Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 43:30 - ކިތާބުލް މުޤައްދަސާ

30 އެއަށް ފަހު، ޔޫސުފުގެފާނު އެބައިމީހުންގެ ކުރިމަތިން ދުރަށް ވަޑައިގެންނެވުމަށް އަވަސްވެވަޑައިގެންނެވިއެވެ. އެއީ އެކަލޭގެފާނަށް ބަންޔާމީން ފެނިވަޑައިގެންނެވުމުން ކުރި އަސަރަށް ކެތްތެރިވެ ވަޑައިނުގެންނެވިގެންނެވެ. އެހެންވެ، އެކަލޭގެފާނުގެ އަމިއްލަފުޅު ކޮޓަރިކޮޅަށް ވަޑައިގެންނެވިއެވެ. އަދި އެތަނުގައި އެކަލޭގެފާނު ނުހަނު ގަދަޔަށް ކީރިތި ކުރެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 43:30
16 ပူးပေါင်းရင်းမြစ်များ  

އެ ހިނދު ޔޫސުފުގެފާނު އެތަނުން ދުރަށް ވަޑައިގެން ކީރިތިކުރައްވަން ފެއްޓެވިއެވެ. އޭގެ ފަހުން އެކަލޭގެފާނު އެބައިމީހުންގެ ކައިރިއަށް އެނބުރި ވަޑައިގެންނެވުމަށް ފަހު އިތުރަށް ވާހަކަފުޅު ދެއްކެވިއެވެ. އަދި ޖަލުގައި ހައްޔަރު ކުރާނޭ މީހަކަށް އެކަލޭގެފާނު ޝިމްޢޫން ޚިޔާރު ކުރެއްވިއެވެ. ހަމަ އެ ހިނދު އެމީހުންގެ ކުރިމަތީގައި ޝިމްޢޫން ބަނދެލައިފިއެވެ.


އެކަލޭގެފާނު އަޑުހަރުކޮށް ކީރިތި ކުރެއްވުމުގެ ސަބަބުން މިޞްރުގެ މީސްތަކުންނާއި އަދި ރަސްގެފާނުގެ ގަނޑުވަރުގައި ތިބި މީސްތަކުންނަށް އެކަލޭގެފާނު ކީރިތި ކުރެއްވި އަޑު އިވުނެވެ.


ޔޫސުފުގެފާނު އެކަލޭގެފާނުގެ އަސްގާޑިޔާކޮޅު ތައްޔާރު ކުރައްވައި ޖާސާންއަށް ދަތުރު ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ބަފައިކަލުން ފެނިވަޑައިގަތުމުން ބަފައިކަލުންގެ ހަށިކޮޅުގައި ބައްދަވައި ކޮނޑުފުޅުމަތީގައި އިސްތަށިފުޅު އަޅުއްވައިގެން އޮންނަވައި އެތައް އިރެއްވަންދެން ކީރިތި ކުރެއްވިއެވެ.


ބަނީއިސްރާއީލު މީހުން އަހަރެންނާއި ދެކޮޅަށް ރާވަމުން ދިޔަ އެތައް ރޭވުންތަކެއްގެ ސަބަބުން އަހަރެންނަށް އެތައް ވޭނަކާއި އުނދަގުލެއް ލިބެމުން ދިޔަ ނަމަވެސް އެހުރިހާ ކަމަކަށް ކެތްކޮށް އަދި ހިތްމޮޅުވުމެއްނެތި އެތައް ކަރުނައަކާއި އެކު މާތްރަސްކަލާނގެ އަހަރެންނަށް އެންގެވި މަގުން ކަން ކުރިން.


އެހެންކަމުން އަހަރެން ބުނަން. ބަލައިގެން އުޅޭ. ކަލޭމެންގެ ގާތުގައި މި ވީ ތިން އަހަރު ދުވަހު އަހަރެން ސީދާ މަގުން ހިނގުމަށް ކެނޑިނޭޅި ކުރަމުން މިދިޔަ މަސައްކަތް ހަނދާން ބަހައްޓާ. އަދި ކަލޭމެންނަށްޓަކައި އެތައް ކަރުނައެއް ވެސް އަހަރެން އެޅިކަން ހަނދާން ކުރޭ.


އެމީހުން ޕައުލް އާއި އަލްވަދާޢު ކިއުމަށް އައިސް ސަލާންކޮށް ގިސްލާ ރުޔެވެ.


އަލްމަސީޙު އީސާގެފާނުގެ އޯގާވެރި ލޯތްބާއެކު ތިޔަބައިމީހުންނާއި އެކުގައިވުމަށް އަހަރެންގެ ހިތްއެދޭވަރާއި ތިޔަބައިމީހުންދެކެ އަހަރެން ލޯބިވާވަރު މާތްކަލާނގެ ދެނެވޮޑިގަންނަވާނެއެވެ.


ތިޔަބައިމީހުން އަލްމަސީޙާ އާއި އެކުގައިވުމުން ތިޔަބައިމީހުންނަށް ހިތްވަރު ލިބުނެވެ. އެކަލޭގެފާނުގެ ލޯބިން ތިޔަބައިމީހުންގެ ހިތް އުފާ ކޮށްދެއްވިއެވެ. އަދި މާތްރަސްކަލާނގެ މަތިވެރި ރޫޙުފުޅުން ތިޔަބައިމީހުން އެއްބައިވަންތަ ކުރުވިއެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ހަމްދަރުދީވެ އޯގާތެރި ވެވުނެވެ.


ތިޔަބައިމީހުންނަކީ މާތްކަލާނގެ ހޮއްވަވާފައިވާ ބަޔަކަށްވެ އެކަލާނގެ ލޯބިވެވޮޑިގަންނަވާ ބަޔަކަށް ވާތީ ތިޔަބައިމީހުންގެ ކިބައިގައި ހިތްހެޔޮކަމާއި، ރަހުމާއި، އޯގާވެރިކަމާއި، ހިތްތިރިކަމާއި، މަޑުމައިތިރިކަމާއި، އަދި ކެތްތެރިކަމުގެ ފޭރާމުން ފޭރާން ލާށެވެ.


އަހަރެން ވަނީ ތިބާ ދުށުމަށް ކެތްމަދުވެފައިމެއެވެ. އަހަރެމެން ވަކިވިހިނދު ތިބާގެ ލޮލުން ފޭދުނު ކަރުނަތައް މިހާރު ވެސް ހަނދާންވެއެވެ. އަދި އަހަރެމެންނަށް އެއްތަނެއްގައި ތިބެވޭ ދުވަހަކުން އުފާކުރާނީއެވެ.


ނަމަވެސް އަހަރެމެންގެ ތެރެއިން މީހަކު ތަނަވަސް ޙަޔާތެއްގައި ވާހިނދު އަދި އޭނާގެ އަޚާއާއި އުޚުތާގެ ޒަރޫރީ ބޭނުންތައް ފެނުނަކަސް އެހީތެރިއެއް ނުވެއެވެ. އެކަމުން ދައްކަނީ މިފަދަ މީހާ މާތްރަސްކަލާނގެ ދެކެ ލޯތްބެއް ނުވާކަމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ