ފެށުން 43:29 - ކިތާބުލް މުޤައްދަސާ29 ޔޫސުފުގެފާނު އެކަލޭގެފާނާއި އެއްބަނޑު ކޮއްކޮ ބަންޔާމީންއަށް ބައްލަވާލައްވައި މިފަދައިން ވިދާޅުވިއެވެ. ”ތިޔަބައިމީހުން އަހަރެންގެ ގާތު ބުނި ތިޔަބައިމީހުންގެ އެންމެ ހަގު ކޮއްކޮ އަކީ މިއީތަ؟“ އެއަށް ފަހު އެކަލޭގެފާނު ބެންޔާމީނަށް ވިދާޅުވިއެވެ. ”ދަރިފުޅާ! މާތްކަލާނގެ ތިޔަ ދަރިކަލުންނަށް ރަޙުމަތްލާވާށި!“ အခန်းကိုကြည့်ပါ။ |
އެބައިމީހުން ވިސްނައިދިނުމުގެ ގޮތުން މިފަދައިން ބުންޏެވެ. ”ސާހިބާ. އަޅުގަނޑުމެންނީ އެއްބަފާ ބާރަ ކުދިންގެ ތެރެއިން ހިމެނިގެންވީ ދިހަ ކުދިން. އަޅުގަނޑުމެންގެ ބަފައިކަލުންނާއި އެކުގައި އަޅުގަނޑުމެން ދިރިއުޅެމުން ގެންދަނީ ކަންޢާނުގައި. އަޅުގަނޑުމެންގެ އެންމެ ހަގު ކޮއްކޮ ވަނީ ބަފައިކަލުންނާއި އެކުގައި ކަންޢާނުގައި. އަދި އަޅުގަނޑުމެންގެ ދެންހުރި ކޮއްކޮ މިހާރަކު ދުނިޔެއަކު ނެތް.“
އަހަރެން މިރަށަށް ފޮނުވީ ތިޔަބައިމީހުންނެއް ނޫން. އެއީ މާތްކަލާނގެ. މިޞްރުގެ ރަސްގެފާނުގެ އެންމެ މަތީ އޮފިސަރު ކަމުގައި މާތްކަލާނގެ ވަނީ އަހަރެން ހަމަޖައްސަވާފަ. އެ ރަސްގެފާނުގެ ގަނޑުވަރުގެ އެންމެހާ ކަމެއް އަހަރެންނާއި ވަނީ ހަވާލު ކުރެވިފަ. އަދި މުޅި މިޞްރުގެ މައްޗަށް ވެރިކަން ހިންގުމުގެ ބާރު އެކަލާނގެ އަހަރެންނަށް ދެއްވި.