދިނުމަށް ވެސް އެކަލޭގެފާނު އެންގެވިއެވެ. ޔޫސުފުގެފާނު އަމުރުކުރެއްވި ފަދައިން ހުރިހާ ކަމެއް ޚާދިމުން ކޮށްނިންމިއެވެ.


އޭގެ ފަހުން އެ ހުރިހާ އެންމެން އެމީހުންގެ ގޯނިތައް މޮހެ ގޮވާންތައް ހުސްކުރަމުން ދިޔަ ހިނދު އެއިން ކޮންމެ މީހެއްގެ ގޯނީގެ ތެރޭގައި އެމީހުން ގޮވާން ގަތުމަށް ދިން ފައިސާތައް ހުއްޓާ ފެނުނެވެ. މި ފައިސާ އެބައިމީހުންނަށާއި އެބައިމީހުންގެ ބަފައިކަލުން ޔަޢުޤޫބުގެފާނަށް ފެނިވަޑައިގެންނެވި ހިނދު ބިރުވެތިވެ ވަޑައިގަތެވެ.


އެބައިމީހުންނާއި އެކުގައި ބަންޔާމީން ހުރި ތަން ޔޫސުފުގެފާނަށް ފެނިވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ ގަނޑުވެރުގެ އެންމެ އިސް ޚާދިމަށް މިފަދައިން ވިދާޅުވިއެވެ. ”⁠އެބައިމީހުން އަހަރެންގެ ގަނޑުވަރަށް ގެންދޭ. ރަނގަޅު ޖަނަވާރެއް ކަތިލައި ޖާފަތެއް ތައްޔާރުކުރޭ. އަދި މިއަދުގެ މެންދުރުގެ ޖާފަތް އެބައިމީހުން ކުރާނީ އަހަރެންނާއި އެކުގައި.⁠“


އެމީހުން ޔޫސުފުގެފާނުގެ ގަނޑުވަރުގެ ދޮރާއްޓާއި އަރާ ހަމަވުމާއެކު އެގަނޑުވަރުގެ ކަންތައްތަކާއި ހަވާލުވެގެން ހުރި މީހާގެ ކައިރިއަށް ދިޔައެވެ.


އެބައިމީހުން މިޞްރުން ގަނެގެން ގެނައި ގޮވާން ހުސްވުމަކާއި ދާދި ކައިރި ވެފައި ވަނިކޮށް ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ދަރިންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠ކާނޭ ކުޑަ ގޮވާންކޮޅެއް ގަތުމަށް އަދި އެއްފަހަރު މިޞްރަށް ދޭ.⁠“


އަދި އެބައިމީހުންގެ އެންމެ ހަގު ކޮއްކޮގެ ގޯނީގެ ތެރެއަށް އޭނާގެ ފައިސާއާއި އެކުގައި އަހަރެންގެ އަމިއްލަ ރިހި ތަށި ވެސްލާ.⁠“ ގަނޑުވަރުގެ ކަންތައްތަކާއި ހަވާލުވެ ހުރި ޚާދިމު ޔޫސުފުގެފާނު ވިދާޅުވި ފަދައިން ކަންތައް ކުރިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ