Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 43:8 - ކިތާބުލް މުޤައްދަސާ

8 އެއަށް ފަހު ޔަހޫޛާ އޭނާގެ ބަފައިކަލުންނަށް މިފަދައިން ބުންޏެވެ. ”⁠އަހަރެންނާއި އެކުގައި ބަންޔާމީން ފޮނުއްވާ. އަހަރެމެން މިޞްރަށް ދިއުމަށް ތައްޔާރުވާނަމު. އެހެންނޫނީ އަހަރެމެން އެންމެން ހައިހޫނު ކަމުގައި މަރުވެދާނެ. އަހަރެމެން އެކަންޏެއް ނޫން. ބަފައިކަލުންނާއި އަހަރެމެންގެ ޅަ ދަރިން ވެސް މަރުވެދާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 43:8
14 ပူးပေါင်းရင်းမြစ်များ  

އަހަރެންނަށް މިޞްރުން ގޮވާން ލިބެން ހުރި ޚަބަރު ލިބިއްޖެ. މިޞްރަށް ގޮސް ގޮވާން ގަނެގެން އާދޭ. އޭރުން މި ހައިހޫނުކަމުން އަހަރެމެންނަށް ސަލާމަތްވެވޭނެ.⁠“


ނަމަވެސް ޔަޢުޤޫބުގެފާނު ރައްދުގައި ވިދާޅުވިއެވެ. ”⁠އަހަރެން ތިޔަ ކުދިންނާއި އެކުގައި ބަންޔާމީނު ދިއުމަށް ހުއްދައެއް ނުކުރާނަމު. އޭނާގެ ބޭބެ ޔޫސުފު ނިޔާވެއްޖެ. ރާޙީލްގެ ފަރާތުން އަހަރެންނަށް ލިބުނު ދަރިންގެ ތެރެއިން ހުރީ އޭނާ އެކަނި. މިޞްރަށް ދާ މަގުމަތީގައި ދިމާވެދާނޭ ނުރައްކާތެރި ޙާދިސާއަކާ މެދުގައި އަހަރެން ބިރުވެތިވަމު. އެހެންވެއްޖެނަމަ އަހަރެން މުސްކުޅިވި ދުވަހުގައި ނިމިގެންދާނީ ހިތާމައިން ފުރިފައިވާ ޙާލުގައި.⁠“


އަދި އަޅުގަނޑުމެން ޖަވާބުގައި އަޅުގަނޑުމެންގެ މުސްކުޅި ބަފަޔަކު ހުންނަ ކަމުގައްޔާއި އަދި އަޅުގަނޑުމެންގެ ބައްޕަ އުމުރުފުޅުން ޢަޖޫޒުވެފައިވީ ހިނދު ލިބިވަޑައިގެންނެވި އަޅުގަނޑުމެންގެ އެންމެ ހަގު ކޮއްކޮ ހުންނެވި ކަމުގައި އަޅުގަނޑުމެން ދެންނެވީމު. އަދި އޭނާ އާއި އެއްބަޑު އަނެއް ކޮއްކޮ ވަނީ ނިޔާވެފައި ކަމުގައި ވެސް ދެންނެވީމު. ވީމާ، އެ ކޮއްކޮ އާއި އެއްބަނޑު އޭނާ ނޫން ދެވަނަ ކުއްޖަކު ނުވާކަމުގައި ވެސް ދެންނެވީމު. އަދި އަޅުގަނޑުމެންގެ ބައްޕަ އެ ކޮއްކޮ ދެކެ ނުހަނު ލޯބިފުޅުވާ ކަމުގައި ވެސް ދެންނެވީމު.


އެ ހިނދު އަޅުގަނޑުމެންގެ އެންމެ ހަގު ކޮއްކޮ ނުލާ އަޅުގަނޑުމެން ނުދާނޭ ކަމުގައި އާއި އަދި އަޅުގަނޑުމެންގެ ކޮއްކޮއާ ނުލާ އަޅުގަނޑުމެން ދިޔަކަމުގައި ވިޔަސް އަޅުގަނޑުމެންނަށް އަމީރުގެ ފައިންޕުޅު ނުފެންނާނޭ ކަމުގައި މަނިކުފާނު އަޅުގަނޑުމެންނަށް އަންގަވާފައިވާ ކަމުގައި އަޅުގަނޑުމެންގެ ބަފައިކަލުންނަށް ދެންނެވީމު.


އަދި އެބައިމީހުންގެ އަނބި ދަރިންނާއި އެބައިމީހުންގެ ބަފައިކަލުން ގެނައުމަށްޓަކައި މިޞްރުން އަސްގާޑިޔާތައް ވެސް ހިފައިގެން ދިއުމަށް ބުނޭ.


އެހެންވީމާ، ބިރުވެތި ނުވޭ. ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ އާއިލާގެ އެންމެހާ ކަންތައްތައް އަހަރެން ބަލަހައްޓާނަން.⁠“ ޔޫސުފުގެފާނު އެފަދައިން ވިދާޅުވެ އެބައިމީހުންނަށް ނުހަނު ޔަޤީންކަން ދެއްވިއެވެ. އަދި ވަރަށް ހިތްހެޔޮކަމާއެކު އެބައިމީހުންނާއި އެކަލޭގެފާނު ވާހަކަފުޅު ދެއްކެވިއެވެ.


ޔޫސުފުގެފާނާއި އެކަލޭގެފާނުގެ އެންމެހާ އަޚުންނާއި އެކުގައި ދިރިއުޅެމުން ގެންދިޔަ ހުރިހާ އެންމެންނާއި އެކަލޭގެފާނުގެ ބަފައިކަލުންނާއި އެކުގައި ދިރިއުޅުނު މީސްތަކުން ވެސް އެކަލޭގެފާނާއި އެކުގައި ގެންދިޔައެވެ. ނަމަވެސް އެބައިމީހުން ދިޔައީ އެބައިމީހުންގެ ކުދިންނާއި ބަކަރިތަކާއި ކަންބަޅިތައް ޖާސާންގައި ބައިތިއްބާފައެވެ.


ކަލޭމެންގެ ބައްޕައާއި މަންމައަށް އިޙްތިރާމު ކުރޭ. އޭރުން ކަލޭމެންނަށް އަހަރެން މިދޭ ބިމުގައި ފުރިހަމަ ދިގު އުމުރެއްގައި އުޅެވޭނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ