ފެށުން 43:5 - ކިތާބުލް މުޤައްދަސާ5 ނަމަވެސް ބަންޔާމީން އަހަރެމެންނާއި އެކުގައި ދިއުމަށް ބަފައިކަލުން ރުހިނުލައްވާނަމަ އެ ރަށަށް ދިއުމުގެ ބޭނުމެއް ނެތް. އެއީ އަހަރެމެން އޭނާ ނުލައި ދިޔަ ކަމުގައި ވިޔަސް، އެ ރަށުގެ އަމީރާއި ބައްދަލު ނުވާނޭ ކަމުގެ އިންޒާރު އެ ބޭފުޅާ އަހަރެމެންނަށް ދެއްވާފައި ވާތީ.“ အခန်းကိုကြည့်ပါ။ |
ނަމަވެސް ޔަޢުޤޫބުގެފާނު ރައްދުގައި ވިދާޅުވިއެވެ. ”އަހަރެން ތިޔަ ކުދިންނާއި އެކުގައި ބަންޔާމީނު ދިއުމަށް ހުއްދައެއް ނުކުރާނަމު. އޭނާގެ ބޭބެ ޔޫސުފު ނިޔާވެއްޖެ. ރާޙީލްގެ ފަރާތުން އަހަރެންނަށް ލިބުނު ދަރިންގެ ތެރެއިން ހުރީ އޭނާ އެކަނި. މިޞްރަށް ދާ މަގުމަތީގައި ދިމާވެދާނޭ ނުރައްކާތެރި ޙާދިސާއަކާ މެދުގައި އަހަރެން ބިރުވެތިވަމު. އެހެންވެއްޖެނަމަ އަހަރެން މުސްކުޅިވި ދުވަހުގައި ނިމިގެންދާނީ ހިތާމައިން ފުރިފައިވާ ޙާލުގައި.“
އެ ހިނދު އަޅުގަނޑުމެންގެ އެންމެ ހަގު ކޮއްކޮ ނުލާ އަޅުގަނޑުމެން ނުދާނޭ ކަމުގައި އާއި އަދި އަޅުގަނޑުމެންގެ ކޮއްކޮއާ ނުލާ އަޅުގަނޑުމެން ދިޔަކަމުގައި ވިޔަސް އަޅުގަނޑުމެންނަށް އަމީރުގެ ފައިންޕުޅު ނުފެންނާނޭ ކަމުގައި މަނިކުފާނު އަޅުގަނޑުމެންނަށް އަންގަވާފައިވާ ކަމުގައި އަޅުގަނޑުމެންގެ ބަފައިކަލުންނަށް ދެންނެވީމު.