Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 43:4 - ކިތާބުލް މުޤައްދަސާ

4 ބަފައިކަލުން އަހަރެމެންނާއި އެކުގައި ބަންޔާމީން ފޮނުއްވާނެ ކަމުގައިވާނަމަ ކާނޭ ގޮވާން ގަތުމަށް އަހަރެމެން އެ ރަށަށް ހިނގައިދާނަން.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 43:4
5 ပူးပေါင်းရင်းမြစ်များ  

އަހަރެންނަށް މިޞްރުން ގޮވާން ލިބެން ހުރި ޚަބަރު ލިބިއްޖެ. މިޞްރަށް ގޮސް ގޮވާން ގަނެގެން އާދޭ. އޭރުން މި ހައިހޫނުކަމުން އަހަރެމެންނަށް ސަލާމަތްވެވޭނެ.⁠“


އެބައިމީހުން މިޞްރުން ގަނެގެން ގެނައި ގޮވާން ހުސްވުމަކާއި ދާދި ކައިރި ވެފައި ވަނިކޮށް ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ދަރިންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠ކާނޭ ކުޑަ ގޮވާންކޮޅެއް ގަތުމަށް އަދި އެއްފަހަރު މިޞްރަށް ދޭ.⁠“


ނަމަވެސް ޔަހޫޛާ ޔަޢުޤޫބުގެފާނަށް ދެންނެވިއެވެ. ”⁠އަހަރެމެން އެރަށަށް ދާނަމަ އަހަރެމެންގެ ކޮއްކޮ ގޮވައިގެން ނޫންގޮތަކަށް އެރަށަށް ގޮސްގެން ނުވާނެ ކަމުގައި ބުނެ އެ ރަށުގެ އަމީރު ވަނީ ވަރަށް ހަރުކަށި އިންޒާރެއް ދެއްވާފަ. އޭނާ ނުލައި އަހަރެމެން ދިޔަ ކަމުގައި ވިއަސް އެ ބޭފުޅާ އާއި ބައްދަލެއް ނުވާނެ.


ނަމަވެސް ބަންޔާމީން އަހަރެމެންނާއި އެކުގައި ދިއުމަށް ބަފައިކަލުން ރުހިނުލައްވާނަމަ އެ ރަށަށް ދިއުމުގެ ބޭނުމެއް ނެތް. އެއީ އަހަރެމެން އޭނާ ނުލައި ދިޔަ ކަމުގައި ވިޔަސް، އެ ރަށުގެ އަމީރާއި ބައްދަލު ނުވާނޭ ކަމުގެ އިންޒާރު އެ ބޭފުޅާ އަހަރެމެންނަށް ދެއްވާފައި ވާތީ.⁠“


އެ ހިނދު އަޅުގަނޑުމެންގެ އެންމެ ހަގު ކޮއްކޮ ނުލާ އަޅުގަނޑުމެން ނުދާނޭ ކަމުގައި އާއި އަދި އަޅުގަނޑުމެންގެ ކޮއްކޮއާ ނުލާ އަޅުގަނޑުމެން ދިޔަކަމުގައި ވިޔަސް އަޅުގަނޑުމެންނަށް އަމީރުގެ ފައިންޕުޅު ނުފެންނާނޭ ކަމުގައި މަނިކުފާނު އަޅުގަނޑުމެންނަށް އަންގަވާފައިވާ ކަމުގައި އަޅުގަނޑުމެންގެ ބަފައިކަލުންނަށް ދެންނެވީމު.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ